01 ޖުލައި 2023
އިދިކޮޅުން މާލޭގައި ބޭއްވި އީދު ހަރަކާތެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް އިހުތިރާމު ކުޑަވާގޮތަށް މޯދީގެ ފޮޓޯ ޖެހި މާސްކް އަޅައިގެން މާލި ހެދި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި އެވެ.
އިދިކޮޅުން މާލޭގައި ބޭއްވި އީދު ހަރަކާތެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް އިހުތިރާމު ކުޑަވާގޮތަށް މޯދީގެ ފޮޓޯ ޖެހި މާސްކް އަޅައިގެން މާލި ހެދި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ޕީޕީއެމް އޮފީސް ކައިރީގައި އީދު ދުވަހުގެ ހަވީރު ހިންގި އެ ހަރަކާތުގައި ފެނިގެންދިޔައީ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޮޓޯ ޖަހާފައިވާ ފޭސް މާކްސް އަޅައިގެން ބަޔަކު ތިބި މަންޒަރެވެ. މުޅި ގައިގައި ހުދު ފޮތި ވަށައިގެން ތިބި އެމީހުންގެ ތެރެއިން ބަޔަކު ކަރުގައި "އިންޑިއާ އައުޓް" ޖަހާފައިވާ ޕޯސްޓަރު ވެސް އެލުވައިގެން ތިބި މަންޒަރު ވެސް ފެނެ އެވެ.
އެކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އީދަކީ އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން އިސްކުރަން ޖެހޭ ދުވަސްވަރެއް ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ބޭއަދަބީ އަމަލުތަކެއް ކަމަށެވެ. އެކަމަކީ ނަފްރަތު އުފެއްދުމަށާއި ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުމަށް ބުރޫއެރުވުމުގެ މަގްސަދުގައި ހިންގާ ކަމެއް ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި ވެ އެވެ.
"އީދު ފަދަ އެއްބައިވަންތަކަމާއި ސުލްހަ އިސްކުރަންޖެހޭ ފަދަ ދުވަސްވަރެއްގައި އިދިކޮޅު ފަރާތްތަކުގެ ފަރާތުން ފެނިގެންދިޔައީ ރާއްޖޭގެ އެންމެ އިސް އެއް ބައިވެރިޔާއާ މެދު ހަމައެކަނި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރި ތަނެއް ނޫން، މިއީ އިންޑިއާ އާއެކު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ބުރޫއަރަރުވައި، އެ ގުޅުން ކިލަނބުކުުރުމުގެ މަގްސަދުގައި ހިންގާ ކަމެއް،" ބަޔާނުގައި ބުންޏެވެ.
އެކި ޕްލެޓްފޯމްތަކުގައި އިދިކޮޅުން ބޭނުންކުރަމުންދާ "އިންޑިއާ އައުޓް" ގެ ނަމުގައި ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އިންޑިއާ އައުޓް ޖަހާފައިވާ ދިދަތަކެއް ހިފައިގެން އިދިކޮޅުން ބޭއްވި ހަރަކާތެއް ފުލުހުން ހުއްޓުވަނީ.-- ފޮޓޯ؛ ނިޝާން އަލީ/ މިހާރު
ސަރުކާރުން ބުނީ ދެ ގައުމުގެ ވަރުގަދަ ގުޅުން ބިނާވެފައި ވަނީ ތާރީހާއި ސަގާފަތުގެ ސަބަބުން ކަމަށާއި އިންޑިއާއަކީ ރާއްޖެއާ "އެންމެ ގާތް އަދި އިތުބާރުކުރެވޭ އަވަށްޓެރިޔާ" ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައި ވަނީ ދެ ގައުމުގެ މަސައްކަތުން ކަމަށް ސަރުކާރުން ބުނެ އެވެ.
އެ ބަޔާނުގައި ބުނީ އިންޑިއާ އިން ގެންގުޅޭ "ނެއިބަހުޑް ފަސްޓް ޕޮލިސީ" ސަރުކާރުން ބަލައިގަންނަ ކަމަށާއި ރާއްޖެއިން ވެސް "އިންޑިއާ ފަސްޓް" ޕޮލިސީ ދަމަހައްޓަން މަސައްކަތްކުރާނެ ކަމަށެވެ.
ސަރުކާރުން ވަނީ ހުރިހާ ޕާޓީތަކުން ވެސް ޒިންމާދާރުކަމާ އެކު އަމަލުކުރުމަށާއި އެފަދަ ބޭއަދަބީ ކަންކަމާއި ދޮގު މައުލޫމާތު ފެތުރުމާއި ގައުމުތަކުގެ މެދުގައި އޮތް ގުޅުމަށް އަސަރުކުރާނެ ފަދަ ކަންކަމުން ދުރުވުމަށް ގޮވާލައިފަ އެވެ.
އިންޑިއާ އައުޓް ބެނާ ދެމުން ޕީޕީއެމުން ކުށްވެރިކޮށްފި
އިންޑިއާއަށް ގޮސްފިނަމަ ދެން ދާންޖެހޭނީ ޖަލަށް: ސަމަދު
ސަމަދާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެދިއްޖެ
ޕީޕީއެމްގެ އިސްއެކްޓިވިސްޓެއް އިންޑިއާގައި ހިފަހައްޓައިފި
އިންޑިއާއާ ދެކޮޅު ހަރަކާތް އިދިކޮޅުން މަޑުޖައްސާލައިފި
އިންޑިއާގެ މުސްލިމުންގެ ދިފާއުގައި ޕީޕީއެމުން ނުކުންނަނީ
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
އިންޑިއާ އައުޓަށް އަމާޒުކޮށް ހަދާ ބިލުގައި ޖަލު އަދަބު
ބޭރުގެ ސިފައިން ތިބި ކަމުގެ ގާނޫނީ ހަމައެއް ނެތް:ޖޭޕީ
ސަފީރަކު އެދޭގޮތަށް ހިންގަން ފުރުސަތުނުދީ: ރައީސް