25 ޖޫން 2023
ކާމިޔާބު އިވެންޓެއް ބޭއްވުމަށް އެ އިވެންޓެއް ބާއްވާ ތަން މުހިންމު ދައުރެއް އަދާ ކުރެ އެވެ. ބިޒްނަސް ކޮންފަރެންސްތަކާއި ޓްރެއިނިން އަދި ޖަލްސާތަކުން ފެށިގެން ގޮސް އެކި މުނާސަބަތުތަކަށް ބާއްވާ ޕާޓީތައް ވެސް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ހިޔާރު ކުރާ މާހައުލަކީ މުހިންމު ހިތްފަސޭހަ އެންމެންނަށް ކަމުދާ މާހައުލަކަށް ވާންޖެހެ އެވެ. މި ފަދަ ތަނެއް އެންމެ ފަސޭހައިން ހޯދޭނެ އެއް ތަނަކީ ކްރޮސްރޯޑްސް މޯލްޑިވްސް އެވެ.
ކާމިޔާބު އިވެންޓެއް ބޭއްވުމަށް އެ އިވެންޓެއް ބާއްވާ ތަން މުހިންމު ދައުރެއް އަދާ ކުރެ އެވެ. ބިޒްނަސް ކޮންފަރެންސްތަކާއި ޓްރެއިނިން އަދި ޖަލްސާތަކުން ފެށިގެން ގޮސް އެކި މުނާސަބަތުތަކަށް ބާއްވާ ޕާޓީތައް ވެސް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ހިޔާރު ކުރާ މާހައުލަކީ މުހިންމު ހިތްފަސޭހަ އެންމެންނަށް ކަމުދާ މާހައުލަކަށް ވާންޖެހެ އެވެ. މި ފަދަ ތަނެއް އެންމެ ފަސޭހައިން ހޯދޭނެ އެއް ތަނަކީ ކްރޮސްރޯޑްސް މޯލްޑިވްސް އެވެ.
ކްރޮސްރޯޑްސް އަކީ އިވެންޓުތައް ބޭއްވުމުގައި ގިނަ ބަޔަކު މިހާރު ވެސް ހިޔާރު ކުރަމުން އަންނަ ތަނެކެވެ. އޮފީސްތަކައި ކުންފުނިތަކުން ކޮންފަރެންސްތަކާއި، ޓްރެއިނިން ޕްރޮގުރާމުތައް އަދި ޖަލްސާތައް ބޭއްވުމަށް ހިޔާރު ކުރާ އެއްތަނަކީ އެ ރިސޯޓުގެ ދަ މެރިނާގައި ހުންނަ މަލްޓި ޕާޕަސް އިވެންޓް ހޯލް އެވެ.
ކްރޮސްރޯޑްސްގެ ދަ މެރިނާގައި ހުންނަ މަލްޓި ޕާޕަސް އިވެންޓް ހޯލް. -- ފޮޓޯ: ކްރޮސްރޯޑްސް
މި އިވެންޓް ހޯލަކީ 326 ސްކޮޔާ މީޓަރު ހުންނަ، ޖާގަ ތަނަވަސް ހޯލެކެވެ. މިއީ 250 މީހުންގެ ޖާގައިގެ ތަނެކެވެ. ކޯޕަރެޓް އިވެންޓުތަކާއި އެންމެ ގުޅޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ހޯލްގައި އިވެންޓު ބޭއްވުމަށް ހިޔާރު ކުރާ ޕެކޭޖުގައި އެ އިވެންޓަކަށް ބޭނުންވާ ފެސިލިޓީތައް ފޯރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި ސައުންޑް ސިސްޓަމާއި އެލްސީޑީ ޕްރޮޖެކްޓަރު ހިމެނެ އެވެ. އަދި ހިޔާރު ކުރާ ޕެކޭޖެއްގެ ދަށުން ކޮފީ އާއި ކެއުން ކޭޓާކޮށްދޭނެ އެވެ. މި ތަނުގައި އިވެންޓެއް ބޭއްވޭނީ މަދުވެގެން 20 މީހުންގެ އިވެންޓުތަކަށެވެ. މި ތަނަށް ހާއްސަ ޕެކޭޖުގެ ދަށުން ބޮލަކަށް 95 ޑޮލަރު ނަގާނެ އެވެ.
ކްރޮސްރޯޑްސްގައި އެކި މުނާސަބަތުތައް ފާހަގަކުރުމަށް ބީޗުގައި ހުންނަ މާކީ އަކީ ފާހަގަކޮށްލެވޭ ތަނެކެވެ. ހާއްސަކޮށް ކައިވެނި ޕާޓީތަކަށް ފުރިހަމަކަން ގެނެސްދިނުމަށް ބީޗުގައި މޫދުގެ ހިތްގައިމު މަންޒަރުތަކާއި ރާގުތައް އިވޭ ރޮމޭންޓިކް މާހައުލެއް ބޭނުންވާ ނަމަ މިއީ އެ ފަދަ ފަރާތްތަކަށް ކަމުދާނެ ތަނެކެވެ. މި ތަނުގައި ކައިވެނި ޕާޓީތަކަށް ހާއްސަކޮށް ހަދާފައިވާ ޕެކޭޖުން ކައިވެނިކުރާ ދެމަފިރިންނަށް ފައިވް ސްޓާ ހޮޓަލެއްގައި ހުރުމާއި ސްޕާޓްރީޓްމަންޓު ޕެކޭޖުން ލިބޭނެ އެވެ. ވެޑިންއަށް ހާއްސަ ޕެކޭޖުގައި މީހަކަށް 110 ޑޮލަރު ޖެހޭނެ އެވެ.
ބީޗްވެޑިން ބޭއްވުމަށް ވެސް ކްރޮސްރޯޑްސް އަކީ ހިތްގައިމު ތަނެއް. -- ފޮޓޯ: ކްރޮސްރޯޑްސް
ކްރޮސްރޯޑްސްގައި ބޮޑެތި ހަފްލާތައް ބޭއްވުމަށް ބޭނުންވާ ނަމަ "ސައި ބީޗް ކްލަބް" އަކީ ފުރިހަމަ ހޮވުމަކަށް ވާނެ އެވެ. އެ ތަނަކީ 1،000 މީހުންނަށް އެއްފަހަރާ ކޭޓާކުރެވޭނެ ވަރުގެ ޖާގަ ތަނަވަސް ތަނެކެވެ. އެ ތަނުގައި ހިތްގައިމު އައުޓްޑޯ އޭރިއާއެއް ހިމެނޭ އިރު 350 މީހުންނަށް އިށީދެ ތިބެވޭނެ އިންތިޒާމް ހަމަޖެހޭނެ އެވެ. މި ތަނުގައި ކެއުންތަކަށް ހާއްސަ ދެ އައުޓްލެޓާއި ބީޗްފްރަންޓު ޕޫލެއް ވެސް ހިމެނެ އެވެ.
ކްރޮސްރޯޑްސް އަކީ މި ފަދަ ހިތްގައިމު މާހައުލުތައް ގިނަ ތަނެކެވެ. ކޮންމެ މީހަކު ވެސް އެ ބާއްވާ އިވެންޓަކާ ގުޅޭ ތަނެއް ކްރޮސްރޯޑްސްއިން ހިޔާރު ކުރެވޭނެ އެވެ.
ކްރޮސްރޯޑްސްގައި އިވެންޓުތަކަށް ހާއްސަ ތަންތަނަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑުތައް ކާމިޔާބުކޮށްފައިވާ ތަންތަނެވެ.
ނޯޓު: މިއީ ކްރޮސްރޯޑްސްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރުމުގެ ފުރުސަތު
ޒަމާނީ ސުޕަމާކެޓެއް ކަސްޓަމަރުން އެދޭ ހުރިހާ ސިފަތަކެއް
ޒަމާނާ އެއްވަރަށް ސުޕަމާކެޓުތައް ބަދަލުވެއްޖެތަ؟
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
މަޝްހޫރު "ވިޗާއީ" އިންޖީނު ލިއޯ ޓްރޭޑިންގައި
ހުޅުމާލެއިން ހިތްފަސޭހަ ދިރިއުޅުމަކަށް އަކުއާ ވީޓާ
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ނާރުގެ މައްސަލަތަކުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު
ގިރުނބާ އާ އެކު ފެނަކައިގެ މަސައްކަތްތައް އާ ހަރުފަތަކަށް!
ސްލީޕް އެޕްނިއާ ބަލި ދެނެގަނެ ފަރުވާ ހޯދުން މުހިންމު