Roadha Mihaaru
ހަޔަ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ވަކިކޮށްފި

އެމްއާރުއެމްގެ ސްލޮޓެއްގައި ހުރި ޑެޕިއުޓީ މިނިސްޓަރު ޒަބީހު މަގާމުން ވަކިކޮށްފި

23 ޖޫން 2023

މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރި އިސްމާއިލް ޒަބީހު، އެ މަގާމުން ވަކިކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރި އިސްމާއިލް ޒަބީހު، އެ މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ޒަބީހު މަގާމުން ވަކިކުރީ ގާނޫނުއަސާސީން ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ. އިތުރު ތަފްސީލު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރުކަށް ހުންނެވި ޑރ. އިބްރާހިމް ހަސަން ހިންގަވާ މިނިސްޓްރީން އެ ޕާޓީގެ ޑެޕިއުޓީ މިނިސްޓަރަކު ވަކިކޮށްފައިވާ މައްސަލާގައި އެ ޕާޓީން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އެމްއާރުއެމުން ބުނީ ޒަބީހަކީ ތައުލީމީ، މަގާމަށް ގާބިލު ބޭފުޅެއް ކަމަށެވެ. ތައުލީމީ ޒުވާން ހިދުމަތްތެރިއަކު މަގާމުން ވަކިކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ޒަބީހު މަގާމުން ވަކިކުރަންޖެހޭ ވަރުގެ އަމަލެއް ކުރައްވާފައި ނުވާނެކަން މިޕާޓީން ރައްޔިތުންނަށް ކަށަވަރު ކޮށްދެން. ޒަބީހުއަކީ ހަވާލުކުރެއްވި މަގާމުގެ މަސްއޫލިއްޔަތު ނުހަނު ފަރުވާތެރިކަމާއި ތެދުވެރިކަމާ އިހުލާސްތެރިކަމާ އެކު އަދާކުރެއްވި ބޭފުޅެއް،" އެމްއާރުއެމްގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނި ގޮތުގައި ޒަބީހް މަގާމުން ވަކިކުރީ މަޝްވަރާނުކޮށެވެ. މިއީ ކޯލިޝަން އެގްރީމަންޓާ ޚިލާފަށް ކުރި ކަމެއް ކަމަށް ވެސް އެމްއާރުއެމް އިން ބުންޏެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި ހުރި ބޭފުޅަކު މަގާމުން ވަކިކުރި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން އެމްއާރުއެމަށް ވަނީ ދައުވަތު ފޮނުވައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ދެ ބައްދަލުވުމެއް މިހާތަނަށް ބޭއްވިޔަސް ވަކި ގޮތެއް ނުނިމެ އެވެ.

ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން އީސީން އެ ޕާޓީ އުވާލިކަން އިއުލާންކުރުމުން އެމްއާރުއެމުން ވަނީ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.