19 ޖޫން 2023
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް 15،000 އަށް ވުރެ ގިނަ އާ ވަޒީފާ އުފައްދާފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް 15،000 އަށް ވުރެ ގިނަ އާ ވަޒީފާ އުފައްދާފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.
އެހެން ބުނީ، އަންނަ ސެޕްޓެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ޓްރާންސްޕޭރެންސީން އިން ސިޔާސީ އަދި އިންތިހާބީ މާހައުލު ދެނެގަތުމަށް ޕްރީ-އިލެކްޝަން އެސެސްމަންޓުގެ ނަމުގައި ކުރި ދިރާސާގަ އެވެ.
އިއްޔެ އާންމުކުރި ދިރާސާގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 50 ޕަސެންޓް އަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ އަދި ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު އެއް ދާއިރާއަކީ ވެސް މިހާރު ސަރުކާރުގެ ކުންފުނިތެކެވެ.
ޓްރާންސްޕޭރެންސީގެ ދިރާސާގައިވާ ގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 2021 ވަނަ އަހަރު 10،000 އަށް ވުރެ ގިނަ ވަޒީފާގައި މުވައްޒަފުން ތިއްބެވެ. އެ އަދަދު މި އަހަރުގެ މިހާތަނަށް 25،000 އަށް އިތުރުވެފައިވާ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއީ ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހުގެ ތެރޭގައި 15،000 އާ ވަޒީފާ އެވެ.
އެ ދިރާސާގައި ބުނީ ސަރުކާރު ހިންގުމާ ހަވާލުވެ ތިބި ޕާޓީތަކުން އިންތިހާބީ މެންޑޭޓް ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ފުއްދުމުގެ ޖާގަ އޮތުމަކީ މުހިންމު ކަމަކަށް ވިޔަސް، ދައުލަތް ހިއްސާވާ ކުންފުނިތައް އެކަމުގައި ބޭނުންކުރާ ކަމަށެވެ. އުސޫލުތަކުގެ ތެރެއިން އެ ކުންފުނިތައް ހިންގުމުގައި ގަވަނަންސް ރިސްކް ނުވަތަ ހިންގުމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވެސް ބުންޏެވެ. އެއީ؛
• ކުންފުނިތަކުގެ ބޯޑު މެމްބަރުން އައްޔަންކުރުމުގައި ސިޔާސީ ނުފޫޒު ފޯރުވޭ ގޮތަށް އޮތުމުން އިންތިހާބުތަކުގައި އެ މެމްބަރުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުން.
• ކުންފުނިތަކުގެ ހިންގުންތެރިންނާއި ސަރުކާރާއި ސިޔާސީ ޕާޓީތަކާ އޮންނަ ސިޔާސީ ގުޅުމުގެ ސަބަބުން ކުންފުނިތަކުން ވަޒީފާ ދިނުމުގައި ނާޖާއިޒު ފައިދާ ނެގުން.
• ކުންފުނިތަކުން ސީއެސްއާރު ޕްރޮޖެކްޓުތައް ހިންގުމުގައި ހަރުދަނާ އަދި ހާމަކަން ބޮޑު އުސޫލެއް ނެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތަކަށް ހަރަދު ކުރުމުގައި ނާޖާއިޒު ފައިދާ ނެގުން.
• ޕްރޮކިއުމެންޓް އަދި ޕްރޮޖެކްޓުތައް ހިންގާއިރު ރިސްކް މެނޭޖުމަންޓް ނިޒާމެއް ބައެއް ކުންފުނިތަކުގައި ނެތުމުގެ ސަބަބުން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮތުން.
ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމަށް ކުރިމަތިވާ މި ގޮންޖެހުންތަކަކީ ޓްރާންސްޕޭރެންސީ އާއި ވޯލްޑް ބޭންކް ފަދަ އެހެނިހެން ފަރާތްތަކުގެ ރިޕޯޓުތަކުގައި ވެސް ފާހަގަކޮށްފައި ހުރި ކަންކަން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޓްރާންސްޕޭރެންސީން ބުނި ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ނިޒާމުގެ ކަންކަން ހާމަކަން ވަރަށް ކުޑަ ކަމަށް މި އަހަރު އެ ޖަމިއްޔާ އިން ކުރި އެހެން ދިރާސާއަކުން ވެސް އެނގިފައި ވެ އެވެ. މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެކަނި ވެސް ސަރުކާރު ހިއްސާވާ 25 ކުންފުންޏަކަށް ރައްދުވާ، މައުލޫމާތު ހޯދައި ލިބިގަތުމުގެ 64 މައްސަލައެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް އެ ދިރާސާގައިވެ އެވެ.
"މި ކަމުން ވެސް ދައުލަތް ހިއްސާވާ ކުންފުނިތަކުން މައުލޫމާތު ހޯދުމުގައި ހުރި ދަތިތައް ފާހަގަވެ އެވެ،" އެ ދިރާސާގައި ބުންޏެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ޒިންމާދާރު ކުރުވަން އުފައްދާފައިވާ މުއައްސަސާތައް ވެސް ތިބީ ސިޔާސީ ނުފޫޒެއްގެ ދަށުގައި ކަމަށް ޓްރާންޕޭރެންސީން ބުންޏެވެ.
ނުކުރަންވީ ކަންތައް: މުވައްޒަފުން ސިޔާސީ ނުކުރައްވާ!
"ހަތަރު ދުވަހު އޮފީހަށް ނުކުތުމުން ނަތީޖާ ރަނގަޅު"
އިންތިހާބާ ދިމާކޮށް މިގޮތަށް ނުފޫޒު ފޯރުވިދާނެތަ؟
ބޭނުމެއް ނެތް 11 ކުންފުންޏެއް އުވާލަނީ
އެސްއޯއީތަކުގައި އޮތީ ކޮރަޕްޝަނުގެ ސަގާފަަތެއް: ޓީއެމް
24،000 ބިދޭސީން ފޮނުވާލައިފި، ކޯޓާ ދިނުން ދަށަށް
މަސައްކަތްތެރިންނަށްވީ ވައުދުފުއްދަން ގޮވާލަން: އިދިކޮޅު
އޮކްސިޖަން ސިލިންޑަަރު މައްސަލަ އަވަހަށް ބަލަން އަންގަނީ
ފިޔަަވަޅު ނޭޅުމަކީ ތިމާވެށި ހަލާކުކުރަން ދޭ ހިތްވަރެއް
އެއްބާރުލުން ހޯއްދަވަން މިނިސްޓަރު އައިޝާ އޮފީސްތަކަށް