Roadha Mihaaru
އެސްއޯއީތަކުގައި އޮތީ ކޮރަޕްޝަނުގެ ސަގާފަަތެއް: ޓީއެމް

ދައުލަތުގެ ކުންްފުނިތަކުގައި އޮތީ ކޮރަޕްޝަނުގެ ސަގާފަތެއް: ޓްރާންސްޕޭރެންސީ

28 ސެޕްޓެމްބަރ 2021

ދައުލަތުގެ ކުންފުނިތަކުގައި އޮތީ މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެއް ކަމަށާއި އެކަމުން ކޮރަޕްޝަނަށްް މަގުފަހިކުރާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދައުލަތުގެ ކުންފުނިތަކުގައި އޮތީ މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެއް ކަމަށާއި އެކަމުން ކޮރަޕްޝަނަށްް މަގުފަހިކުރާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްްގުގެ ދުވަސް ފާހަގަކުރަން ނެރުނު ބަޔާނެއްގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ރާއްްޖޭގައި އަސާސީ ހިދުމަތްތައް ދިނުމުގެ މައިގަނޑު ދައުރެއް އޮތީ ދައުލަތުގެ ކުންފުނިތަކަށް ކަމަށެވެ. އެކުންފުނިތަކުގެ ހާމަކަމާއި ހުޅުވިފައިވާ މިންވަރު އަންގައިދޭ ކަމަކީ އެތަންތަނުން މައުލޫމާތު ހޯދައި ލިބިގަތުން ފަސޭހަ ވެފައިވާ މިންވަރު ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތެރެއަށްް ކުންފުނިތައް ނުވަންނަ ކަމަށް ބައެއް ކުންްފުނިތަކުން ބުނާ ބުނުމަށް ވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާޑުކިޔާފައިވެ އެވެ.

."ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އަދިވެސް އޮތީ ކޮރަޕްޝަނަށް މަގުފަހިކުރާ މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެކެވެ. އަދި، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތެރެއަށް ނުވަންނަަކަމަށް ބުނެ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކަކީ ރައްޔިތުންނަށް ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގަކަށް ގޮންޖެހުމެވެ."

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ސީދާ ގޮތުން ނުވަތަ ފައިސާއާއި ވަސީލަތްތައް ދޭ އިރު، އެއީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ މުއައްސަސާތަކެއް ކަމަށް ވެސް ޓްރާންސްޕޭޭރެންސީގެ ބަޔާނުގައި ބުންޏެވެ. އެހެން އެކަން އޮތް އިރު މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތެރެއަށް އެ ކުންފުނިތައް ނުވްނަނަކަމަށް ބުނުން ބަލައިނުގަންނާނެ ކަމަށް ބުންޏެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އެންމެ މުހިންމު ކަމަކީ، އެ ޖަމިއްޔާއިން ބުނި ގޮތުގައި މުއައްސަސާއެއްގެ ހާމަކަން އިތުރުކުރުމާއި އެންމެނަށް ފަސޭހައިން މައުލޫމާތު ހޯދައި ލިބިގަނެވޭނެ ގޮތްތަކެއް ހަމަޖެހިފައި އޮތުމެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށް މަޝްވަރާކުރަން 2019 ވަނަ އަހަރު ބޭއްވި މަހާސިންތާާގައި، ކޮރަޕްޝަން މުޅިން ނައްތައިލަން ކުންފުނިތަކުން ވެފައިވާ އިގުރާރު އެ ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.