Roadha Mihaaru
ވައްކަރު ފައިނަލްގައި، ދެ ޒޯނުގެ ސެމީމެޗުތައް ތައްޔާރު

އިންޓަ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް: ލީގު ބުރުން އެއްވަނަ ހޯދައި ވައްކަރު ފައިނަލުގައި

19 ޖޫން 2023

ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ބާއްވާ މިއަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ޒޯން 5 އަދި 6 ގެ ލީގު ބުރުގެ އެއްވަނަ ހޯދައި ވައްކަރު މޯލްޑިވްސް ފައިނަލުން ޖާގަ ހޯދިއރު .އެ ޒޯނާއި ޒޯން 1 ގެ ސެމީ ފައިނަލް މެޗުތައް ވެސް ފަށަން މިހާރު ވަނީ ތައްޔާރު ވެފަ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ބާއްވާ މިއަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ޒޯން 5 އަދި 6 ގެ ލީގު ބުރުގެ އެއްވަނަ ހޯދައި ވައްކަރު މޯލްޑިވްސް ފައިނަލުން ޖާގަ ހޯދިއރު .އެ ޒޯނާއި ޒޯން 1 ގެ ސެމީ ފައިނަލް މެޗުތައް ވެސް ފަށަން މިހާރު ވަނީ ތައްޔާރު ވެފަ އެވެ.

އެންމެ ފުރަތަމަ ފެށި ކ. އަތޮޅުގެ ރިސޯޓްތައް ހިމެނޭ ޒޯން 1 ގައި މުޅި އެކު ފަސް ޓީމު ވާދަ ކުރި އެވެ. ލީގު ބުރުގެ ކުޅުން ނިމުނު އިރު ހުރިހާ މެޗަކުން މޮޅުވެގެން އެއްވަނަ ހޯދީ ބަނޑޮސް މޯލްޑިވްސް އެވެ. ތިން މެޗު ކާމިޔާބު ކޮށްގެން ވަން އެންޑް އޮންލީ ރީރި ރަށުން ދެވަނަ ހޯދި އިރު ބާކީ ތިން ޓީމު ވެސް ވަނީ އެއް މެޗު ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ހަތަރު ޕޮއިންޓާ އެކު ފޯ ސީޒަންސް ރިސޯޓުން ތިންވަނަ ހޯދި އިރު ހަތަރުވަނަ ހޯދީ ތިން ޕޮއިންޓް ހޯދި ޖުމެއިރާ މޯލްޑިވްސް އެވެ. ފުލަށް ދިޔައީ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ އެވެ.

ޒޯން 1 ގެ ގަދަ ހަތަރު ޓީމު ވެސް ވަނީ ސެމީ ފައިނަލަށް ހޮވިފަ އެވެ. މިއަދު ހަވީރު 4:15 ގައި ރީތި ރަށުގައި ކުޅޭ ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ބަނޑޮހާއި ރީތި ރަށެވެ. މެޗުން މޮޅުވާ ޓީމެއް މި ޒީންގެ ފައިނަލަށް ހޮވޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ މާދަމާ ބަނޑޮހުގައި 4:15 ގައި ކުޅޭ ދެވަނަ ސެމީގައި ބައްދަލުކުރާ ފޯ ސީޒަންސް އާއި ޖުމެއިރާ އާ ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށް ކުޅޭށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހަވީރު ބަނޑޮހުގަ އެވެ.

ރ. އަދި ބ. އަތޮޅު ހިމެނޭ ޒޯން 5 އަދި 6 ގައި ބައިވެރިވީ ޖުމްލަ ހަތަރު ރިސޯޓެވެ. ލީގު ބުރުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ވައްކަރު މޯލްޑިވްސް ވަނީ މި ޒޯނުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

މި ޒޯނުގައި ދެން ހިމެނޭ އަނަންތަރާ ކިހަވައް މޯލްޑިވްސް އާއި ކޯރަ ކޯރަ މޯލްޑިވްސް އަދި ސޮނެވާފުށިން އެއް މެޗު ކާމިޔާބު ކުރި އެވެ. ނަމަވެސް ދެ ޕޮއިންޓާ އެކު ސޮނެވާ ދިޔައީ މި ޒޯނުގެ ފުލަށެވެ. ދެވަނައަށް ދިޔަ އަންނތަރާ ހަތަރު ޕޮއިންޓް ހޯދާފައި ވާއިރު ކޯރަ ކޯރަ އިން ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ.

މި ޒޯންގެ ހުރިހާ މެޗެއް ކުޅެނީ ސޮނެވާފުށި ރިސޯޓުގަ އެވެ. ވައްކަރު މޯލްޑިވްސް ފައިނަލްގެ ސީދާ ޖާގައެއް ހޯދާފައި ވާއިރު، ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ، އަނަންތަރާ އާއި ކޯރަ ކޯރަ މިއަދު ހަވީރު 6.15 ގައި ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓިމަކަށެވެ. މި ޒޯނުގެ ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ހަވީރު އެވެ.