11 ޖޫން 2023
ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ބާއްވާ މިއަހަރުގެ އިންޓަ ރިޒޯޓް ވޮލީބޯޅަ މުބާރާތުގައި، ގައުމީ ޓީމްގެ ކެޕްޓަން އަލީ ހުޒާމް (ހުޒާންޓޭ) ގެ މޮޅު ކުޅުމާ އެކު ވަން އެންޑް އޮންލީ ރީތި ރަށުން މޮޅަކާ އެކު މުބާރާތް ފަށައިފި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ބާއްވާ މިއަހަރުގެ އިންޓަ ރިޒޯޓް ވޮލީބޯޅަ މުބާރާތުގައި، ގައުމީ ޓީމްގެ ކެޕްޓަން އަލީ ހުޒާމް (ހުޒާންޓޭ) ގެ މޮޅު ކުޅުމާ އެކު ވަން އެންޑް އޮންލީ ރީތި ރަށުން މޮޅަކާ އެކު މުބާރާތް ފަށައިފި އެވެ.
އިއްޔެ ފެށި މިއަހަރުގެ މުބާރާތުގައި ވެސް ފުރަތަމަ ކުޅޭނީ ޒޯން ބުރެވެ. އެއަށް ފަހު ޒޯންތަކުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކުގެ މެޗުގައި ލީގެއް ކުރިއަށް ދާނެ އެވެ.
ޒޯން 1 ގެ ވަން އެންޑް އޮންލީ އާއި ޖުމެއިރާ މޯލްޑިވްސް ބައްދަލުކުރި މުބާރާތުގެ ފުރަތަމަ މެޗުން ވަން އެންޑް އޮންލީ މޮޅުވީ، 25-15، 25-23، 25-20 އިންނެވެ.
ކ. އަތޮޅު ހިމެނޭ މި ޒޯނުގައި ނަމް އެންޑް އޮންލީ އާއި ޖުމެއިރާގެ އިތުރުން ދެން ހިމެނެނީ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ފޯ ސީޒަންސް ރިޒޯޓް އަދި އެންމެ ފަހު ތިން ފަަރުވެސް މި ޒޯންގެ ޗެމްޕިއަންކަން ހޯދި ބަނޑޮސް މޯލްޑިވްސް އެވެ. އެޓީމުން ވަނީ މުޅި އެކު ހަ ފަހަރު ޒޯން ޗެމްޕިއަންކަން ހޯދައިފަ އެވެ.
އިއްޔެގެ މެޗު ކުޅުނީ ވަން އެންޑް އޮންލީ ރިސޯޓުގަ އެވެ. ގުރޫޕް ސްޓޭޖުގެ ބައެއް މެޗުތައް ބަނޑޮސް ރިސޯޓުގައި ވެސް ކުޅޭނެ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބަނޑޮހުގަ އެވެ
މިމަހުގެ 22 އާ ހަމައަށް ކުރިއަށްދާ މި ޒޯންގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ، އެންމެ ރަނގަޅު ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭނެ އެވެ. އެއްވަނަ އަދި ދެވަނަ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމު ޖެހޭނީ ގުރޫޕް ސްޓޭޖުގެ ތިންވަނަ އަދި ހަތަރުވަނަ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ކުޅޭށެވެ.
މުބާރާތުގައި ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައި ވަނީ ރ. އަދި ބ. އަތޮޅުގެ ރިސޯޓްތައް ހިމެނޭ ޒޯން 5 އަދި 6 ގެ މެޗުތަކެވެ. ސޮނެވާފުށި ރިސޯޓުގައި ކުރިއަށް ގެންދާ މި ޒޯންގެ މެޗުތައް ތާވަލް ކުރެވިފައި ވަނީ މިމަހުގެ 13-21 އަށެވެ.
ބަނޑޮހުން ރިސޯޓް ވޮލީ ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި
ވައްކަރު ބަލިކޮށް އަނަންތަރާ ފައިނަލަށް
ބަނޑޮސް ފައިނަލަށް، ސެމީގައި ވައްކަރާއި އަނަންތަރާ
ވޮލްޑޯފް އެސްޓޯރިއާ ފައިނަލަށް، ވިލަމެންދޫ ކަޓައިފި
ވައްކަރާއި ބަނޑޮސް ވެސް ޒޯން ޗެމްޕިއަންކަން ހޯދައިފި
ބަނޑޮހާއި އަނަންތަރާ އަށް ފައިނަލްގެ ޖާގަ ލިބިއްޖެ
ވައްކަރު ފައިނަލްގައި، ދެ ޒޯނުގެ ސެމީމެޗުތައް ތައްޔާރު
ވެމްކޯ އިން އަނެއްކާ ވެސް އާބަންކޯ ބަލި ކޮށްފި
ފަސޭހަ ކަމާއެކު ވެމްކޯ ބަލިކޮށް ސިފައިން ކުރި އަށް
ހިރިލަންދޫ ޒުވާނުން ޑޮމިނޭޓްކުރި ސިޓީއަށް ޗެމްޕިއަން