Roadha Mihaaru
އައްސޭރި ސާފުކުރުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި!

އައްސޭރި ސާފުކުރުމުގެ ހަރަކާތެއް ޕާލޭއާ އެކު ހޮނިހިރުދުވަހު މުޅި ރާއްޖޭގައި

15 ޖޫން 2023

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ބީޗްކްލީނަޕް ނުވަތަ އައްސޭރި ސާފުކުރުމުގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ޕާލޭ ފޯ ދަ އޯޝަންސް އިން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ބީޗްކްލީނަޕް ނުވަތަ އައްސޭރި ސާފުކުރުމުގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ޕާލޭ ފޯ ދަ އޯޝަންސް އިން ނިންމައިފި އެވެ.

އެއީ ޕާލޭގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީ އާއި މަޓީ ގުޅިގެން ކުރިއަށް ގެންދާ އިވެންޓެކެވެ.

"މޯލްޑިވްސް ފޯ ދި އޯޝަން"ގެ ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތް އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދު 6:00 އިން އިރުއޮއްސި 6:00 އަށެވެ.

ޕާލޭ އިން ބުނީ އެ ހަރަކާތުގައި މުޅި ރާއްޖޭގެ 250 އަށްވުރެ ގިނަ ރަށުގައި އެ ދުވަހު އެ ހަރަކާތް ކުރިއަށްދާނެ ކަމަށެވެ.

ގޮނޑުދޮށް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކަނޑުތަކާގުޅޭ ހުށަހެޅުންތަކާއި އެ އިވެންޓުގެ ހަރަކާތްތައް ޓީވީން ވަގުތުން ދައްކަމުންދާނެ ކަމަށް ވެސް ޕާލޭ އިން ބުންޏެވެ.

އެ ހަރަކާތުގައި ކުރިއަށްދާނެ ހަތަރު އިވެންޓު:

1. އޯޝަން ޕްލެޖް

2. ބީޗް ކްލީނަޕް

3. އޯޝަން ލެސަން

4. އަންޑްވޯޓާ ކްލީނަޕް

ޕާލޭ އިން މީގެ ކުރިން ސްކޫލުތަކަށް އަމާޒުކޮށް ބޭއްވި ހަރަކާތެއްގައި ކުދިންތަކެއް ޕްލާސްޓިކް ހޮވަނީ.-- ފޮޓޯ: ޕާލޭ މޯލްޑިވްސް

ޕާލޭ އިން މީގެ ކުރިން ސްކޫލުތަކަށް އަމާޒުކޮށް ބޭއްވި ހަރަކާތެއްގައި ކުދިންތަކެއް ޕްލާސްޓިކް ހޮވަނީ.-- ފޮޓޯ: ޕާލޭ މޯލްޑިވްސް

މި އިވެންޓުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ބާރު އެޅުން ކަމަށް ޕާލޭ އިން ބުނެ އެވެ. އެގޮތުން މި އިވެންޓުގެ މައިގަނޑު ހަރަކާތަކަށް ވެގެންދާނީ ރާއްޖޭގެ ކަނޑުތަކަށް އުކާލާ ޕްލާސްޓިކު މަދުކުރުމަށް ފަރުދުން އަމިއްލައަށް ވިސްނައިގަނެ، ބާރުއަޅަން ހިތްވަރުލިބޭނެ އިވެންޓަކަށް ހެދުން ކަމަށް ވެސް ޕާލޭ އިން ބުންޏެވެ.

ޕާލޭ މޯލްޑިވްސް އަކީ ކަނޑުތަކަށް ޕްލާސްޓިކް ކުނިީގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތަކުން ރާއްޖޭގެ ކަނޑުތައް ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން 2015 އިން ފެށިގެން މިހާތަނަށް ޕާލޭ މޯލްޑިވްސްއިން ވަނީ 2,109,310 ކިލޯގެ ޕްލާސްޓިކް ކުނި އެއްކޮށް ރިސައިކަލް ކޮށްފަ އެވެ.