12 ޖޫން 2023
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތް ކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ނޫން ކަމަށާއި، އެއްވެސް މައްސަލައެއް އަނބުރާ ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތް ކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ނޫން ކަމަށާއި، އެއްވެސް މައްސަލައެއް އަނބުރާ ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ބުނެފި އެވެ.
އިދިކޮޅު ބައެއް ޕާޓީތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެެއްފަހަރާ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ގޮތެއް ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގައި ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން، މަޖިލިސް އަލުން ހިންގަން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދަން ވަނީ ގޮވާލައްވައިފަ އެވެ.
މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ގުރޫޕުގެ މީޑިއާ ކޯޑިނޭޓަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި ބުނާ 14 ދުވަހުގެ މުއްދަތު ނޯޓިސް ހަމަވުމުގެ ކުރިން، މަޖިލީހުގައި ރިޔާސަތުގައި މަޖިލީހުގެ ރައީސަށް ނީންނެވޭނެ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ.
މަޖިލިސް ރައީސް އާއި ނައިބު ރައީސްއާ އެކު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް މަޑުކޮށްލައްވައިގެން.
އެ މައްސަލަ ހުށަހަޅާފައިވާތީ، ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެވަޑައިގަންނަވާ ކަމަށް ވިދާޅުވުމަކީ ނަޝީދުގެ އަމިއްލަ ނިންމެވުމަށް ކަން މޯޑު ފާހަގަކުރެއްވި އެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތުގައި ނަޝީދަށް ނީންނެވޭނެ ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.
"...އަޅުގަނޑުމެން ދެކޭ ގޮތުގަ އެއްވެސް މައްސަލައެއް [އަނބުރާ] ގެންދާކަށް ވެސް ނުޖެހޭ،" ކޮމިޓީތަކުގައި ތިއްބަވާ އެމްޑީޕީގެ މުގައްރިރުންނާއެކު ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން އެއޮތީ އެ ބޭފުޅުންގެ އިތުބާރުނެތްކަމަށް ހުށަހަޅާފަ. ޑިމޮކްރެޓިކް އުސޫލުން ކަންތައް ކުރައްވާކަމަށް ވިޔަސް ދުނިޔޭގެ ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް ކަންތައް ކުރައްވާ ކަމަށް ވިޔަސް، އިސްތިއުފާ ދެއްވާފަ އާންމު މެމްބަރުން ގޮތުގަ ތިއްބެވުން - މުހައްމަދު އަބްދުﷲ ޝަފީގު
އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގައި އެއްބަސްވުމަކަށް ނާދެވި، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ތިން ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.
ދާއިމީ ކޮމިޓީތައް އެކުލަވާނުލެވިގެން އުޅެނީ، އެމްޑީޕީން އެކަމުގައި އެއްވެސް ވަރަކަށް ދޫދޭން ބޭނުންނުވާތީ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރި އެވެ.
އެކަމަށް ރައްދު ދެއްވަމުން އެމްޑީޕީ ޕީޖީ ގުރޫޕުގެ ޑެޕިޔުޓީ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން ހުށަހެޅި ކޮންމެ ކަމަކަށް އެމްޑީޕީން ދޫދިން ކަމަށެވެ.
މިގޮތުން، ފުރަތަމަ އެދުނު ގޮތަށް އެމްޑީޕީގެ މެމްބަރުން ތިއްބެވި ނިސްބަތުން ހައްގުވާ 64 ޕަސަންޓުގެ ތެރެއިން މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީން ސްލޮޓެއް ދޫކޮށްލެވި ކަމަށް ވިދާޅުވި އެވެ.
އެއިގެ ފަހުން، އާންމު ކޮމިޓީގައި ހުރިހާ ޕާޓީތަކެއް ތަމްސީލުވާން ބޭނުންވާ ކަމަށް އިދިކޮޅުން ބޭނުންވުމުން، އެކަމަށް ވެސް އެއްބަސްވި ކަމަށް ބިގޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެމުންމިދާ ދޫތަކަކީ ކޮމިޓީތައް ކުރިއަށް ގެންދަން ބޭނުންވާތީ ދެމުންދާ ދޫތަކެއް،" ބިގޭ ވިދާޅުވި އެވެ.
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ޖަލްސާ ބާއްވައިދޭން މަޖިލީހުގެ އިދާރާއިން އޮތީ އެދިފައި
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ނުބޭއްވުނު
ނަޝީދުގެ ގަރާރު އާދީއްތައަށް ވެސް އެޖެންޑާކޮށްފި
ދައުލަތުގެ ބާރެއް ހުއްޓޭގޮތަށް ގަވާއިދެއް މާނަކުރެވިދާނެ؟
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ކެންސަލް
ނަޝީދުގެ ގަރާރު މާދަމާ އަށް ވެސް އެޖެންޑާކޮށްފި
އީވާ މިއަދު ވެސް ސަލާން، ޖަލްސާ ކެންސަލް!
އީވާ ސަލާން، މިއަދުގެ ޖަލްސާ ވެސް ކެންސަލް