މާލޭގައި ގްރީންހައުސް ފާމެއްގައި މެރުއާނާ ގަސް ހައްދައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ މީހަކު ގިނަ އަދަދެއްގެ ފައިސާއާ އެކު އިއްޔެ ހައްޔަރުކޮށްފި އެވެ.
މާލޭގައި ގްރީންހައުސް ފާމެއްގައި މެރުއާނާ ގަސް ހައްދައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ މީހަކު ގިނަ އަދަދެއްގެ ފައިސާއާ އެކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފާސްކުރި ތަނަކުން މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރީގެ ބޭނުމަށް ކިރަން ގެންގުޅޭ ސާމާނާއި 76،100ރ. އާ އެކު ހައްޔަރުކުރީ މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ މުހައްމަދު ޝަމްއޫން ކިޔާ މީހެކެވެ.
އުމުރުން 30 އަހަރުގެ މި މީހާ ހައްޔަރުކޮށް ފާސްކުރި ތަނުގައި ގްރީންހައުސްއެއް ހަދައި އޭގެ ތެރޭގައި މެރުއާނާ ކަމަށް ބެލެވޭ ދެ ގަސް ހައްދާފައި ހުރި ކަމަށް މި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ފާސްކުރިތަނުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ބައެއް ޕެކެޓްތަކުން ޝަމްއޫންގެ ފިންގަޕްރިންޓް ވެސް ފެނިފައިވެ އެވެ.
ޝަމްއޫންގެ މައްޗަށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް އޭނާގެ ބަންދަށް 30 ދުވަސް ދީ ނެރުނު ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ މެރުއާނާ ގަސް ހައްދައިގެން އުޅުނު އެހެން މީހަކު ވެސް މި ހަފްތާގައި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ހައްޔަރުކުރި މީހާ އުޅޭ އެޕާޓްމަންޓުގެ ބެލްކަނީގައި އޭގެ ގަހެއް ހައްދައިގެން އުޅުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާ އެކު ހައްޔަރުކުރި އަންހެން ފުލުހަކު ވަކިކުރަނީ
އަތުލިޔުމާ ހެދި އުމުރު ދުވަހުގެ ޖަލު ހުކުމެއް
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޑްރަގް މައްސަލައެއްގައި ނިލަންދޫން ނުވަ މީހަކު ހަައްޔަރު
ހަތަރު ކިލޯގެ ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ކުޅުދުއްފުށި އެއާޕޯޓުން ދެ މީހަކު ހައްޔަރު
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެބެއިން ހައްޔަރުކޮށްފި
އެތެރެކުރުން މަނާ ބޭހާއެކު މާލެއިން މީހަކު ހައްޔަރު
ޗެއިން އޮފް ކަސްޓަޑީ ގޯސްވެ، ބޮޑު ހުކުމަކުން ސަލާމަތް