ބ. ދަރަވަންދޫގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު މީހަކަށް ހަމަލާދީ އެ މީހާގެ ބޯ ފަޅާލައިފި އެވެ.
ބ. ދަރަވަންދޫގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު މީހަކަށް ހަމަލާދީ އެ މީހާގެ ބޯ ފަޅާލައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު އެ ރަށުގައި ހިންގި މާރާމާރީ އަމާޒުކުރީ ކެފޭއެއް ހިންގާ މީހަކަށެވެ. އެ މީހާއަށް ހަމަލާދިނީ އެ ކެފޭ ބަންދުކޮށްފައި އޭނާ ގެއަށް ދިޔަ މަގުމަތީގަ އެވެ.
އަނިޔާވި މީހާގެ އާއިލާގެ މީހަކު "މިހާރު" އަށް މިއަދު ބުނީ އެއްޗަކުން ޖަހައި އެ މީހާގެ ބޯ ވަރަށް ބޮޑަށް ފަޅާލާފައިވާ ކަމަށެވެ. އޭނާ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުންޏެވެ.
އެ މާރާމާރި ހިނގިތާ ދެ ދުވަސްވީއިރު އަދިވެސް އެ މައްސަލާގައި ތުހުމަތުވާ ބަޔަކު ފުލުހުންނަށް ހޯދިފައި ނުވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކުރި އެވެ.
"އޭނާ އަށް ހަމަލަދޭންވީ ސަބަބެއް ނޭނގޭ. އެއްވެސް މީހަކާ ޒާތީ ހަސަދައެއް ނޯންނާނެ. މީހަކު އަތުން ނަގާފައި އޮތް ދަރަންޏެއް، މުދަލެއް ނޯންނާނެ،" އާއިލާ އިން ބުންޏެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެ ރޭ ދަންވަރު ދަރަވަންދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވި މައްސަލައެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާ އަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކޯޓުގައި ބުނީ ޖީބަށް ވަޅި ލެވުނީ ހަނދާން ނެތިގެންނޭ
ގެސްޓްހައުސްގައި މީހަކަށް އަނިޔާކުރި މީހުން ދޫކޮށްލައިފި
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ކެފޭ މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް
ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކަށް ހަމަލަދީފި
ތިމަރަފުށީގައި މާރާމާރީ ހިންގި މީހުން ހައްޔަރުކޮށްފި
ހޮޅުދޫގައި މަރުވި ޒަކިއްޔާގެ ދޮށީ ދަރި ހައްޔަރުކޮށްފި
ކެފޭއަކަށް ވަދެ ގެއްލުން ދިން ދެ މީހުން ހައްޔަރުކޮށްފި
ދެ ދުވަސް ތެރޭގައި މާލޭގައި ގިނަ މާރާމާރީތަކެއް