15 މެއި 2023
ދައުލަތަށް އެތައް މިލިއަން ޑޮލަރެއް ދައްކަންޖެހޭ އެތައް ބަޔަކަށް ތިއްބާ ނިއުޕޯޓްގެ އެންމެ ތިން މަހުގެ ކުލި ނުދެއްކުމުން ކަމަށް ބުނެ ސަރުކާރުން އެތަން އަތުލީ އިންސާފުން ބޭރުން ކަމަށް ނިއުޕޯޓް ހިންގި ސްޓްރާޑާ ކުންފުނިން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ދައުލަތަށް އެތައް މިލިއަން ޑޮލަރެއް ދައްކަންޖެހޭ އެތައް ބަޔަކަށް ތިއްބާ ނިއުޕޯޓްގެ އެންމެ ތިން މަހުގެ ކުލި ނުދެއްކުމުން ކަމަށް ބުނެ ސަރުކާރުން އެތަން އަތުލީ އިންސާފުން ބޭރުން ކަމަށް ނިއުޕޯޓް ހިންގި ސްޓްރާޑާ ކުންފުނިން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ނިއުޕޯޓް ހިންގަމުންދިޔަ ބިން ސަރުކާރުން އަތުލީ އެތަނަށް ދައްކަންޖެހޭ ކުލި ނުދައްކާތީ އެވެ. އެއެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން ދައުލަތުން ދައުވާ ކުރުމުން ސިވިލް ކޯޓާއި ހައި ކޯޓުން ނިންމާފައި އޮތީ އެ ބިން ދައުލަތާ ހަވާލު ކުރުމަށާއި އަދި ނުދައްކާ އޮތް ކުއްޔަށް 1.1 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.
އެ މައްސަލަ ސްޓްރާޑާއިން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ ކުންފުނީގެ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ ދައުލަތަށް ބޮޑެތި އަދަދުތަކުން ކުލި ދައްކަންޖެހޭ އެތައް ބަޔަކު ތިއްބާ އެ ފަރާތްތަކަށް ފިޔަވަޅު އެޅުމެއް ނެތި، އެންމެ ތިން މަސް ދުވަހުގެ ކުލި ނުދެއްކުމުން ސްޓްރާޑާ އަތުން ބިން އަތުލުމަކީ ޒާތީކޮށް އަދި އެއްވެސް އިންސާފެއް ނެތި ސަރުކާރުން ކުރި ކަމެއް ކަމަށެވެ.
"ދައުލަތަށް އެތައް ފަރާތްތަކުން އެތައް އަހަރެއްގެ އެތައް މިލިއަން ޑޮލަރު ވެސް ދައްކަންވެފައި ހުއްޓާ ކީއްވެހޭ ސްޓްރާޑާއިން އެންމެ ތިން މަސް ދުވަހުގެ ކުލި ނުދައްކައިގެން ތަންތަން ބާތިލްކުރީ." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ސްޓްރާޑާއަށް ކުލި ނުދެއްކުނީ އެ ކުންފުނިން ހިންގަމުންދިޔަ ބިމުގެ ބައެއް ދައުލަތަށް ނެގުމުން އެ ކުންފުންޏަށް ކުރީގެ ސަރުކާރުން ދޭން އެއްބަސްވި 14 މިލިއަން ރުފިޔާ ބަދަލު ނުދީ ހިފެހެއްޓުމުން ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ސްޓްރާޑާއަށް ބަދަލު ދޭން ކުރީގެ ސަރުކާރުން ނިންމުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ނިންމައި، އަދި ބަދަލު ދިނުން މަޑުޖައްސާލަން ކުރިން އެންގުން ބާތިލްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ދައުލަތުން ބުނީ އެކަން އޭސީސީ މެދުވެރިކޮށް އެކަން ކަށަވަރު ކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
ދައުލަތުން ބުނީ އޭސީސީގެ ނިންމުން ކޮންމެ ގޮތަކަށް އަޔަސް، މި މައްސަލައަށް އަސަރު ނުކުރާނެ ކަމަށެވެ. އަދި ސްޓްރާޑާ އަތުން ނިއުޕޯޓްގެ ބިން އަތުލީ ކުލި ނުދެއްކުމުން ކަމަށާއި އެކަމާ ބަދަލު ދިނުމަކާ ގުޅުމެއް ނޯންނާނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި ސްޓްރާޑާއަށް ބަދަލު ދޭން ނިންމުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީން ނިންމުމަކީ އެ ބަދަލު ސަރުކާރުން ކޮންމެހެން ދޭންޖެހޭނެ ސަބަބެއް ނޫނެވެ. އަދި އޭސީސީގެ ނިންމުމަކީ އެއްބަސްވުން ބާތިލްކުރި ބާތިލް ކުރުމަށް ބަދަލު އަންނާނެ ކަމެއް ނޫން ކަމަަށް ދައުލަތުން ބުންޏެވެ.
ފަނޑިޔާރުންގެ ބެންޗުން ވަނީ އޭސީސީގެ ކުރީގެ ނިންމުން ބާތިލް ކުރިތޯ ކަށަވަރު ކުރުމަށްފަހު އަންނަ ހަފުތާ ނިމުމުގެ ކުރިން އެކަން ކޯޓަށް އެންގުމަށް ދައުލަތަށް އަންގަވައިފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!
ނިއުޕޯޓް ހިންގި ބިން އަތުލީ ރަނގަޅަށް: ސުޕްރީމް ކޯޓް
ދައުރުވަމުން ދާ ފްލެޓް ލިސްޓު ސައްހައެއް ނޫން: އޭސީސީ
ޕޯޓަލް މިނިސްޓްރީއަށް ދީފި،އެކަމަކު އަދިވެސް ނުވަދެވޭ!
ތަހުގީގަށް އެންމެންގެ ފޯމު ބަލަންޖެހޭނެ: އަކްރަމް
އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީއަށް ދެނީ
މައްސަލަ ނެތް ފްލެޓްތަކުގެ ލިސްޓެއް މިނިސްޓްރީއަށް
"ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް އަވަހަށް ދޭނަން"
ބިންތައް ދޫކުރި ގޮތް އޭސީސީން ތަހުގީގުކުރަނީ
ޝަރުތު ހަމަނުވާ ލިސްޓް އާއްމުކުރުމާ މެދު ގޮތެއް ނުނިމޭ