07 މެއި 2023
ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އޮޅުވާލައިގެން މީހުންނަށް ލަނޑުދިން މުއާމަލާތްތަކުގައި، އެ ކުންފުނިން އިމާރާތްކުރަން ނިންމި އަދަދުގެ އިތުރަށް 60 އަށް ވުރެން ގިނަ ފްލެޓް ވިއްކާފައިވާ ކަން އެނގިއްޖެ އެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އޮޅުވާލައިގެން މީހުންނަށް ލަނޑުދިން މުއާމަލާތްތަކުގައި، އެ ކުންފުނިން އިމާރާތްކުރަން ނިންމި އަދަދުގެ އިތުރަށް 60 އަށް ވުރެން ގިނަ ފްލެޓް ވިއްކާފައިވާ ކަން އެނގިއްޖެ އެވެ.
އެ ކުންފުނިން ހުޅުމާލޭގައި އިމާރާތްކުރަން ނިންމީ ދެ ކޮޓަރި އާއި ތިން ކޮޓަރި ހިމެނޭ ގޮތުން ޖުމްލަ 110 އެޕާޓްމަންޓެވެ. މި ތަންތަނުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާގަ އެވެ.
މި އެޕާޓްމަންޓްތައް ވިއްކުމުގެ ނަމުގައި ހިންގި ސްކޭމްގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އިތުރަށް އެޕާޓްމަންޓްތައް ވިއްކިކަން ފަޅާއެރީ ކޮރެއާ ކުންފުނިން ބަޔާން ނެރުމާ އެކު، ފްލެޓު ގަތް ބައެއް ފަރާތްތަކުން މައުލޫމާތު އޮޅުން ފިލުވަން ދިއުމުންނެވެ.
އެއް އެޕާޓްމަންޓް، ދެތިން މީހުންނަށް ވިއްކާފައިވާ ކަން ފަޅާއެރީ އެ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސްކޭމުން ލަނޑު ލިބުނު މީހުންގެ ތެރޭގައި ރާއްޖޭގެ ބައެއް ބޮޑެތި ވިޔަފާރި ވެރިން ހިމެނޭ ކަމަށެވެ. އެޕާޓްމަންޓްތަކުގެ އަގުގެ ގޮތުގައި ބައެއް މީހުންގެ އަތުން އަގު ބޮޑު މުދާ ވެސް އަތުލާފައިވެ އެވެ.
ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލާގައި ލަނޑު ލިބުނު ފަރާތްތަކުން ފުލުހަށް އެ މައުލޫމާތު ހިއްސާ ކުރަން ވެސް އެ މުއައްސަސާ އިން ވަނީ އެދިފަ އެވެ. މިކަން ހިންގި ކަމަށް ތުހުމަތުކުރަނީ ހަންބޯގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ގެ މައްޗަށެވެ.
ހަންބޯގެ ރާއްޖޭ ކުންފުނީގެ މައި ހިއްސާދާރު އަދި ކޮންޓްރެކްޓަރު ޖިން ވިދާޅުވި ގޮތުގައި، އޭނާ އަށް ނޭނގި މަންޑޭ ވަނީ އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވެސް ވިއްކައި ފައިސާ ނަގައި ބޭނުންކޮށްފަ އެވެ.
މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކުތައް މެދުވެރިކޮށް ވެސް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ވެސް ޖިން ވަނީ ތުހުމަތުކޮށްފަ އެވެ.
ފްލެޓް ވިއްކުމުގައި ސައްހަ ނޫން މުއާމަލާތުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މަންޑޭގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ކޭޕާކް މަންޑޭ ދިރިއުޅޭ ގެ ބަލާ ފާސްކުރަނީ
ކޭ-ޕާކުން ލަނޑުލިބުނު މީހުން ޕޮލިހަށް އަންގަން އެދެފި
ރިފަންޑު ލަސްވަނީ ދައުލަތުން ފައިސާ ނުދީގެން:ސީ ލައިފް
ބައްސާމްގެ ފްލެޓް އަތުލި މައްސަލަ ހައިކޯޓުން ނުބެލި
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ބައްސާމްގެ އެޕާޓްމަންޓް ހަވާލުކުރުން ފަސްކޮށްދީފި
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
އެފްއޭއެމްގެ މައްސަލަ:ޕީޖީ އާއި ފީފާއިން މަޝްވަރާކޮށްފި