ޔޫޒަބަލް ރިވާޒްގައި ހުރި ވަރު 200 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.
02 މެއި 2023
ޔޫޒަބަލް ރިވާޒްގައި ހުރި ވަރު 200 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރު ފެށުނު އިރު ޔޫޒަބަލް ރިޒާވް ހުރީ 260 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ ވޭތުވެދިޔަ ތިން މަހުން ޔޫޒަބަލް ރިޒާވް ވަނީ 60 މިލިއަން ޑޮލަރު ދަށްވެފަ އެވެ.
މިދިޔަ އަހަރުގެ މާޗް މަސް ނިމުނު އިރު ދައުލަތުގެ ޔޫޒަބަލް ރިޒާވް ހުރީ 400 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ، މި އަހަރުގެ މާޗް މަހު މި ވަނީ ރިޒާވް 50 ޕަސެންޓަށް ދަށްވެފަ އެވެ.
މިދިޔަ އަހަރު އެވްރެޖުކޮށް ޔޫޒަބަލް ރިޒާވް ހުރީ 290 މިލިއަން ޑޮލަރުގަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ރިޒާވް ދިޔައީ ދަށްވަމުންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޔޫޒަބަލް ރިޒާވް ހުރީ 105 މިލިއަން ޑޮލަރުގަ އެވެ. އެއަށް ފަހު އަނެއްވާ ވެސް ރިޒާވް ދިޔައީ އިތުރުވަމުންނެވެ.
ޔޫޒަބްލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ އަދަދެވެ. ޔޫޒަބަލް ރިޒާވުން ދައްކައިދެނީ ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ހުރި ފައިސާގެ އަދަދެވެ.
މި އަހަރު ފެށުނު އިރު ޖުމްލަ ރިޒާވް ހުރީ 790 މިލިއަން ޑޮލަރުގަ އެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ ތިން މަސް ތެރޭ ޖުމްލަ ރިޒާވް ވަނީ 760 ޑޮލަރަށް ވެއްޓިފަ އެވެ.
ރިޒާވް އެހާ ބޮޑަށް ދަށްވެފައި ވަނީ ލޯނާއި ސެކިއުރިޓީ އަށް ބޮޑު އަދަދެއް ދައްކަން ޖެހުމުންނެވެ. ލޯނާއި ސެކިއުރިޓީ އާއި ޑިޕޮސިޓުގެ ގޮތުގައި 564 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ހުރީ 830 މިލިއަންގަ އެވެ. އެހެންވެ، ވޭތުވެދިޔަ ތިން މަހުން ރާއްޖޭގެ ރިޒާވުން 70 ޑޮލަރު ވަނީ މަދުވެފަ އެވެ.
ރިޒާވް އިތުރު ކުރުމަށްޓަކައި އެންމެ ފަސޭހަ ގޮތަކީ ލިބޭ އާމްދަނީން މިންވަރެއް ރައްކާކުރުމެވެ. ރިޒާވް އިތުރު ކުރުމަށްޓަކައި އިންޑިޔާގެ ރިޒާވް ބޭންކުން ކަރެންސީ ސްވޮޕް ފެސިލިޓީން 400 މިލިއަން ޑޮލަރާ ހަމައަށް ނެގުމުގެ ފުރުސަތު އޮވެ އެވެ. އަދި އެ ފެސިލިޓީގެ ބޭނުން އަންނަނީ ރިޒާވް ރަނގަޅު ކުރަން ބޭނުން ކުރަމުންނެވެ. ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ގައުމުން ބޭރުވާ ބޭރު ފައިސާ ގިނަވާ ނަމަ ދުވަހެއް ދުވަހަކަށް ރިޒާވް ދާނީ ދަށްވަމުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރުމަށްޓަކައި ރިޒާވް ބޮޑު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ޔޫޒަބަލް ރިޒާވުގައި ހުރީ 190 މިލިއަން ޑޮލަރު
ދައުލަތުގެ ރިޒާވް ހަތް ޕަސެންޓަށް ދަށަށް
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
ޔޫޒަބަލް ރިޒާވްގައި 114 މިލިއަން ޑޮލަރު
ރިޒާވް ބޮޑު ތަނުން ދަށަށް ހިނގައްޖެ!
ރިޒާވު ދަށްވީ ކަރެންސީ ސްވޮޕަށް ފައިސާ ދެއްކުމުން
ރަސްމީ ރިޒާވް 788.8 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ރަސްމީ ރިޒާވް އިތުރު، ބޭނުންކުރާ ރިޒާވް ބަދަލެއް ނުވޭ
ދަރުމަވަންތައިގެ ޕޭމަންޓާއެކު ރިޒާވް ދަަށަށް!