30 އެޕްރީލް 2023
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ އެންމެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު (އީއީޒެޑް) ކަނޑައެޅުމަކީ އައްޑޫގެ މަސްވެރިންނަށް ލިބުނު އުފަލެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ އެންމެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު (އީއީޒެޑް) ކަނޑައެޅުމަކީ އައްޑޫގެ މަސްވެރިންނަށް ލިބުނު އުފަލެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އިޓްލޮސްގެ ނިންމުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުން ކަމަށާއި އައްޑޫގެ މަސްވެރިން ކުރިން މަސްވެރިކަމަށް ނުކުތް ހިސާބަށް ދެން ނުނިކުމެވޭނެ ކަމަށް، އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މި ވާހަކައަށް ރައްދު ދީ އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ކުރިން މި ސަރަޙައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގާ ސަރަޙައްދަކަށް ވުމުން ކަނޑުގެ އެހެން ދިރުންތަކަށް ވެސް ގެއްލުންވާ ގޮތަށް މަސްވެރިކަންކޮށް އެތަނުން އެކި ގައުމުތަކުން ފައިދާ ނަގަމުން ދިޔަ ކަމަށެވެ.
އެކަމަކު އިޓްލޮސްގެ ނިންމުމާ އެކު އެ ސަރަހައްދުގައި ރާއްޖޭގެ ގާނޫނާ ހިލާފަށް މަސްވެރިކަން ކުރާ މީހުންނަށް ފިޔަވަޅު އެޅުމުގެ ބާރު ރާއްޖެ އަށް ލިބުމަކީ އުފަލެއް ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
"ރާއްޖޭގެ އެންމެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި އެ ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާނެ ގޮތް ވެގެންދިއުމަކީ އައްޑޫ ސިޓީ ކައުންސިލުން އުފަލާ އެކު އެކަން ފާހަގަކޮށް މަރުޙަބާ ކިޔާ ކަމެކެވެ.،" އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ރާއްޖޭގެ އެންމެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަޙައްދު ކަނޑައެޅިގެން ދިއުމަކީ ދުރަށް ދަތުރުކޮށް މާކަނޑުގައި މަސްވެރިކަން ކުރާ އައްޑޫ ސިޓީގެ މަސްވެރިނަށް ލިބިގެންދާ ހިތްވަރެއް."
އެ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވަނީ ބައިނަލްއަގްވާމީ ގާނޫނު ދެމެހެއްޓުމުގެ މައްޗަށް ކަމަށެވެ. އިޓްލޮސްއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި ނިންމި ނިންމުމަކީ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިހްތިރާމް ކުރާ ކަމުގެ ހެއްކެއް ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
ރާއްޖޭގެ ދެކުނުން، މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، ޖަރުމަންގައި ހުންނަ އިޓްލޮސް އިން ހުކުރު ނިންމީ ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށެވެ.
އައްޑޫގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އަށް ލިބެ އެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. އެކަމަކު އެއީ، ރާއްޖެ އިން ބޭނުންވި ގޮތެވެ. އެކަމަކު މޮރިޝަސް އިން ބޭނުންވި ގޮތެއް ނޫނެވެ.
މޮރިޝަސް އަށް ލިބުނީ ރާއްޖެ އަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.
"ވަރުބައްޔެއް ނުވޭ، ބޭނުމީ އައްޑޫ މީހުންގެ ހިއްސާ"
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
އައްޑޫގައި 6،000 އެނދު ތަރައްގީ ކުރަން ޕްލޭނެއް
އައްޑޫ ލިންކް ރޯޑް ފުރަތަމަ ފަހަރަށް ދިއްލާލަނީ
އައްޑޫން ދޫކުރާ ގޯއްޗަށް 4،000 ފޯމު ހުށަހެޅި
ވިއްސާރާގައި އައްޑޫގެ 65 ގެެއަކަށް ގެއްލުން
އައްޑޫން އިއުލާނުކުރި 1،000 ގޯއްޗަށް 4،000ފޯމު
22 އަހަރުފަހުން ހިތަދޫން ގޯތި ދޫކުރަން އިއުލާނުކޮށްފި
އައްޑޫ ހޮސްޕިޓަލް ބޮޑުކުރަން 100 މިލިއަން ހަރަދުވޭ