27 އެޕްރީލް 2023
އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިދިޔަ ރޯދަމަހުގެ އުމްރާގެ އަޅުކަމަށް ގެންދިޔަ މީހުންގެ ތެރެއިން ބާކީ 130 މީހުން ރޭ ފުރުވައިލީ ޓިކެޓާއި ފްލައިޓް ޗާޓަރު ކުރުމަށް ދައްކަންޖެހޭ ފައިސާ ނުދަައްކައި ކަމަށް ޓްރެވެލް 2 މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިދިޔަ ރޯދަމަހުގެ އުމްރާގެ އަޅުކަމަށް ގެންދިޔަ މީހުންގެ ތެރެއިން ބާކީ 130 މީހުން ރޭ ފުރުވައިލީ ޓިކެޓާއި ފްލައިޓް ޗާޓަރު ކުރުމަށް ދައްކަންޖެހޭ ފައިސާ ނުދަައްކައި ކަމަށް ޓްރެވެލް 2 މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
"އުމްރާވެރިން ގޮވައިގެން އެއާޕޯޓަށް ފުރަން ދިޔައިރު ވެސް ފައިސާ ނުދައްކާ. ދެއްކޭނެ ވަރަކީ ކޮބައިހޭ އެހީމާ އެ ގުރޫޕްގެ އެންމެ އިސްވެރިޔާ ވިދާޅުވީ އޮތީ 10،000 ޑޮލަރޭ. ދެން އަޅުގަނޑުމެން ބުނީ ދެއްކޭ ވަރެއް ދައްކާށޭ. އެހެންވެ، 10،000 ޑޮލަރު ދެއްކީ،" ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓް ނަގައި ދިނުމަށް މެދުވެރިވި ޓްރެވެލް 2 މޯލްޑިވްސްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އެކަމަކު، ސައޫދީން ރޭ ފުރި 130 މީހުންގެ ޓިކެޓާއި ފްލައިޓް ޗާޓަރު ކުރުމުގެ ހަރަދަށް 133،450 ޑޮލަރު މަޝްރައު ގުރޫޕުން ޓްރެވެލް 2 މޯލްޑިވްސް އަށް ދައްކަން ޖެހެ އެވެ.
މަޝްރައު އުމްރާ ގުރޫޕްގެ ހަވާލުގައި 138 މީހަކު އުމްރާ އަށް ގެންދިޔައިރު، މައްސަލަތައް ކުރިމަތިވީ ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓަށް ވާ ފައިސާ އަށް ދޫކުރި ދެ ޗެކް ބައުންސް ވުމުންނެވެ. އެކަމަކު، ދެ ބުރެއްގެ މަތިން އުމްރާވެރިން ރާއްޖެ ގެނައުމާ ހަމައަށް އެއްކޮށް ފައިސާއެއް ނުދައްކަ އެވެ.
އެ ގްރޫޕްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގެންދިޔަ މީހުންގެ ތެރެއިން އަށް މީހަކު ވަނީ އިއްޔެ ރާއްޖެ އައިސްފަ އެވެ. އެ މީހުންނަށް ވެސް ފުރުނީ އެންމެ ފަހު ވަގުތު ފައިސާ ދެއްކުމުންނެވެ. އެ އަށް މީހުންގެ ފައިސާ ދައްކައި ހަލާސް ކުރަން ޓްރެވެލް 2 މޯލްޑިވްސް އިން ދިން ޑެޑްލައިނަކީ ރާއްޖެ ގަޑިން އިއްޔެ ރޭގެ ދަންވަރު 12:00 އެވެ. އެކަމަކު، ފައިސާ ދެއްކި ކަމަށް ވަނީ އޭގެ 10 ވަރަކަށް މިނިޓް ކުރިންނެވެ. އޭރު އުމްރާވެރިން ތިބީ އެއާޕޯޓަށް ގެންގޮސްފަ އެވެ.
"ބާކީ 130 މީހުންގެ ޓިކެޓަށް ވެސް ފައިސާ ދެއްކީ އެ މީހުން ޖިއްދާ އެއާޕޯޓަށް ގެންދިޔަ ފަހުން. ވަކިވަކި އުމްރާވެރިން ގުޅައި އާދޭސް ކުރި ހެޔޮ ނުވާނެއޭ މާލެ ގެންގޮސްދޭށޭ. ސައޫދީގައި ތިބި ކޮޓަރި ވެސް ދޫކޮށްލައިފީމޭ. މާލެ ނާދެވިއްޖިއްޔާ ހާލުގައި ޖެހޭނެއޭ. އެހެންވެ، ކަލާންގެއަށްޓަކައި އެ މީހުން ރޭ ފުރުވައި ދިނީ،" ޓްރެވެލް 2 މޯލްޑިވްސްގެ އޮފިޝަލް ވިދާޅުވި އެވެ.
"ބައެއް އާއިލާތަކުން ދިޔައީ ކުޑަކުދިން ގޮވައިގެން. އެ އެންމެން އެއާޕޯޓުގައި ތިބީ މި ހުރިހާ ކަމެއް ދިމާވިއިރު."
ޓްރެވެލް 2 މޯލްޑިވްސް އިން ބުނީ، އެ ކުންފުނީގެ އިސްވެރިން މާލެ އައިސް ބާކީ ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"އެކަމަކު، މިއަދާ ހަމައަށް ވެސް ފުލް ޕޭމަންޓެއް ނުދޭ. ކޮންމެ ފަހަރަކު މި ކަހަލަ ކަމެއް ހިނގާ ފަހުން ފައިސާ ދައްކާފައި ވަނީ. ފައިސާ ދައްކަނީ ދައްކަނީއޭ ބުނަނީ،" ޓްރެވެލް 2 މޯލްޑިވްސް އިން ބުންޏެވެ.
މަޝްރައު ގުރޫޕްގެ އެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ވެސް އޮތީ އައިސްފަ އެވެ. އެހެންވެ، ރޭ ވަރަށް ދަންވަންދެން މިނިސްޓްރީ ހުޅުވައިގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރި ކަމަށް ވެ އެވެ. ނަމަވެސް އެ މިނިސްޓްރީން "މިހާރު" އަށް ކުރިން ބުނެފައި އޮތީ އުމްރާވެރިން ރާއްޖެ ގެނައުމަކީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މަޝްރައު ގުރޫޕްގެ ޒިންމާއެއް ކަމަށެވެ. އެހެންވެ، އެ މީހުން ލައްވައި އެ ޒިންމާ ނެގުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވި އެވެ.
މި މައްސަލާގައި މަޝްއަރު ގުރޫޕް މެނޭޖިން ޑިރެކްޓު އަލީ ފާރިޝްގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ
އޭނާ ކުރިން "މިހާރު" އަށް ވިދާޅުވީ ޓިކެޓް ނަގައިދީ، ފްލައިޓް ޗާޓަރު ކޮށްދިން ޓްރެވެލް 2 މޯލްޑިވްސް އަށް ދިނީ "ކޭޝް ޓްރާންސްފާ" ކުރާނެ ކަމުގެ ގެރެންޓީގެ ޗެކެއް ކަމަށެވެ.
އަލް މަޝްއަރު އުމްރާ ގުރޫޕުން މިދިޔަ ރޯދަމަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 36،500ރ. އެވެ. އެއީ 30 ދުވަހުގެ އުމްރާގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު
މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ އުމްރާވެރިން ގެނެސްފި
އުމްރާ އަށް ދިޔަ ބަޔަކަށް އަޅާނުލި މައްސަލައެއް!
މަޝްއަރުގެ ހަވާލުގައި ދިޔަ މީހުން މައްކާގައި ތާށިވެއްޖެ
މަޝްއަރު ގްރޫޕްގެ ހުއްދަ ވަނީ ބާތިލްކޮށްފައި:މިނިސްޓްރީ
އަނެއްކާވެސް މަޝްއަރު ގްރޫޕުގެ މައްސަލަ ފެންމަތިވެއްޖެ
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
މަޝްއަރު ގުރޫޕުން ފަހު ވަގުތު ފައިސާ ދައްކަން ފަށައިފި
މަޝްއަރު ގުރޫޕްގެ އުމްރާވެރިން ނުގެންނަން ނިންމައިފި