26 އެޕްރީލް 2023
އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިދިޔަ ރޯދަމަހުގެ އުމްރާގެ އަޅުކަމަށް ގެންދިޔަ މީހުންގެ ތެރެއިން ރޭ ފުރަން ތާވަލުކުރި 8 މީހުންގެ ޓިކެޓް ފައިސާ އެންމެ ފަހު ވަގުތު ދެއްކުމުން އެ މީހުން ރާއްޖެ އަންނަން ފުރައިފި އެވެ.
އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިދިޔަ ރޯދަމަހުގެ އުމްރާގެ އަޅުކަމަށް ގެންދިޔަ މީހުންގެ ތެރެއިން ރޭ ފުރަން ތާވަލުކުރި 8 މީހުންގެ ޓިކެޓް ފައިސާ އެންމެ ފަހު ވަގުތު ދެއްކުމުން އެ މީހުން ރާއްޖެ އަންނަން ފުރައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މީހުންގެ ޓިކެޓް ފައިސާ ޓްރެވެލް 2 މޯލްޑިވްސް އަށް ދެއްކީ ރޭގެ އެންމެ ފަހު ވަގުތު ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ފައިސާ ދައްކަން އެ ކުންފުނިން މަޝްއަރު ގުރޫޕަށް ދިން އެންމެ ފަހުގެ ސުންގަޑިއަކީ ރާއްޖެ ގަޑިން ރޭގެ ދަންވަރު 12:00 އެވެ. ފައިސާ ޓްރާންސްފާ ކުރި ކަމަށް ވަނީ އޭގެ 10 ވަރަކަށް މިނިޓް ކުރިންނެވެ.
އެހެން ނޫން ނަމަ އެ މީހުންނަށް ނުފުރޭނެކަން އޮތީ އަންގައިފަ އެވެ.
"އެ 8 މީހުން މިހާރު ވަނީ ރޭގެ ދަންވަރު 1:30 ގައި ޖިއްދާ އިން ފުރާފައި. ރާއްޖެ ގަޑިން މިއަދުގެ މެންދުރު 2:30 ގައި ފްލައިޓް އަންނާނެ. އެއީ ޓްރާންސިޓް ފްލައިޓެއް،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
މަޝްއަރު ގުރޫޕްގެ 8 މީހުން ގެންނަ ފްލައިޓްގައި އިތުރު ޖަމާއަތެއްގެ ބަޔަކު ވެސް ދަތުރުކުރެ އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިގޮތުގައި މަޝްއަރު ގުރޫޕްގެ ބާކީ 130 މީހުންގެ ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓަށް ވާ ފައިސާ ވެސް އެ މީހުން ސައޫދީން މިރޭ ފުރުމުގެ ކުރިން ޓްރެވެލް 2 މޯލްޑިވްސް އަށް ދައްކާނެ ކަމުގެ ކަށަވަރުކަން މަޝްއަރު ގުރޫޕުން ވަނީ ދީފަ އެވެ.
"މިރޭ ފުރުމަށްޓަކައި އެއާޕޯޓަށް ވެސް ދާން މިހާރު ވަނީ އެ މީހުންނަށް އަންގާފައި. އަދި ފައިސާއެއް ނުދައްކާ. އެކަމަކު، ބާކީ މީހުންނަށް ވެސް ފައިސާ ދައްކާނެ ކަމަށް އޮތީ ބުނެފައި،" އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
މަޝްއަރު ގުރޫޕްގެ އުމްރާވެރިން ރާއްޖެ ގެނައުމުގައި ސުވާލު އުފެދުނީ އެ މީހުން ސައޫދީ އަށް ގެންދިއުމަށްޓަކައި ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓް ނަގައި ދިނުމަށް މެދުވެރިވި ޓްރެވެލް 2 މޯލްޑިވްސް އަށް ދައްކަންޖެހޭ ފައިސާގެ ދެ ޗެކެއް ބައުންސްވުމުންނެވެ. އެއީ 274،450 ޑޮލަރުގެ ދެ ޗެކެވެ.
އޭގެ ތެރެއިން ރޭގައި ދެއްކި ކަމަށް ވަނީ 8 މީހުންގެ ޓިކެޓް ފައިސާގެ ޗެކެވެ. އޭގެ އަދަދަކީ 141،000ރ. އެވެ. ބާކީ 130 މީހުންނަށް އަދި 133،450 ޑޮލަރު ދައްކަން ޖެހެ އެވެ.
ޓްރެވެލް 2 މޯލްޑިވްސް އިން ބުނީ، ފައިސާ ދައްކަން ތަކުރާރުކޮށް އެދުމުން ވެސް އެކަން ނުކޮށް މަޝްއަރު ގުރޫޕުން ލަސްކުރީ ކަމަށެވެ.
"މިރޭ ފުރުމަށްޓަކައި އެއާޕޯޓަށް ވެސް ދާން މިހާރު ވަނީ އެ މީހުންނަށް އަންގާފައި. އަދި ފައިސާއެއް ނުދައްކާ. އެކަމަކު، ބާކީ މީހުންނަށް ވެސް ފައިސާ ދައްކާނެ ކަމަށް އޮތީ ބުނެފައި،" ---އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް
އަލް މަޝްއަރު އުމްރާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު އަލީ ފާރިޝް "މިހާރު" އަށް ކުރިން ވިދާޅުވީ ޓިކެޓް ނަގައިދީ، ފްލައިޓް ޗާޓަރު ކޮށްދިން ޓްރެވެލް 2 މޯލްޑިވްސް އަށް ދިނީ "ކޭޝް ޓްރާންސްފާ" ކުރާނެ ކަމުގެ ގެރެންޓީގެ ޗެކެއް ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވި ޗެކް ޖަމާކުރުމުގެ ކުރިން އަޅުގަނޑުމެންނަށް ނޮޓިފައި ކޮށްލަން. އެއީ ހަމައެކަނި ގެރެންޓީ ޗެކެއް،" މިހާރު މައްކާގައި ހުންނެވި، ފާރިޝް ވިދާޅުވެފައި ވެ އެވެ.
އަލް މަޝްއަރު އުމްރާ ގުރޫޕުން މިދިޔަ ރޯދަމަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 36،500ރ. އެވެ. އެއީ 30 ދުވަހުގެ އުމްރާގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ "މިހާރު" އަށް ބުނީ މަޝްއަރު ގުރޫޕްގެ މީހުން ރާއްޖެ ގެނައުމުގެ އިންތިޒާމުތަކާ ގުޅޭ ގޮތުން އިއްޔެގެ މެންދުރު 2:00 އާ ހަމައަށް އެ ގުރޫޕްގެ އެއްވެސް ޚަބަރެއް ނުވި ކަމަށެވެ.
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު
މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ އުމްރާވެރިން ގެނެސްފި
އުމްރާ އަށް ދިޔަ ބަޔަކަށް އަޅާނުލި މައްސަލައެއް!
މަޝްއަރުގެ ހަވާލުގައި ދިޔަ މީހުން މައްކާގައި ތާށިވެއްޖެ
މަޝްއަރު ގްރޫޕްގެ ހުއްދަ ވަނީ ބާތިލްކޮށްފައި:މިނިސްޓްރީ
އަނެއްކާވެސް މަޝްއަރު ގްރޫޕުގެ މައްސަލަ ފެންމަތިވެއްޖެ
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
މަޝްއަރު ގުރޫޕްގެ ބާކީ ތިބި މީހުންނަށް ފުރުނީ ކިރިޔާ
މަޝްއަރު ގުރޫޕްގެ އުމްރާވެރިން ނުގެންނަން ނިންމައިފި