26 އެޕްރީލް 2023
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ ހުސެއިން ޝިފާއު އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ ހުސެއިން ޝިފާއު އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނީ ޝިފާއު އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ "ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކާ އެކު ހިންގި މުއާމަލާތްތަކުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލާގައި 23 ދައުވާއެއް ކޮށްފައިވާ ކަމަށެވެ.
އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއަކާއި މަނީ ލޯންޑަރިންގެ ކުށުގެ ހަތް ދައުވާއެއް އޭނާގެ މައްޗަށް ކުރުމަށް ޕީޖީން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މި މައްސަލައިގައި 123،844.54 ޑޮލަރު ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެއީ 1.9 މިލިއަން ރުފިޔާ އެވެ.
އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ޕީޖީން ވަނީ އެދިފަ އެވެ.
ވަގު ޓީޓީ ބޭނުންކޮށްގެން ރާއްޖެއަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރި ޝިފާއު އަކީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ފުލުހުން ހޯދަން އިއުލާނު ވެސް ކުރި މީހެކެވެ. ވަގު ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލާގައި އޭނާ މިފަހަރު ހައްޔަރުކުރުމުގެ ކުރިން ވެސް ހަމަ އެފަދަ އެކި މައްސަލަތަކުގައި އޭނާ ބެދިފައިވެ އެވެ.
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި
ގެސްޓް ހައުސެއްގައި ފޭރުނު 2މީހުންގެ މައްސަލަ ޕީޖީއަށް
ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަނީ
ސްކޭމްގެ ތުހުމަތެއްގައި މީހަކާ ދެކޮޅަށް އަޑުއުފުލަނީ
ޖަލަށް މަނާތަކެތި ވައްދާ އޮފިސަރުންގެ މައްސަލަ ޕީޖީއަށް
ބިޔަ ސްކޭމެއް، އެކަކުގެ ނަމުގައި 100 ވެހިކަލް!
1.8 މިލިއަންގެ ފޭރުން: 3 މީހަކަށް ދައުވާކުރަނީ
ބައި މިލިއަންގެ ސްކޭމެއް، 22 ފޯނު އަތުލައިގެންފި
ޝިފާއުގެ މައްސަލަ އިސްތިއުނާފު ކުރިއިރު ފުރައިފި