Roadha Mihaaru
ބެޑް ބާތު އެންޑް ބިޔޯންޑް ކުންފުނި ބަނގުރޫޓުވެއްޖެ

އެމެރިކާގެ ބެޑް ބާތު އެންޑް ބިޔޯންޑް ކުންފުނި ބަނގުރޫޓުވެއްޖެ

25 އެޕްރީލް 2023

ގޭތެރެއަށް ބޭނުންވާ ސާމާނާއި ކުޑަކުދިންނަށް ހާއްސަ އުފެއްދުންތައް ވިއްކާ، އެމެރިކާގެ މަޝްހޫރު ބެޑް ބާތު އެންޑް ބިޔޯންޑް ބަނގުރޫޓުވިކަން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގޭތެރެއަށް ބޭނުންވާ ސާމާނާއި ކުޑަކުދިންނަށް ހާއްސަ އުފެއްދުންތައް ވިއްކާ، އެމެރިކާގެ މަޝްހޫރު ބެޑް ބާތު އެންޑް ބިޔޯންޑް ބަނގުރޫޓުވިކަން އިއުލާނުކޮށްފި އެވެ.

އެ ކުންފުނީގެ ފިހާރަތަކަށް އޮތް ޑިމާންޑު މިދިޔަ އަހަރުން ފެށިގެން ގެއްލި، 393 މިލިއަން ރުފިޔާގެ ގެއްލުން ކުރިމަތިވެ، އާމްދަނީ ވަނީ 33 ޕަސެންޓު ދަށަށް ގޮސްފަ އެވެ. އެހާ ބޮޑަށް ކުންފުނި އަޑި އަޅާލަން ފެށީ ކޮވިޑަށް ފަހުގައި އެ ކުންފުންޏަށް ދިމާވި ދަތިތަކުގެ ތެރެއިންނެވެ.

ބެޑް ބާތް އެންޑް ބިޔޯންޑް އިން އާންމުންގެ މަގްބޫލުކަން ހޯދާފައި ވަނީ 1990 ގެ އަހަރުތަކުގަ އެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ވިޔަފާރި ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. އެގޮތުން އެމެރިކާގެ ސްޓޭޓުތަކުގެ އިތުރުން ކެނެޑާ އާއި މެކްސިކޯ އާއި ޕޯޓާ ރީކޯގައި 1،500 އަށް ވުރެ ގިނަ ފިހާރަ ހިންގަމުންނެވެ.

އެ ކުންފުނި ބަނގުރޫޓުވިކަން އިއުލާނު ކުރި އިރު ކުންފުނީގެ ރައުސުލްމާލުގައި އެއް ބިލިއަން ޑޮލަރުގެ އެސެޓް އެބަހުއްޓެވެ. އެހެން ނަމަވެސް ލައިބިލިޓީ އާއި ދަރަނީގެ ގޮތުގައި 10 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

މިދިޔަ ޖެނުއަރީ މަހު އެ ކުންފުނިން ވަނީ 500 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި 150 ފިހާރަ ބަންދުކޮށްފަ އެވެ. އެ ކުންފުނިން ކުރި މަސައްކަތުން ވަނީ 360 މިލިއަން ޑޮލަރު ހޯދާ ލޯނު އަނބުރާ ދައްކައިފަ އެވެ.