11 އެޕްރީލް 2023
ކ. މާފުށީގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ކ. މާފުށީގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް މާފުއްޓަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު، އެ ރަށުގެ ސިއްހީ މަރުކަޒުން ދެމުން އައީ ވަރަށް މަދު ހިދުމަތްތަކެއް ކަމަށެވެ. ނަމަވެސް، މި ވެރިކަމުގައި ސިއްހީ މަރުކަޒުން ދޭ ހިދުމަތްތަކުގެ ފެންވަރު ކުރިއަށް ވުރެ ރަނގަޅު ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
"މި ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ޗުއްޓީ ހޭދަކުރަން އައިސް ތިބޭ ގެސްޓުންގެ އިތުރުން، ޖަލުގައި އުޅޭ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެއަށް ވުރެ ރަނގަޅަށް ހިންގާ ހޮސްޕިޓަލަކަށް ބަދަލުކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް، އެތަނުގައި އޮޕަރޭޝަން ތިއޭޓަރެއް ހެދުމަށް ނިންމައި ބަޖެޓް ހަމަޖެއްސުމަށް ޕްލޭނިން މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
ގުރައިދޫ ދާއިރާގެ ކެމްޕެއިނަށް ކ. މާފުއްޓަށް ވަަޑައިގެން އާންމުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ/ޓުވިޓާ
"ތިބޭފުޅުން މިއަދު ބޭނުންވަނީ އެތަނުގައި ހޮސްޕިޓަލް، އެ ނަން ޖަހަން ކަމަށް ވަންޏާ އެކަން ކުރެވޭނެ އިނގޭތޯ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާފުށީގެ ހިއްކި ބިމާއި އެ ރަށާ ގުޅުވާލަން ބްރިޖް އެޅުމާއި ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި ނަރުދަމާގެ މަސައްކަތާ އަދި އެއްގަމުގެ ލައިސަންސްގެ ހިދުމަތް ލިބޭނެ އިންތިޒާމު ވެސް ވަރަށް އަވަހަށް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި، މާފުށި ވެސް ހިމެނޭ ގޮތަށް ގުރައިދޫ ދާއިރާގެ ތިން ރަށަށް މި ސަރުކާރުން ވީ ގިނަ ވައުދުތަކެއް މިހާރު ފުއްދައި ދީފި އެވެ. އަދި މި ދައުރު ނިމުމުގެ ކުރިން، އެ ދާއިރާގެ ރަށްތަކަށް ވީ ހުރިހާ ވައުދެއް ފުއްދައިދޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ މި މަހު 15 ގަ އެވެ. އެ އިލެކްޝަންގައި އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެ އެވެ.
ހާމަވީ ސަރުކާރާއެކު ރައްޔިތުން ތިބި ކަން: ރައީސް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް އަޅަނީ
ސިއްހީ މަރުކަޒެއްގައި އަލަށް ދަތުގެ ފަރުވާދެނީި
ސިއްހީ މަރުކަޒުތަކުގައި ޕްރައިވެޓް ރޫމްތައް ހަދަނީ
ބޭނުންވަނީ 600 ނަރުހުން، ކުރިމަތިލީ އެންމެ 15!
300 އަށް ވުރެ ގިނަ ދިވެހި ޑޮކްޓަރުން ހޯދަނީ
ހޮސްޕިޓަލްތައް އޮންލައިންކޮށް އާސަންދައާ ގުޅާލަނީ
ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެނާޖީޑްރިންކް މަނާކޮށްފި
ތިން ރަށެއްގެ ހޮސްޕިޓަލް އިމާރާތް އަޅަން ހަވާލުކޮށްފި
ކެންސަރު ހޮސްޕިޓަލް އަޅަނީ ދިރާގު އޮފީސް ކައިރީގައި