Roadha Mihaaru
ކަރަންޓު ކެނޑުމުން ގަމު ބްރާންޗު މެނޭޖަރު ސަސްޕެންޑު

ލ. ގަމުން ކަރަންޓު ކެނޑުނީ ތެޔޮ ނެތިގެން، މެނޭޖަރު ސަސްޕެންޑް!

10 އެޕްރީލް 2023

ލ. ގަން ފެނަކަ އިންޖީނުގެއިން ޑީސަލް ހުސްވެ، އިންޖީނުތައް ހުއްޓުނު މައްސަލައިގައި އެ ތަނުގެ މެނޭޖަރު ފާރޫގް ހުސެއިން އިއްޔެ ސަސްޕެންޑުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ގަން ފެނަކަ އިންޖީނުގެއިން ޑީސަލް ހުސްވެ، އިންޖީނުތައް ހުއްޓުނު މައްސަލައިގައި އެ ތަނުގެ މެނޭޖަރު ފާރޫގް ހުސެއިން އިއްޔެ ސަސްޕެންޑުކޮށްފި އެވެ.

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ގަމު އިންޖީނުގެއިން ތެޔޮ ހުސްވީ ސްޓޭޝަންގެ އިސްވެރިއާ އުއްމީދުކުރި ގޮތަށް ކަންތައް ނުވެ، އޭނާ ދޭންޖެހޭ އިރުޝާދު ނުދިނުމުން ކަމަށެވެ.

ގަމުން ތެޔޮ ހުސްވެގެން އިއްޔެ މެންދުރު ގަޑިއެއްހާ އިރަށް މުޅި ރަށުން ކަރަންޓް ކެނޑުނެވެ.

އެހެންވެ، އެ ސަރަހައްދުގައި އެ ވަގުތު އުޅުނު އެފްއެސްއެމްގެ ބޯޓުން ވަގުތުން ތެޔޮ ގަނެ، ގާތްގަނޑަކަށް ގަޑިއިރެއްގެ ތެރޭގައި ގަމަށް ކަރަންޓު ދީފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިހުމާލުން ޑީސަލް ހުސްވި މައްސަލަ ބަލައި ނިމެންދެން ފާރޫގް އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

"ވެރިއަކަށް ހުރި މީހާ ދޭންޖެހޭ އިރުޝާދު ނުދިނީމަ ވީ ގޮތެއް އެއީ،" ސައީދު ވިދާޅުވި އެވެ.

ތެޔޮ ހުސްވެގެން ރަށްރަށުން ކަރަންޓު ކެނޑުމަކީ އާއްމުކޮށް ހިނގާ ކަމެއް ނޫން ކަމަށް ފެނަކައިން ބުނެ އެވެ. ކަރަންޓު ކެނޑުމުގެ މައްސަލަ ގިނައިން ދިމާވަނީ އިންޖީނަށް މައްސަލަ ދިމާވެގެންނެވެ.