09 އެޕްރީލް 2023
އައްޑޫއިން ކުޑަކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވުމާ ގުޅިގެން، އެކަމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ސާވޭ ނިންމާލައިފި އެވެ.
އައްޑޫއިން ކުޑަކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވުމާ ގުޅިގެން، އެކަމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ސާވޭ ނިންމާލައިފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހު ތިނެއްގައި އައްޑޫއިން ހިމަބިއްސަށް ޕޮޒިޓިވް ކުއްޖާއާ ގުޅިގެން އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ އެ ކުއްޖާއާ ކޮންޓެކްޓުވެފައިވާ މީހުން ބަލައި މައުލޫމާތު އޮޅުން ފިލުވައިފައި ކަމަށެވެ.
ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކޭސް ފެނުނު ހިސާބުގެ ވަށައިގެންވާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ކޮމިއުނިޓީ ސާވޭ ކުރިއަށް ގެންގޮސް، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވެ ތިބި އަދި ފުރިހަމަކޮށްފައިވާ ކަމުގެ ރެކޯޑް ނެތް މީހުންނަށް ވެކްސިން ދިނުމަށް ރިންގް ވެކްސިނޭޝަން ކުރިއަށް ގެންދިޔަ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި؛
• މި ކޭސްއާ ގުޅިގެން މިހާތަނަށް 65 މީހެއް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވޭ.
• ކޮންޓެންޓުންގެ ގޮތުގައި ފާހަގަކުރެވުނު އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނޭ.
• ބަލި ޖެހުނު ކުއްޖާ އާއި ކޮންޓެކްޓުންގެ ފާހަގަކުރެވުނު އެންމެން ވެސް ވަނީ ވެކްސިން ފުރިހަމަކޮށްފައި.
• ކޮމިއުނިޓީ ސާވޭގައި 41 މީހަކާ ސުވާލުކޮށްފައިވޭ.
• 16 ގެއަކާއި 1 ފިހާރައިން މައުލޫމާތު ނެގި.
• މި ސާވޭއަށް ފަހު 19 މީހަކަށް ވެކްސިން ދިން.
ވެކްސިން ފުރިހަމަކުރިޔަސް ހިމަބިހި ޖެހުމުގެ ކުޑަ ފުރުސަތެއް އޮވެ އެވެ.
ހިމަބިހި ޖެހުނީ ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް: އިކުއިޓޯރިއަލް ހޮސްޕިޓަލް https://t.co/QnPD2XmDXe
— Mihaaru (@Mihaarunews) April 4, 2023
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ، ހިމަބިއްސަށް ޝައްކުކުރެވިގެން އައްޑޫން އިތުރު ކުއްޖަކު ވެސް ޓެސްޓްކުރި އެވެ. އެ ކުއްޖާ ހާލު ރަނގަޅެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުމާއި އަދި ލޯ ރަތްވުން ފަދަ ކަންތައްތައް ހިމެނެ އެވެ.
ރާއްޖެއިން ހިމަބިހި ނައްތާލީ 2018 ވަނަ އަހަރުގަ އެވެ. އެކަމަކު އޭގެ ފަހުން، 2020 ވަނަ އަހަރުގެ ތެރޭގައި ވެސް ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވެ އެވެ.
ހިމަބިހި ޖެހުނީ ވެކްސިން ފުރިހަމަކުރި ކުއްޖަކަށް
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
އައްޑޫ، ފުވައްމުލައް، ގަމުގެ ކާފިއު ވަގުތު އިތުރު
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
ރުބެއްލާ ނައްތައިލުމުން ޑަބްލިއުއެޗްއޯއިން ތައުރީފްކޮށްފި
ހިތަދު އަށް އަރައިފޭބުން މަނާކޮށްފި
ތިން ރަށަކަށް ޕީސީއާރު މެޝިން ހޯދަނީ
40 އަހަރުން ދަށުގެ އެންމެންނަށް ހިމަބިހީގެ ވެކްސިން
ތިންވަނަ މީހަކަށް ހިމަބިހި ޖެހިއްޖެ
ދަމަނަވެށިން މީސްލްސް ވެކްސިން ޖަހައިދޭން ފަށައިފި