Roadha Mihaaru
އަމީތާބުގެ އާ ފިލްމުގެ ރޯލެއް ޑަޔާނާ ޕެންޓީ އަށް

އަމީތާބުގެ އާ ފިލްމުގެ ރޯލެއް ޑަޔާނާ ޕެންޓީ އަށް

05 އެޕްރީލް 2023

އިންޑިއާގެ ކުޅަދާނަ އެކްޓަރު އަމީތާބް ބައްޗަންގެ އާ ފިލްމު "ސެކްޝަން 84"ގެ ރޯލެއް ބަތަލާ ޑަޔާނާ ޕެންޓީއަށް ލިބިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިންޑިއާގެ ކުޅަދާނަ އެކްޓަރު އަމީތާބް ބައްޗަންގެ އާ ފިލްމު "ސެކްޝަން 84"ގެ ރޯލެއް ބަތަލާ ޑަޔާނާ ޕެންޓީއަށް ލިބިއްޖެ އެވެ.

ކޯޓްރޫމް ޑްރާމާ-ތްރިލާ ފިލްމު "ސެކްޝަން 84" އަކީ ރިބޫ ދާސްގުޕްތާ ލިޔެ، ޑައިރެކްޓުކުރާ ފިލްމެކެވެ.

އަމީތާބާއެކު އެ ފިލްމު ކުޅުމުގެ ފުރުސަތު ލިބުމުން ޑަޔާނާ ބުނީ އެއީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

"ސެކްޝަން 84 އަކީ އަހަންނަށް ވަރަށް ހާއްސަ ފިލްމެއް. އޭގައި ކިޔައިދޭ ހިތްގައިމު ވާހަކައިގެ އިތުރުން އަމީތާބާއެކު މަސައްކަތް ކުރަން ލިބުމަކީ ލިބުނު ޝަރަފެއް. ހަގީގަތަށް ބުނަންޏާ، ހުވަފެނެއް ހަގީގަތަކަށް ވުން،" ޑަޔާނާގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބުންޏެވެ.

ރިބޫ އަކީ ބޭނުންވާ ކަމެއްގެ ވަރަށް ސާފު ތަސައްވަރެއް ގެންގުޅޭ މީހެއްކަން ފާހަގަކޮށް ޑަޔާނާ ބުނީ އޭނާއާއެކު މަސައްކަތް ކުރަން ލިބުނީތީ ވަރަށް އުފާކުރާ ކަމަށެވެ.

"އަހަންނަށް އެނގޭ މިއީ ހަނދާން ހުންނާނެ ތަޖުރިބާއަކަށް ވާނެ ކަން. އެންމެ މޮޅު މީހާ ކައިރިން ދަސްކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން،" ޑަޔާނާ ބުންޏެވެ.

މިދިޔަ މާޗު މަހު އިއުލާންކުރި "ސެކްޝަން 84" ފިލްމަކީ އަމީތާބް އަދި ރިބޫއާ އެއްކޮށް މަސައްކަތް ކުރާ ތިން ވަނަ ޕްރޮޖެކްޓެވެ. އެ ފިލްމު ވެސް ޕްރޮޑިއުސްކުރާ ރިލާޔެންސް ޕްރޮޑަކްޝަނުން މީގެ ކުރިން އުފެއްދި މިނީ ސީރީޒް "ޔޫދް" އަދި "ޓީން" ގައި އަމީތާބް ވަނީ ރިބޫއާއެކު މަސައްކަތްކޮށްފަ އެވެ.