04 އެޕްރީލް 2023
މާޒިޔާގެ ފަރާތުން ތަފާތު، ތަފާތެއް ނުފެންނަ ކަމަށާއި، އެވަރުގެ ޓީމަކާ ދެކޮޅަށް އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމުން ސީޒަނާ މެދު އުއްމީދު އާވެއްޖެ ކަމަށް ޗެރިޓީ ޝީލްޑް މެޗުން ރޭ މާޒިޔާ އަތުން 2-1 އިން ބަލިވި ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.
މާޒިޔާގެ ފަރާތުން ތަފާތު، ތަފާތެއް ނުފެންނަ ކަމަށާއި، އެވަރުގެ ޓީމަކާ ދެކޮޅަށް އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމުން ސީޒަނާ މެދު އުއްމީދު އާވެއްޖެ ކަމަށް ޗެރިޓީ ޝީލްޑް މެޗުން ރޭ މާޒިޔާ އަތުން 2-1 އިން ބަލިވި ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.
މާޒިޔާ އާއި އީގަލްސް އަކީ، އާ ސީޒަނަށް ދުރާލާ ތައްޔާރީތައް ފެށި ހަމައެކަނި ދެ ޓީމެވެ. އެކަމަކު މީގެ ތެރެއިން ވެސް މާޒިޔާ ހާއްސަ އެވެ. އެ ޓީމުން ސައޫދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރި އެވެ. އަދި ބަލްގޭރިއާގެ ތަޖުރިބާކާރު ކޯޗެއް ގެނެސް، ބިދޭސީ ކުޅުންތެރިން ވެސް ގެނެސް ޓީމު ވަރުގަދަކުރި އެވެ. އަދި އެ ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ހިމެނިގެން ގައުމީ ޓީމުން ވެސް ދާދި ފަހުން ޕާކިސްތާންއާ ކުޅެ 1-0 އިން މޮޅުވި އެވެ.
އަހަރުތަކަށް ފަހު އީގަލްސްއާ އަލުން ހަވާލުވި ސާންތީ ބުނީ، އޭނާގެ ޓީމަށް އުނދަގުލަކަށް ވީ، ނުކުޅެ ތިބެފައި ކުއްލިއަކަށް ވަރުގަދަ މެޗެއް ކުޅުން ކަމަށެވެ. މާޒިޔާ އިން ފެނުނު ތަފާތަކަށްވީ، އެ ޓީމުން ކުރިން ޕްރެކްޓިސް ފަށައި، ކޭމްޕްކޮށް، ޓްރެއިނިން މެޗުތަކެއް ކުޅުން ކަމަށެވެ. ފުރަތަމަ 15 މިނެޓުގެ ތެރޭ ގޯލް ޖަހައި ނަތީޖާ ނެރުމުން މާޒިޔާގެ އެ ތަފާތު ފެނުނު ކަމަށާއި އެކަމަކު މަސައްކަތަށް ބަލާއިރު އީގަލްސް ވަކި ދެރަ ނޫން ކަމަށް ސާންތީ ބުންޏެވެ.
"ކޯޗެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ކުޅުންތެރިންގެ މަސައްކަތާ ދޭތެރޭ ހިތްހަމަޖެހޭ. ކުޅުންތެރިން ހަގީގަތުގައި މެސެޖެއް ދިނީ، ސީޒަން އޮތީ ކުރިއަށޭ މިއަށް ވުރެ މާބޮޑުތަން ވެސް ރަނގަޅުވާނޭ،" ސާންތީ ބުންޏެވެ.
ސާންތީ ބުނީ، މާޒިޔާގައި ތިބި ވަކިވަކި ކުޅުންތެރިންގެ ހުނަރު ތަފާތު ކަމަށާއި، މި ފެންވަރުގައި ކުޅޭއިރު، އެ ހުނަރުން ނަތީޖާ ނެރެވިދާނެ ކަމަށާއި އެކަމަކު ޓީމެއްގެ ގޮތުގައި މާޒިޔާގެ ފަރާތުން ތަފާތެއް ނުފެންނަ ކަމަށެވެ.
"އޯގަނައިޒް ވެގެން ޖަހާފައި އިން ދެ ގޯލެއް ނޫން (މާޒިޔާ އިން ކާމިޔާބުކުރީ). އަހަރެމެންނަށް ވެސް އާދައިގެ ގޯސްތަކެއް ހެދުނީ. ތަފާތު، ތަފާތެއް މާޒިޔާ އަކުން ނުފެނޭ،" ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ސާންތީ ބުންޏެވެ.
"މި މެޗުން (އީގަލްސްގެ) ކުދިންނާ ދޭތެރޭ އިތުބާރު ބޮޑުވެއްޖެ."
ހުރިހާ ޕްރެޝަރެއް އޮތީ މާޒިޔާ އަށް: ސާންތި
މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލާލައިފި
ރާއްޖެ އާއި ޕާކިސްތާން މެޗުގެ ފައިދާކުރީ މާޒިޔާ އަށް
ހަތް މަސް ދުވަހަށް ފަހު އަންނަ މަހު ސީޒަން ފަށަނީ
މާޒިޔާ ބަލިކޮށް އީގަލްސް އިން ޝީލްޑް އުފުލާލައިފި
ސެކުލޮސްކީ އަށް މޮޅެއް، ސާންތީ އަށް ހިތްވަރެއް
މާޒިޔާ ވަރުގަދަ އެކަމަކު ދުލެއް ނުދޭނަން: ސާންތީ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!