03 އެޕްރީލް 2023
ފްރެންޗް ލީގުގައި ރޭ އޮލިމްޕިކް ލިޔޯން އަތުން 1-0 އިން ޕީއެސްޖީ ބަލިވެ، އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެ ވަނަ މެޗުން ތިން ޕޮއިންޓް ގެއްލުނު މެޗުގައި، އެ ޓީމުގެ ބައެއް ސަޕޯޓަރުން ފޯވާޑް ލިއޮނަލް މެސީއާ ދިމާކޮށްލައިފި އެވެ.
ފްރެންޗް ލީގުގައި ރޭ އޮލިމްޕިކް ލިޔޯން އަތުން 1-0 އިން ޕީއެސްޖީ ބަލިވެ، އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެ ވަނަ މެޗުން ތިން ޕޮއިންޓް ގެއްލުނު މެޗުގައި، އެ ޓީމުގެ ބައެއް ސަޕޯޓަރުން ފޯވާޑް ލިއޮނަލް މެސީއާ ދިމާކޮށްލައިފި އެވެ.
އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލުމުގެ ކުރިން ޕީއެސްޖީ އަމިއްލަ ދަނޑުގައި ބަލިވީ ރޭނިސް އަތުން 2-0 އިންނެވެ. ރޭގެ މެޗަކީ މި ސީޒަނުގައި ޕީއެސްޖީ ލީގުގައި ބަލިވި ފަސް ވަނަ މެޗެވެ. އެ ފަސް މެޗު ވެސް ބަލިވީ، މި އަހަރުގެ ތެރޭގަ އެވެ.
މި މެޗުން ބަލިވިޔަސް ޕީއެސްޖީ އޮތީ 66 ޕޮއިންޓާ އެކު، ހަ ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގަ އެވެ. އެންމެ ކައިރީގައި 60 ޕޮއިންޓާ އެކު އޮތީ ލެންސް އެވެ. ޕީއެސްޖީ އަށް ލީގު ގެއްލުމުގެ ފުރުސަތު ކުޑަ އެވެ. އެކަމަކު މެސީ ހިމެނޭހެން ގިނަ އަދަދެއްގެ ތަރިން ތިބެމެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކަޓައި، އަދި ލީގުގައި ނަތީޖާ ދަށްވުމަނުން އަންނާތީ ބައެއް ސަޕޯޓަރުންގެ ކެތްތެރިކަންކޮޅުންލީ އެވެ.
އެގޮތުން ސަޕޯޓަރުންތަކެއް މެސީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރީ، ފުރަތަމަ އެގާރަ އިއުލާންކުރަން ލައުޑްސްޕީކަރުން އޭނާގެ ނަން ގޮވުމުންނެވެ. އެކަމަކު އެހެން ފަޅިއެއްގައި ތިބި ސަޕޯޓަރުން ރައްދުގައި، އޭނާ އަށް ތާއީދުކުރި އެވެ.
އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީއާ އެކު ހަދާފައިވާ ދެ އަހަރުގެ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާނެ އެވެ. އޭނާ މަޑުކުރުވަން ކްލަބުން ބޭނުމެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި މެސީގެ ވިސްނުން ހުރީ އެނބުރި ބާސެލޯނާ އަށް ބަދަލުވާން ނުވަތަ އެމެރިކާގެ މޭޖާ ލީގަށް ދާށެވެ.
ޕީއެސްޖީ އަށް 67 މެޗުން 29 ގޯލް ޖަހައިދީފައިވާ، ވޯލްޑް ޗެމްޕިއަން މެސީއާ ސަޕޯޓަރުން ދިމާކޮށްލުމުން އެ ޓީމުގެ ކޯޗު ކްރިސްޓަފާ ގަލްޓިއޭ ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ، މެސީ އަކީ ސީޒަން ފެށުނީއްސުރެ ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި ސަޕޯޓަރުންގެ އެ އަމަލު ބަލައިގަންނަން އުނދަގޫ ކަމަށެވެ.
"އެންމެ ހިނދުކޮޅެއްގެ ތެރޭ މެސީ، ނަތީޖާ ބަދަލުކޮށްލާ ފަދަ ޕާހެއް ދީފާނެ، އެސިސްޓެއް ކޮށްފާނެ ނުވަތަ ގޯލެއް ޖަހާފާނެ. އޭނާ ބޭލުމުގެ ވިސްނުމެއް އަހަރެން އެއްވެސް ވަގުތަކު ނުގެންގުޅެން،" ގަލްޓިއޭ ބުންޏެވެ.
ޕީއެސްޖީ ފްރާންސް ލީގުގެ އެންމެ އުހަށް
މެސީ އެނބުރި އައި މެޗުގައި ސަޕޯޓަރުންގެ ނުރުހުން
ތިން ތަރިންނާ އެކު ވެސް ޕީއެސްޖީ އަށް މޮޅެއް ނުވެވުނު
އުނދަގޫ މޮޅެއް، މެސީ، ނޭމާ، އެމްބާޕޭ ވެސް ގޯލުޖެހި
މެސީ އާއި އެމްބާޕޭގެ ލަނޑުތަކުން ޕީއެސްޖީ ކުރިއަށް
މެސީގެ މޮޅު ހިލޭޖެހުމާއެކު ޕީއެސްޖީ އެއްވަނަ އަށް
މެސީގެ ލަނޑުން ލިޔޯން ބަލިކޮށް ޕީއެސްޖީ ލީޑު ނަގައިފި
ނަންޓްސް ކޮޅަށް އެމްބާޕޭގެ ދެލަނޑު ޖަހަން އެހީވީ މެސީ
މެސީގެ އެހީއާއެކު އެމްބާޕޭ ލީގު ރެކޯޑަކާ އެއްވަރުކޮށްފި
މެސީގެ ބައިސްކަލް ކިކް ގޯލާއެކު ޕީއެސްޖީ މޮޅުވެއްޖެ