02 އެޕްރީލް 2023
ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ނަން "ވިލާ ރިސޯޓްސް" އަށް ބަދަލުކޮށް، އެ ކުންފުނީގެ ދަށުން ހިންގާ ޕެރެޑައިސް އައިލެންޑާއި ސަން އައިލެންޑް ރީބްރޭންޑްކޮށްފި އެވެ.
ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ނަން "ވިލާ ރިސޯޓްސް" އަށް ބަދަލުކޮށް، އެ ކުންފުނީގެ ދަށުން ހިންގާ ޕެރެޑައިސް އައިލެންޑާއި ސަން އައިލެންޑް ރީބްރޭންޑްކޮށްފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ރިސޯޓްސް އިން ވަނީ އެކުންފުނީގެ ދަށުން ހިންގާ ޕެރެޑައިސް އައިލެންޑް ރީބްރޭންޑްކޮށް އެތަން ވަނީ ނޯޓިކާ ނުވަތަ މޫދާ ގުޅޭ ތީމަކަށް ޑިޒައިން ބަދަލުކޮށްފަ އެވެ. އަދި އެތަނުގެ ނަން ވަނީ "ވިލާ ނޯޓިކާ އެޓް ޕެރެޑައިސް" އަށް ބަދަލުކޮށްފަ އެވެ.
ސަން އައިލެންޑް ބަދަލުކޮށްފައިވަނީ ޕާކެއްގެ ކޮންސެޕްޓަށެވެ. އަދި އެރިސޯޓުގެ ނަން ވަނީ "ވިލާ ޕާކް އެޓް ސަން އައިލެންޑް" އަށް ބަދަލުކޮށްފަ އެވެ. މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ދެ ރިސޯޓު ރީބްރޭންޑް ކުރި އިރު ވިލާ އިން އަންނަނީ އެކުންފުނީގެ ހުރިހާ ރިސޯޓުތަކެއް ރީބްރޭންޑް ކުރަމުންނެވެ.
ވިލާ ނޯޓިކާގެ ވޯޓާ ވިލާއެއް
ވިލާ ރިސޯޓްސްގެ ވެބްސައިޓުގައިވާ ގޮތުން ކުންފުނީގެ ނަން ބަދަލުކޮށް، ރީބްރޭންޑް ކުރީ، ކުންފުނީގެ އަމާޒު ކުރިއަށް އަށް ވުރެ ވަރުގަދަކޮށް، އެ ރިސޯޓުގެ ދަށުން ހިންގާ ރިސޯޓުތަކުގެ ނަންތައް ވެސް އެއް ސްޓައިލަކަށް ބަދަލު ކުރުމަށެވެ. އެހެންވެ، ރިބްރޭންޑް ކުރި ރިސޯޓުތަކުގެ ނަންތަކަށް ވެސް "ވިލާ" އެނަން ވަނީ ހިމަނާފަ އެވެ.
ވިލާ ރިސޯޓުން ވަނީ "ވިލާ ހޭވަން" ގެ ނަމުގައި ވެސް ހޮލިޑޭ އައިލެންޑް ރިސޯޓު ރީބްރޭންޑްކޮށްފަ އެވެ. އެ ރިސޯޓު ރީބްރޭންޑް ކުރަނީ މިއަހަރުގެ ފަހު ކުއާޓާގަ އެވެ. އެ ރިސޯޓުތަކުގެ އިތުރުން ރޯޔަލް އައިލެންޑާއި ފަން އައިލެންޑު ވެސް ވިލާ ރިސޯޓްސްގެ ދަށުން ހިންގަ އެވެ.
އެކުންފުނީގެ ދަށުން ރިސޯޓު ހިންގަން ފެށީ 1986 ވަނަ އަހަރު އެވެ. މިވަގުތު ފަސް ރިސޯޓު ހިންގަމުން އަންނަ އިރު އިތުރު ދެ ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ވިލާ ރިސޯޓްސް އިން ބުނީ، އެ ކުންފުނި ރީބްރޭންޑްކޮށް، ރިސޯޓުތަކުން ދޭ ހިދުމަތްތައް ވެސް އިތުރަށް ފުރިހަމަ ކުރުމަށް ކުރިއަށް އޮތްތަނުގައި ވެސް އިތުރު ބަދަލުތައް ގެންނާނެ ކަމަށެވެ.
ޕެރަޑައިސް ރިސޯޓް ހުޅުވާނީ ޖުލައި 15 ގައި
ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެނުކުރެވޭ ގޮތް ހަދައިފި
ގާސިމްގެ ބައެއް ރިސޯޓުތަކުން ބަނގުރާ ހުސްވާން ފަށައިފި
ރާ އެތެރެކުރެވެނީ ރޯޔަލްއަށް އެކަނި؛ ހުސްވެދާނެ: ވިލާ
ވިލާގެ ރިސޯޓުތައް ހުއްޓިދާނެ: ސަރުކާރު
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ
ހާސްކަމުގެ ތެރޭގައި ޝަކުވާތަކާ އެކު!
މައްސަލަތައް ހައްލު ކުރަން މަޓީއާ މަޝްވަރާ ކުރަނީ
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"