Roadha Mihaaru
ނަފްސާނީ ބަލި އަތޮޅު ތެރޭގައި ދަނީ ގިނަވަމުން: ޖެންޑާ

ނަފްސާނީ ބަލި އަތޮޅު ތެރޭގައި ދަނީ ގިނަވަމުން: ޖެންޑާ މިނިސްޓްރީ

02 އެޕްރީލް 2023

މާލެއިން ރިޕޯޓްކުރާ ކޭސްތަކުގެ އިތުރަށް ނަފްސާނީ ބަލީގެ މީހުން އަތޮޅުތެރޭގައި ވެސް ގިނަވަމުންދާ ކަން މި ފަހުގެ ތަފާސްހިސާބުން ފެންނަން އެބަހުރި ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާލެއިން ރިޕޯޓްކުރާ ކޭސްތަކުގެ އިތުރަށް ނަފްސާނީ ބަލީގެ މީހުން އަތޮޅުތެރޭގައި ވެސް ގިނަވަމުންދާ ކަން މި ފަހުގެ ތަފާސްހިސާބުން ފެންނަން އެބަހުރި ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ނަފްސާނީ ބަލީގައި ގއ. ކަނޑުހުޅުދޫން 25 އަހަރުގެ ޒުވާނަކު މިދިޔަ ހުކުރުދުވަހު ވަނީ މަރުވެފަ އެވެ. އޭނާ އެ ބައްޔަށް ފަރުވާ ހޯދާތާ އަހަރެއް ވެއްޖެ އެވެ. ފަރުވާގައި ކުރި ނުލިބި މި ޒުވާނާގެ މަރުން އެނގެނީ ރާއްޖޭގައި ނަފްސާނީ ބަލީގެ ނުރައްކާ އޮތް ވަރެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ކޭސްތަކެއްގެ ރިޕޯޓް ލިބޭ ކަމަށެވެ. އޭގެ ތެރޭގައި އެކި ގޮތްގޮތުން ނަފްސާނީ ބައްޔަށް ހުށަހެޅިގެންދާ މީހުން ވަރަށް ގިނަ ކަމަށް ވިދާޅުވި އެވެ.

ނަފްސާނީ ބައްޔާ ދެކޮޅަށް ގައުމީ މަޝްރޫއު އިފްތިތާހްކުރުމުގެ ޖަލްސާ: މި ބަލީގައި ރާއްޖޭގެ ހާލަތު ވަރަށް ގޯސްކަމަށް މިހާތަނަށް ނެގި މައުލޫމާތުތަކުން އެނގޭ.

ނަފްސާނީ ބައްޔާ ދެކޮޅަށް ގައުމީ މަޝްރޫއު އިފްތިތާހްކުރުމުގެ ޖަލްސާ: މި ބަލީގައި ރާއްޖޭގެ ހާލަތު ވަރަށް ގޯސްކަމަށް މިހާތަނަށް ނެގި މައުލޫމާތުތަކުން އެނގޭ.

އޭނާ ވިދާޅުވި ގޮތުގައި އެ ކޭސްތަކުން ފެންނަން އޮތީ, ދިރިއުޅުން ރޭވިފައި އޮތް ގޮތުން ވެސް ނަފްސާނީ ބައްޔަށް ހުށަހެޅޭނެ ސަބަބުތައް ގިނަ ކަމެވެ.

"ވަރަށް ގިނަ އާއިލާތަކުން މިކަން އެބަ ތަހައްމަލް ކުރޭ. މި ކަހަލަ ވަރަށް ބައިވަރު ކޭސަސްތަކުގައި އަޅުގަނޑުމެން އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ," އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި ހާލަތުގައި, ހުރިހާ އިދާރާތަކެއް ގުޅިގެން ކުރަން ޖެހިފައި އޮތް މަސައްކަތްތައް ގިނަ އެވެ. މިހާރުން މިހާރަށް ހަރުދަނާކުރަން ޖެހޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.

ނަފްސާނީ ބަލީގައި މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް ޑޮކްޓަރަށް ދެއްކި ތަފާސްހިސާބު

ނަފްސާނީ ބަލީގައި މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް ޑޮކްޓަރަށް ދެއްކި ތަފާސްހިސާބު

ނަފްސާނީ ބަލީގެ މީހުންނަށް ގަވާއިދުން ބޭސްކެއިތޯ ބެލުމާއި ފަރުވާ ލިބޭތޯ ކަށަވަރު ކުރުމާއި އާއިލާ އަށް ލަފަ އާއި އިރުޝާދު ދިނުމުގެ އިތުރުން މަރުކަޒު ކުރަން ޖެހޭ މީހުންގެ ޒިންމާ ވެސް ނަގަނީ ޖެންޑާ މިނިސްޓްރީންނެވެ. އެ އަށް ވުރެ ބޮޑަށް މިކަމުގެ ތެރޭގައި ހުރިހާ އިދާރާތަކުގެ ބައިވެރިކުރުން ބޮޑުކުރުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށް މި ފަރުވާގައި އުޅުއްވާ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ނަފްސާނީ ބަލީގެ މައްސަލަތައް ގިނަކަމުން މި ފަހުން ސަރުކާރުން ވަނީ ނަފްސާނީ ބައްޔާ ދެކޮޅަށް ގައުމީ މަޝްރޫއެއް ވެސް ފަށައިފަ އެވެ. އެ މަޝްރޫއުގައި އާއްމުކުރި މައުލޫމާތުގައި ބުނެފައި ވަނީ ރާއްޖޭގައި ފަސް މީހުންގެ ތެރެއިން އެކަކު ޑިޕްރެޝަންގެ އުނދަގޫ އިހްސާސްކުރަން ޖެހެ އެވެ.

ނަފްސާނީ ބަލިތަކުގައި ޑޮކްޓަރަށް ދައްކަން އަބަދުވެސް ބޮޑު ކިޔޫއެއް އޮވެ އެވެ. ވެއިޓް ލިސްޓުގައި އަބަދުވެސް 3،500 މީހުން މިދިޔަ އަހަރުގެ މެދާ ހަމައަށް ތިބި ނަމަވެސް އެ އަދަދު ކުޑަކޮށްފައިވާ ކަމަށް އައިޖީއެމްއެޗުގެ މެންޓަލް ހެލްތު ސެންޓަރުން ވަނީ ބުނެފަ އެވެ.