27 މާޗް 2023
ހުޅުމާލޭގެ ވިނަރެސް ފްލެޓް ގަންނަން ޝަރުތު ހަމަވި މީހުންގެ ތެރެއިން އެއްވަރަށް މާކްސް ލިބުނު މީހުން ތަރުތީބު ކުރާނީ ގުރުއަތު ނަގައިގެން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ ވިނަރެސް ފްލެޓް ގަންނަން ޝަރުތު ހަމަވި މީހުންގެ ތެރެއިން އެއްވަރަށް މާކްސް ލިބުނު މީހުން ތަރުތީބު ކުރާނީ ގުރުއަތު ނަގައިގެން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، ފަހުން ނެރުނު ލިސްޓުގައި ހައުސިން މިނިސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ޕޮއިންޓު ދީފައިވާއިރު، ޕޮއިންޓުގެ ގޮތުން އެއްވަރު މީހުންގެ ފްލެޓް ތަރުތީބު ކަނޑައެޅުމަށް އަންނަ ބުދަ ދުވަހު ގުރުއަތުން ނަގާނެ ކަމަށެވެ.
އެޗްޑީސީން ބުނީ އެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މައި-އެޕްލިކެންޓު އަދި ކޯ-އެޕްލިކެންޓްގެ ގޮތުގައި އެއް ފޯމަށް ވުރެ ގިނަ ފޯމުގައި ނަން ހިމަނާފައި އޮތް މީހުންނާއި ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައި ފަރާތްތަކުން އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުގައި ސޮއިކޮށްފައިވާ މީހުން އެ ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.
ދާއިމީ ލިސްޓު އާއްމުކުރުމަށް ފަހު، އެޕްލިކޭޝަން ދޫކޮށްލުމަށް އެދި އެޗްޑީސީ އަށް ހުށަހަޅާފައިވާ މީހުންނަށް ފޯމައިގެން ކުރިއަށް ގެންދިއުމަށް ދެ ވަނަ ފުރުސަތެއް ނުދޭނެ ކަމަށް ވެސް ބުންޏެވެ.
އެ މަރުހަލާ ފުރިހަމަވުމުން، ބުކިން ފީ ނެގުމާއި ވިނަރެސް އެޕާޓްމަންޓް އިހުތިޔާރު ކުރުން ގެންދާނީ ގުރު ނަގައި، ލިސްޓު ތަރުތީބުކުރުމަށް ފަހު އާއްމުކުރާ ލިސްޓާ އެއްގޮތަށެވެ.
ލިސްޓު ތަރުތީބު ކުރުމަށް ނަގާ ގުރުއަތުލުން އެޗްޑީސީގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވްކުރާނެ އެވެ. އެ ހަރަކާތް އޮބްޒާވްކުރުމަށް ދެ ކެޓަގަރީން ވެސް މަދުވެގެން ފަސް މީހަކަށް ފުރުސަތު ދޭނެ އެވެ. އެ މީހުންނަށް ގުޅާނީ ހަމައެކަނި އެޗްޑީސީގެ ހޮޓްލައިން 3353535 ނަމްބަރުން އެކަންޏެވެ.
އެ ނަމްބަރުގެ އިތުރުން އެޗްޑީސީގެ އެއްވެސް މޮބައިލް ފޯނު ނަމްބަރަކުން ވިނަރެސް މަޝްރޫއާ ގުޅޭގޮތުން ނުގުޅާނެ ކަމަށާއި އަދި އެސްއެމްއެސް އަދި އެއްވެސް ލިންކެއް ވެސް ނުފޮނުވާނެ ކަމަށް އިއުލާނުގައި ބުންޏެވެ.
ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ. ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް އަދި ޕާކިން އޭރިއަކާއި ފިހާރަތަކާއި ޖިމާއި ކުނި އުކުމަށް ގާބޭޖް ޝޫޓެއް ވެސް ހުންނާނެ އެވެ. އެ ތަންތަނުގެ އަގު އުޅޭނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.
ވިނަރެސް ބާކީ ފްލެޓަށް ހުޅުވާލާނީ މަރުހަލާތައް ނިމުނީމާ
ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ވިނަރެސް ފޯމުތައް ބާތިލް
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ސީލައިފާއި ގުޅިފަޅު ފްލެޓް ލިބުނު މީހުން ލިސްޓަކު ނެތް
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
ވިނަރެސް ފްލެޓު ގަންނަން ފުރުސަތު ހުޅުވާލައިފި
ވިނަރެސް ފްލެޓް ބަލަން އާ ސްލޮޓްތަކެއް ހުޅުވާލައިފި
އެއީ ވިނަރެސް ދޫކުރެވޭނެ ރަނގަޅު އަގު: މިނިސްޓަރު
އާންމުންގެ ޝަކުވާ: ވިނަރެސް ފްލެޓްތައް މާ އަގުބޮޑު!