Roadha Mihaaru
އެމްއައިބީން ޑޮލަރު ނަގައި ޖަމާކުރަން އޭޓީއެމްއެއް

އެމްއައިބީން ޑޮލަރު ނަގައި ޖަމާކުރަން އޭޓީއެމްއެއް

20 މާޗް 2023

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޑޮލަރު އޭޓީއެމް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޑޮލަރު އޭޓީއެމް ތައާރަފްކޮށްފި އެވެ.

މިއީ އެމްއައިބީން ޑޮލަރުގެ މުއާމަލާތްތަށް ތައާރަފްކުރި ފުރަތަމަ އޭޓީއެމް އެވެ.

ޑޮލަރު އެކައުންޓް ގެންގުޅޭ ކަސްޓަމަރުންނަށް މއ. ފާމުދޭރިގޭގެ އިމާރާތުގައި ބަހައްޓާފައިވާ އެ އޭޓީއެމުން، މިހާރު ޑޮލަރު ނެގޭނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.

އެމްއައިބީގެ އޭޓީއެމް ސެންޓަރުގެ އެތެރެ. -- ފޮޓޯ: އެމްއައިބީ

އެމްއައިބީގެ އޭޓީއެމް ސެންޓަރުގެ އެތެރެ. -- ފޮޓޯ: އެމްއައިބީ

އެމްއައިބީން އެ ބެންކުގެ ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ތަނަވަސް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފްކުރި މި ހިދުމަތާ އެކު އެމްއައިބީން ބުނީ ޑޮލަރު ޖަމާކުރުމަށް އެ ބޭންކުގެ އެހެން އޭޓީއެމްތަކެކޭ އެއްފަދައިން ކާޑު ބޭނުން ނުވާނެ ކަމަށެވެ.

މި އޭޓީއެމް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު 1،000 ޑޮލަރު ނެގޭނެ އެވެ. އަދި މަހެއްގެ މައްޗަށް 5،000 ޑޮލަރު ނެގޭނެ އެވެ. މި އޭޓީއެމުން ޖަމާކުރެވޭނީ ދުވާލަކު 12،000 ޑޮލަރެވެ.

އެމްއައިބީގެ ޑޮލަރު އޭޓީއެމް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއައިބީގެ ޑޮލަރު އޭޓީއެމް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއައިބީން ބުނިގޮތުގައި، އެ ބޭންކުގެ ޑޮލަރު އޭޓީއެމްގައި މިވަގުތު ބޭނުންކުރެވޭނީ ޕްލެޓިނަމް ކާޑެވެ. އެކަމަކު، ޑޮލަރު ޖަމާކުރާ ނަމަ ކާޑު ބޭނުން ނުވާނެ ކަމަށް ބުންޏެވެ. ކާޑު ބޭނުން ނުކޮށް ރުފިޔާ ޖަމާކުރުމުގެ ހިދުމަތް މިހާރު ވެސް އެމްއައިބީގެ އޭޓީއެމްތަކުން ލިބެ އެވެ.

އެމްއައިބީގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

ފާމުދޭރިގޭގެ އިމާރާތުގައި ގާއިމުކޮށްފައިވާ އެމްއައިބީގެ އޭޓީއެމް ސެންޓަރުން ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ވެސް ދެ އެވެ.

މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލެ އާއި ތިލަފުއްޓާއި އައްޑު އާއި ފުވައްމުލަކާއި ގދ ތިނަދު އާއި ކުޅުދުއްފުއްޓާއި އަދި ބ. އޭދަފުށީގައި ވެސް އެމްއައިބީން އަންނަނީ އެ ބެންކުގެ ހިދުމަތްތައް ދެމުންނެވެ.