28 މެއި 2018
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމެއް ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމެއް ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.
އިންޓަނޭޝަނަލް އެރައިވަލް ގޭޓާއި، ޑޮމެސްޓިކް ޓާމިނަލާއި ދެމެދުގައި ބެހެއްޓި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފެށީ މިއަދު އެ ތަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އޭޓީއެމް ހުޅުވައި، ހިދުމަތް ދޭން ފައްޓަވައިދެއްވީ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އާދިލް މޫސާ އެވެ.
އިސްލާާމިކް ބޭންކުން ބުނީ އެއާޕޯޓުގައި ހުޅުވި އޭޓީއެމްގައި އިނގިރޭސި ބަހާއި، ދިވެހި ބަހުގެ އިތުރުން، އިތުރުން ބަންގްލަދޭޝް ބަސް ވެސް ހިމެނޭނެ ކަމަށެވެ. އަދި އެ އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ އިތުރުން، އެކައުންޓް ބެލެންސް ބެލުމާއި، އަމިއްލަ އެކައުންޓް ޓްރާންސްފާގެ އިތުރުން މިނީ ސްޓޭޓްމަންޓް ނެގުމާއި، ފައިސާ ކާޑުގެ ޕިން ނަންބަރު ބަދަލު ކުރެވޭނެ އެވެ.
އިސްލާމިކް ބޭންކުގެ އޭޓީއެމް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
އެމްއައިބީން ހުޅުލޭ އެއާޕޯޓުގައި އޭޓިއެމެއް ހުޅުވިއިރު، މާލޭގައި ހުންނަ އެ ބޭންކުގެ ހެޑް އޮފީހާއި އިތުރު ދެ ސަރަހައްދެއްގައި އޭޓީއެމް ހިދުމަތް ދެ އެވެ. އަދި ހުޅުމާލެ، ސ. ހިތަދޫ، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށީގެ އިތުރުން ފުވައްމުލަކުގައި ވެސް އެ ބޭންކުގެ އޭޓީއެމްތައް ހުރެ އެވެ.
އެ ބޭންކުން ބުނީ މާލޭގެ އިތުރުން އެހެން ރަށްރަށަށް އެ ބޭންކުން ދެމުން އަންނަ ހިދުމަތްތައް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި އާ އޭޓީއެމްތަކެއް ބަހައްޓަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެމްއައިބީން ބުނެ އެވެ.
ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތް ދޭ ކުންފުނީގެ އޭޓީއެމް ނެޓްވޯކް ފުޅާ ކުރަމުން އަންނަ އިރު، އެ ބޭންކުން ދާދި ފަހުން ވަނީ "ފައިސާ މޯބައިލް"ގެ ނަމުގައި ބޭންކުގެ އެޕްލިކޭޝަން ވެސް ނެރެފަ އެވެ. އޭޓީއެމްތަކުގެ އިތުރުން "ފައިސާ އެޕް" އަދި އޮންލައިން ބޭންކިން "ފައިސާ ނެޓް" މެދުވެރިކޮށް އިސްލާމިކް ބޭންކުން ވަނީ ކަސްޓަމަރުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ފަހިކޮށްދީފަ އެވެ. އަދި އެ ބޭންކުގެ ޕީއޯއެސް ނެޓްވޯކު ވެސް އަނަނީ ފުޅާ ކުރަމުންނެވެ.
އެމްއޭސީއެލް އިން 10 މުވައްޒަފަކު ހައްޖަށް ފޮނުވަނީ
މާފުށީގައި އެމްއައިބީގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި
ވަގުތުން އެކްޓިވޭޓްކުރެވޭ އެމްއައިބީގެ އިންސްޓަންޓްކާޑެއް
"އުޖާލާ ދިރިއުޅުމު"ގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށްފި
އެމްއައިބީ އިން ވަގުތުން އެކައުންޓު ހުޅުވައިދެނީ
އެމްއައިބީ ކަސްޓަމަރުންނަށް އިންޖީނުން ޑިސްކައުންޓް ދެނީ
ހުޅުމާލެ 2ގެ ފުރަތަމަ އޭޓީއެމް އެމްއައިބީން ހުޅުވައިފި
އެމްއައިބީގެ އެކްސްކްލޫސިވް ހިދުމަތްތައް ލިބޭ ކްލަބެއް
އެމްއައިބީން ޑޮލަރު ނަގައި ޖަމާކުރަން އޭޓީއެމްއެއް
އެމްއައިބީއަށް 12 އަހަރު، މިއަދު ގިނަ ހަރަކާތްތަކެއް