Roadha Mihaaru
ވަރަށް ހިސާބު ޖަހައިފިން، ކޯލިޝަނުން ރައީސް މޮޅުވާނެ

ވަރަށް ހިސާބު ޖަހައިފިން، ކޯލިޝަނުން ރައީސް މޮޅުވާނެ: އިމްރާން

15 މާޗް 2023

ވަރަށް ހިސާބު ޖަހާފައިވާ ކަމަށާއި ކޯލިޝަނަކުން ނުކުމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ހޯދޭނެ ކަމަށް އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަރަށް ހިސާބު ޖަހާފައިވާ ކަމަށާއި ކޯލިޝަނަކުން ނުކުމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ހޯދޭނެ ކަމަށް އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމުމުން، އަދާލަތުގެ ސްލޮޓުގައި ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީ އާއި އަދާލަތު އަދި އެމްޑީއޭ ގުޅިގެން ރައީސަށް ދެ ވަނަ ދައުރަކަށް ހޮވުމަށް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ 51.2 ޕަސެންޓަށް ވުރެ މަތިން ކާމިޔާބުކުރާނެ ކަމަށެވެ.

"ވަރަށް ހިސާބު ޖަހައިފިން." އިމްރާންގެ ޓްވީޓުގައިވެ އެވެ.

މި ސަރުކާރު މިހާރު ވެސް ހިންގަނީ އަދާލަތާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމްގެ ބައިވެރިވުމާއެކުގަ އެވެ. ދެ ވަނަ ދައުރެއް ކާމިޔާބުކުރުމަށް އެމްޑީޕީއާއެކު އިއްތިހާދު ހެދުމަށް އެ ހުރިހާ ޕާޓީއަކަށް ދައުވަތު ދީފައިވެ އެވެ. ނަމަވެސް، މިހާތަނަށް އެކަން ގަބޫލުކޮށްފައިވަނީ އަދާލަތު ޕާޓީން އެކަންޏެވެ. އެ ދައުވަތު ގަބޫލުނުކޮށް މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމްގެ ޖުމްހޫރީ ޕާޓީން ނިންމީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން އެމްއާރުއެމް އިން އަދި އެއްޗެކޭ ނުބުނެ އެވެ.

ރައީސްގެ ކޯލިޝަނަށް ގާސިމް ރުހުން ހޯދުމަށް އެ މަނިކުފާނާއި ނައިބު ރައިސް ފައިސަލް ނަސީމްގެ އިތުރުން އިމްރާން ވެސް ވަނީ ގާސިމް އާ ބައްދަލު ކުރައްވައިފަ އެވެ.