14 މާޗް 2023
ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން މުޅިން އަލަށް މި އަހަރު ޖޫނިއާ ޗެމްޕިއަންޝިޕް ނަމުގައި ކުރިއަށް ގެންދާ ސްކޫލްތަކުގެ މެދުގައި ކުޅޭ ބާސްކެޓްބޯޅަ މުބާރާތުގެ 13 އަހަރާއި 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ފައިނަލް ގައި ވެސް އިސްކަންދަރު ސްކޫލްގެ ޓީމުތައް ވާދަކުރަން ތައްޔާރު ވެއްޖެ އެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން މުޅިން އަލަށް މި އަހަރު ޖޫނިއާ ޗެމްޕިއަންޝިޕް ނަމުގައި ކުރިއަށް ގެންދާ ސްކޫލްތަކުގެ މެދުގައި ކުޅޭ ބާސްކެޓްބޯޅަ މުބާރާތުގެ 13 އަހަރާއި 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ފައިނަލް ގައި ވެސް އިސްކަންދަރު ސްކޫލްގެ ޓީމުތައް ވާދަކުރަން ތައްޔާރު ވެއްޖެ އެވެ.
ތޭރަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ފައިނަލް ގައި ވެސް އިސްކަންދަރު ބައްދަލުކުރާނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ އެވެ. ފަނަރަ އަހަރުން ދަށުގެ އަންހެން ފައިނަލް ގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ދެކޮޅަށް ނުކުންނައިރު މި އުމުރުފުރާގެ ފިރިހެން ޓީމު ނުކުންނާނީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާ ދެކޮޅަށެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ގެންދާ މި މުބާރާތުގެ ހަތަރު ފައިނަލް މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު އެވެ.
އެމްބީއޭ އިން ވަނީ ފެބްރުއަރީ މަހު 17 އަހަރާއި 19 އަހަރުން ދަށުގެ އުމުރުފުރާގެ މުބާރާތްތައް ކާމިޔާބު ކަމާ އެކު ނިންމާލާފަ އެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބިލަބޮންގް ސްކޫލް އަދި އަންހެން ބައިގެ ޗެމްޕިއަން އިމާދުއްދީން ސްކޫލް ހޯދިއިރު، 19 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން ވެސް ހޯދައިފައި ވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.
ތޭރަ އަހަރާއި 15 އަހަރުން ދަށުގެ ފައިނަލް މެޗުތަކަށް ފަހު ކުރިއަށް ގެންދާ އެވޯޑް ހަފްލާގައި، 17 އަހަރާއި 19 އަހަރުން ދަށުގެ މުބާރާތްތަކުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވެސް އެވޯޑް ދިނުން އޮންނާނެ އެވެ.
އިސްކަންދަރު ވަނީ 17 އަހަރުން ދަށުގެ އަންހެން ފައިނަލް ގައި ވެސް ކުޅެފަ އެވެ. ފިރިހެން ޓީމު ބަލިވީ ސެމީ ގައި، ޗެމްޕިއަންކަން ހޯދި ޖަމާލުއްދީން އަތުންނެވެ.
ތޭރަ އަހަރާއި 15 އަހަރުން ދަށުގެ ކުޅުން ކުރިއަށް ގެންދިޔައީ ކޮންމެ އުމުރުފުރާއަކުން ވާދަ ކުރި ޓީމުތައް ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. ތޭރަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ވެސް 15 ޓީމު ވާދަ ކުރިއިރު، 15 އަހަރުން ދަށުގެ ދެ ބައިގައި ވެސް 13 ޓީމު ވާދަ ކުރި އެވެ.
ހޯމަ ދުވަހު ކުޅެވުނު ސެމީ ފައިނަލްގެ މެޗުތަކުގެ ތެރެއިން، 13 އަހަރުން ދަށުގެ އިސްކަންދަރު ސްކޫލުގެ އަންހެން ޓީމު ވަނީ އިމާދުއްދީނާ ވާދަކޮށް 15-9 ޕޮއިންޓުން މޮޅުފަ އެވެ. އިސްކަންދަރުން ވަނީ ގުރޫޕް ސްޓޭޖުގައި ވެސް އިމާދުއްދީން ބަލިކޮށް، ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.
ގިޔާސުއްދީން ފައިނަލަށް ދިޔައީ 32-21 އިން މަޖީދިއްޔާ ސްކޫލް ބަލިކޮށްފަ އެވެ. މި ދެ ޓީމު ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.
މި އުމުރުފުރާގެ ފިރިހެން ބައިގެ ސެމީ ގައި އިސްކަންދަރުން ވަނީ 11-10 އިން ހުރަވީ ސްކޫލް ބަލިކޮށްފަ އެވެ. އިދިކޮޅުން ނުކުންނަ ގިޔާސުއްދީން ވަނީ ސެމީ ފައިނަލް ގައި 33-13 އިން މަޖީދިއްޔާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މަޖީދިއްޔާ އިން ގުރޫޕް ސްޓޭޖް ނިންމާލީ ހުރަވީ ބަލިކޮށް ގުރޫޕްގެ އެއްވަނައިގެ ގޮތުގަ އެވެ.
އިސްކަންދަރުގެ 15 އަހަރުން ދަށުގެ އަންހެން ޓީމު ސެމީގައި ވަނީ 23-12 އިން ކަލާފާނު ބަލި ކޮށްފަ އެވެ. އިސްކަންދަރާ ދެކޮޅަށް ނުކުންނާނީ ސެމީ ގައި 59-14 އިން އަމީނިއްޔާ ސްކޫލް ބަލިކުރި އަހުމަދިއްޔާ އެވެ. އަމީނިއްޔާ ވަނީ ގުރޫޕް ސްޓޭޖުގައި އިސްކަންދަރު އަތުން ވެސް ބަލި ވެފަ އެވެ.
އިސްކަންދަރުގެ 15 އަހަރުން ދަށުގެ ފިރިހެން ޓީމު ފައިނަލަށް ދަތުރު ކުރީ ސެމީ ގައި 56-10 އިން ޖަމާލުއްދީން ސްކޫލް ބަލިކޮށްފަ އެވެ. އިދިކޮޅުން ނުކުންނަ ބިލަބޮންގު ވަނީ 21-9 އިން މަޖީދިއްޔާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ބިލަބޮންގް ވަނީ ގުރޫޕް ސްޓޭޖުގައި ޖަމާލުއްދީން ވެސް ބަލި ކޮށްފަ އެވެ.
ގިޔާސުއްދީން ވާދަކުރި ހުރިހާ ފައިނަލެއް ކާމިޔާބު
އިމާދުއްދީނާއި ބިލަބޮންގް އަދި ވިލާ އިން ތަށި ހޯދައިފި
ގިޔާސުއްދީނަށް 15 އަހަރުންދަށް، އިސްކަންދަރަށް ދެތަށި
ސްކޫލް ހޭންޑްބޯޅައިގެ ދެ ތަށްޓެއް ޖަމާލުއްދީނަށް
އިސްކަންދަރަށް 29 ގޯލް، އިލާން އަށް ހަތަރު ހެޓްރިކް
މާލޭގައި ނާސްތާ ދޭން ހަވާލުކުރީ ބުރުޒާއި ލަ ސޫކަށް
2016: ސްކޫލުތަކަށް ކާމިޔާބު އަހަރެއް!
އެމްބީއޭގެ ނިންމުންތަކަށް ޖީއެސް ނުފޫޒު ފޯރުވާ މައްސަލަ
ހުނަރާއި ފެންވަރު އެބަހުރި، ބޭނުންވަނީ ވަސީލަތް: ގުރޭ
ލަންކާގެ އީގަލްސްއިން ސުޕަ ކަޕް ދެތަށި ވެސް ގެންގޮސްފި