Roadha Mihaaru
އިސްކަންދަރަށް 29 ގޯލް، އިލާން އަށް ހަތަރު ހެޓްރިކް

އިސްކަންދަރަށް 29 ގޯލް، އިލާން 13 ލަނޑު ޖަހައި ހަތަރު ހެޓްރިކް

20 ފެބުރުއަރީ 2023

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ މުބާރާތުގައި އިއްޔެ އަމީނިއްޔާ ސްކޫލްގެ މައްޗަށް އިސްކަންދަރުން 29-0 ބޮޑު މޮޅެއް ހޯދައިފި އެވެ.

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ މުބާރާތުގައި އިއްޔެ އަމީނިއްޔާ ސްކޫލްގެ މައްޗަށް އިސްކަންދަރުން 29-0 ބޮޑު މޮޅެއް ހޯދައިފި އެވެ.

އިސްކަންދަރުގެ ފޯވާޑް މުހައްމަދު އިލާން އިމްރާން 13 ލަނޑު ޖެހި އެވެ.

ފުރަތަމަ ހާފުގައި ނަތީޖާ އަކީ 17-0 އެވެ. އިސްކަންދަރު ސްކޫލްގެ މި ޓީމުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އަދި އެފްއޭއެމުން މިދިޔަ އަހަރު ބޭއްވި 14 އަހަރުން ދަށުގެ މުބާރާތް ކާމިޔާބު ކުރި، ކްލަބް ވެލެންސިއާގެ ޓީމަށް އެއްކޮށް ކުޅުނު ކުޅުންތެރިން ވެސް ހިމެނެ އެވެ.

އިލާން އާއި އީތަން އިބްރާހިމް ޒަކީގެ އިތުރުން އިސްކަންދަރުގެ ކެޕްޓަން ޔޫސުފް އަޔާން އާމިރު (އާންބެ) އަކީ ޔޫސުފް އަޒީމް (ޔޫއްޓޭ) ގެ ކޯޗު ކަމުގެ ދަށުން ވެލެންސިއާގެ އެކަޑަމީގައި އެއްކޮށް ތަމްރީން ހަދަމުން އަންނަ ކުޅުންތެރިންނެވެ. އެފްއޭއެމް 14 އަހަރުން ދަށުގެ މުބާރާތުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދި އިލާން ވަނީ 14 އަހަރުން ދަށުގެ މުޅި މުބާރާތުގައި އޭނާ ޖެހި ލަނޑުގެ އަދަދުގެ ދެބައި ކުޅަ އެއްބައި އިއްޔެގެ މެޗުގައި އެކަނި ކާމިޔާބު ކޮށްފަ އެވެ.

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ މުބާރާތުގައި އިއްޔެ އިސްކަންދަރާއި އަމީނިއްޔާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ މުބާރާތުގައި އިއްޔެ އިސްކަންދަރާއި އަމީނިއްޔާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

އެ މުބާރާތުގެ ރަންބޫޓް އެވޯޑް އިލާން ހޯދީ 35 ލަނޑު ޖަހައިގެންނެވެ. ރާއްޖޭގެ ކުރިމަގުގެ ފުޓްބޯޅައިގެ އުންމީދެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަ ކުރާ އިލާން ވަނީ މެޗުގެ ތިންވަނަ މިނެޓްގައި އިސްކަންދަރަށް، އަމީނިއްޔާގެ ގޯލް ހުޅުވައި ދީފަ އެވެ.

ހަމަ އަލުން ކުޅެން ފެށިތަނާ އީތަން ލަނޑު ޖެހި އެވެ. ފުރަތަމަ ހާފުގައި ޖެހި 13 ލަނޑުގެ ތެރެއިން ފަސް ލަނޑު ޖެހީ އިލާން އެވެ.

އީތަން ވެސް ވަނީ ހަ ލަނޑު ޖަހައި ދެ ހެޓްރިކް ފުރިހަމަކޮޮށްފަ އެވެ. އަހުމަދު ކާއިން، ކެޕްޓަން އަޔާން އަދި އަބްދުﷲ އައިދާހް ސާޖިދު ވެސް ވަނީ، ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ޖަހައިފަ އެވެ. އަދި ޔޫސުފް ޖުޖާޖް އިނާޒް ވެސް ލަނޑެއް ޖެހި އެވެ.

އިސްކަންދަރު ޓީމުގެ ކުޅުން މިހާ ތަފާތުވި ސަބަބަކީ ޒުވާން ގައުމީ ޓީމުގައި ވެސް އެއްކޮށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތިބުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.