10 މާޗް 2023
ލަންޑަން (މާޗު 9) - ކުޅެން ލިބޭ ފުރުސަތު މަދުވުމުން ޓޮޓެންހަމް ހޮޓްސްޕާސްގެ ބްރެޒިލް ފޯވާޑް ރިޗާލިސަން، އެ ޓީމުގެ ކޯޗު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ އަށް ފާޑުކިޔައިފި އެވެ.
ލަންޑަން (މާޗު 9) - ކުޅެން ލިބޭ ފުރުސަތު މަދުވުމުން ޓޮޓެންހަމް ހޮޓްސްޕާސްގެ ބްރެޒިލް ފޯވާޑް ރިޗާލިސަން، އެ ޓީމުގެ ކޯޗު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ އަށް ފާޑުކިޔައިފި އެވެ.
ބުދަ ދުވަހުގެރޭ އިޓަލީގެ އޭސީ މިލާނާ 0-0 އިން އެއްވަރުވެ، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޓޮޓެންހަމް ކެޓި މެޗުގައި ރިޗާލިސަން އަށް ކޯޗު ފުރުސަތު ދިނީ ފަހު 20 މިނެޓުގަ އެވެ. އެކަމާ އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.
ރިޗާލިސަން ބުނީ އޭނާ އަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި، ކޮންޓޭ ނެތް ވަގުތު އެސިސްޓަންޓް ކޯޗު އޭނާ ބެންޗަށް ބަދަލުކުރީ ރަނގަޅަށް ކުޅެކުޅެ ހުއްޓާ ކަމަށެވެ.
"ވުލްވްސް އާ ދެކޮޅަށް އަހަރެން ކުޅުނީ ފަސް މިނިޓު. ކީއްވެތޯ އެހުމުން ސަބަބެއް ނުބުނެދޭ އެކަކު ވެސް. އިއްޔެ (ބުދަ ދުވަހު) އަހަރެން ގާތުގައި ބުނީ ފިޓްނަސް ޓެސްޓެއް ހަދަން. އޭގެން ފާސް ވެއްޖެނަމަ ފުރަތަމަ އެގާރަ އަށް ލާނެ ކަމަށް ބުނި،" އޭނާ ބުންޏެވެ.
އުމުރުން 25 އަހަރުގެ ރިޗާލިސަން އެވަޓަން ދޫކޮށް މި ސީޒަނުގައި ޓޮޓެންހަމަށް ބަދަލުވީ 60 މިލިއަން ޑޮލަރަށެވެ. ނަމަވެސް މިހާތަނަށް ލީގުގައި ފުރަތަމަ 11 ގައި ކުޅެވުނީ އެންމެ ހަތް މެޗުގަ އެވެ.
"މިއަދު (ބުދަ ދުވަހު) ވެސް އަހަރެން އިނީ ބެންޗުގައި. މިހުރި ކަންކަން އަހަރެންނަަކަށް ނުވިސްނުނު. އަނެއްކާ ވެސް ނުބުނެދެވުނު ސަބަބެއް. ހިނގާ ބަލަމާ [ކޮންޓޭ] މާދަމާ ބުނާ އެއްޗެއް. އަހަރެންނަކީ ޕްރޮފެޝަނަލް ކުުންތެރިއެއް ކޮންމެ ދުވަހަކު ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން. އަހަރެން ބޭނުންވޭ ކުޅެން،" ރިޗާލިސަން ބުންޏެވެ.
ރިޗާލިސަން މިހާތަނަށް ޓޮޓެންހަމަށް ޖަހައިދީފައި ވަނީ ދެ ގޯލެވެ. އެއީ ޗެމްޕިއަންސް ލީގުގެ ފުރަތަަ މެޗުގައި މާސޭ ކޮޅަށް ޖެހި ދެ ގޯލެވެ. އޭނާ ވަނީ މި ސީޗަނުގައި އަނިޔާގައި ވެސް ދުވަސްތަކެއް ހޭދަ ކޮށްފަ އެވެ.
މިލާން މެޗަކީ ޓޮޓެންހަމްގެ ކޯޗު ކޮންޓޭގެ ގޯލްބްލޭޑާ ނެގުމަށް ކުރި ކާމިޔާބު އޮޕަރޭޝަނަށް ފަހު އެނބުރި އައިސް ޓީމަށް އިރުޝާދު ދިން ފުރަތަމަ މެޗެވެ.
ރޭގެ މެޗުގެ ކުރިން ކުޅުނު ދެ މެޗުން ޓޮޓެންހަމް ބަލި ވެފަ އެވެ. އެފްއޭ ކަޕުން ކަޓައިފައި ވާއިރު ލީގުގައި އޮތީ ފަސް ވަނައިގަ އެވެ. ކޮންޓޭ އަށް މި ސީޒަނުގައި ދެން އޮތީ ޓޮޓެންހަމަށް ލީގުގެ ގަދަ 4 ޔަގީން ކޮށްދީ، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ކޮށްދިނުމެވެ.
ކޮންޓޭ ވަކިކުރުމުގެ ޒިންމާ ނެގީ ފޯވާޑް ސޮން
ކޮންޓޭގެ އިހުސާސްތައް ސާފުކޮށްދޭން ޖެހޭ: ހޮއިބިއޭ
ޗެލްސީ މޮޅެއްނުވި، ކޮންޓޭގެ ފާޑުކިޔުން ޓޮޓެންހަމަށް
ރިޗާލިސަންގެ އަމިއްލަ އެދުން މާބޮޑީ: ކޮންޓޭ
ކޮންޓޭގެ ގޭމްޕްލޭން ސެންސީރޯގައި މިފަހަރު ދިމައެއް ނުވި
ކޮންޓޭގެ ގޯލްބްލެޑާ ނަގަން ކުރި އޮޕަރޭޝަން ކާމިޔާބު
ވޯލްޑް ކަޕަށް ދިޔަ ކުޅުންތެރިންނަށް ކޮންޓޭ ރެސްޓުދެނީ
ޑްރާމާ ބޮޑުވި ޗެލްސީ އާއި ޓޮޓެންހަމް މެޗު އެއްވަރު
ނާގަލްސްމަންގެ ވާހަކަތަކާ ހެދި ކޮންޓޭ ހިތްހަމަނުޖެހިއްޖެ
ޓޮޓެންހަމްގެ ހާލާމެދު ކޮންޓޭ މާޔޫސް ވެފައި