02 ފެބުރުއަރީ 2023
ލަންޑަން (ފެބްރުއަރީ 2) - ޓޮޓެންހަމް ހޮޓްސްޕާސްގެ އިޓަލީ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ގޯލްބްލެޑާ ނެގުމުގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި އޭނާ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ކްލަބުން ބުނެފި އެވެ.
ލަންޑަން (ފެބްރުއަރީ 2) - ޓޮޓެންހަމް ހޮޓްސްޕާސްގެ އިޓަލީ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ގޯލްބްލެޑާ ނެގުމުގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި އޭނާ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ކްލަބުން ބުނެފި އެވެ.
އުމުރުން 53 އަހަރުގެ ކޯޗު ކޮންޓޭ އިއްޔެ އޮޕަރޭޝަން ކުރަން ޖެހުނީ ގޯލްބްލެޑާ ދުޅަވެ، ކޮލެސިސްޓައިޓިން ޖެހިގެންނެވެ.
"ހިތްހެޔޮ މެސެޖުތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، އަހަރެންގެ ސާޖަރީ ދިޔައީ ވަރަށް ރަނގަޅަށް، މިހާރު ހާލު ވަރަށް ރަނގަޅު،" ކޮންޓޭގެ އޭނާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި ލިޔެފައި ވެއެވެ.
"އުންމީދަކީ ވީހާވެސް އަވަހަކަށް ރަނގަޅު ވެގެން ޓީމާ އެކު މަސައްކަތް ކުރަން ފެށުން."
ޓޮޓެންހަމް އޮތީ 21 މެޗުން ހޯދި 36 ޕޮއިންޓާ އެކު ޕްރިމިއާ ލީގުގެ ފަސްވަނައިގައި، އެއްވަނައިގައި އޮތް އާސެނަލް އަށް ވުރެ 14 ޕޮއިންޓް ފަހަތުގަ އެވެ. ޓޮޓެންހަމް ވަނީ އާސެނަލް އަށް ވުރެ ދެ މެޗު އިތުރަށް ކުޅެފަ އެވެ.
ޓޮޓެންހަމް ވަނީ މިދިޔަ ހަފްތާ ކުޅުނު އެފްއޭ ކަޕް މެޗު ކާމިޔާބު ކޮށްފަ އެވެ. އޭގެ ކުރިން ލީގުގައި ފުލަމް އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރި ނަމަވެސް، ފުލަމް އާ ދެކޮޅަށް ނުކުތުމުގެ ކުރިން މެންޗެސްޓާ ސިޓީ އާއި އާސެނަލް އަތުން ވަނީ ބަލިވެފަ އެވެ.
އަންނަ ހަފްތާގެ އާދިއްތަ ދުވަހު ޓޮޓެންހަމަށް ދެން އޮތީ އަމިއްލަ ދަނޑުގައި ލީގު ދެވަނައިގައި އޮތް ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. ސިޓީ ދެވަނައިގައި އޮތީ 20 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.
ބެލެވޭ ގޮތުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ޓޮޓެންހަމަށް އިރުޝާދު ދޭނީ ކޮންޓޭގެ އެސިސްޓެންޓް، ކްރިސްޓިއަން ސްޓެލީނީ އެވެ.
ކޮންޓޭ ވަކިކުރުމުގެ ޒިންމާ ނެގީ ފޯވާޑް ސޮން
ކޮންޓޭގެ އިހުސާސްތައް ސާފުކޮށްދޭން ޖެހޭ: ހޮއިބިއޭ
ޗެލްސީ މޮޅެއްނުވި، ކޮންޓޭގެ ފާޑުކިޔުން ޓޮޓެންހަމަށް
ރިޗާލިސަންގެ އަމިއްލަ އެދުން މާބޮޑީ: ކޮންޓޭ
ފުރުސަތު ނުދޭތީ ރިޗާލިސަން އޭނާގެ ކޯޗަށް ފާޑުކިޔައިފި
ކޮންޓޭގެ ގޭމްޕްލޭން ސެންސީރޯގައި މިފަހަރު ދިމައެއް ނުވި
ވޯލްޑް ކަޕަށް ދިޔަ ކުޅުންތެރިންނަށް ކޮންޓޭ ރެސްޓުދެނީ
ޑްރާމާ ބޮޑުވި ޗެލްސީ އާއި ޓޮޓެންހަމް މެޗު އެއްވަރު
ނާގަލްސްމަންގެ ވާހަކަތަކާ ހެދި ކޮންޓޭ ހިތްހަމަނުޖެހިއްޖެ
ޓޮޓެންހަމްގެ ހާލާމެދު ކޮންޓޭ މާޔޫސް ވެފައި