Roadha Mihaaru
މި ރޯދަ މަހު ވެސް ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓް

މިއަހަރު ވެސް ރޯދައަށް ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހަދަނީ

01 މާޗް 2023

މިއަހަރުގެ ރޯދަ މަހު ވެސް ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިއަހަރުގެ ރޯދަ މަހު ވެސް ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައިވަނީ ވަގުތީ މާރުކޭޓްގެ 18 ގޮޅިއެއް ދޫކުރާއިރު އޭގެ ތެރެއިން ނުވަ ގޮޅިއެއް ހާއްސަ ކުރާނީ ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ. އަދި ބާކީ ހުރި ގޮޅިތަކަށް ކުރިމަތިލާން އާންމުކޮށް އިއުލާން ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެގޮތަށް ހަމަޖެއްސީ ރޯދަ މަހާ ދިމާކޮށް ރައްޔިތުންނަށް ފަސޭހައިން ކާބޯތަކެތި ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނިގޮތުގައި ރޯދަ މަހާ ދިމާކޮށް ހުޅުމާލޭގެ ދެ ވަނަ ފޭސްގައި ވަގުތީ މާރުކޭޓެއް ހެދުމަށް ސިޓީ ކައުންސިލަށް ވެސް އެ ކުންފުނިން މިހާރު ވަނީ ބިމެއް ދޫކޮށްފަ އެވެ. އަދި ވިނަރެސް ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓްތަކުގައި ވެސް އެސްޓީއޯގެ ހިދުމަތްތައް ދިނުމަށް އެ ކުންފުންޏާ ހަވާލު ކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ކުރީ އަހަރުތަކުގައި ވެސް ހުޅުމާލޭގައި ރޯދަ މަހާ ދިމާކޮށް އެޗްޑީސީން ވަގުތީ މާރުކޭޓްތައް ހަދަ އެވެ.