ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް 15 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
26 ފެބުރުއަރީ 2023
ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް 15 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާން މާދަމާ ހުޅުވާލައި، އެ ކަމަށް ދެ ހަފުތާގެ މުއްދަތެއް ދޭނެ ކަމަށެވެ.
އެއަށްފަހު، އޭޕްރީލް މަހު އިންތިހާބު ބާއްވާނެ އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރުކަން ފާއިތުވި 14 އަހަރު ފުރުއްވަމުން ގެންދެވި އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ.
ކެންސަރުގެ އާލާސްކަންފުޅުގައި ގިނަ ދުވަސް ވަންދެން އުޅުއްވުމަށްފަހު އުމުރުން 55 އަހަރުގައި ރިޒާ އަވަހާރަވީ މިދިޔަ ބުދަ ދުވަހުގެ ރޭ މެލޭޝިޔާގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ ގޮތުގައި ވެސް އިންނެވި އެވެ. އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ރިޒާ ކުރެއްވި އެވެ.
ގުރައިދޫ ދާއިރާގެ ގޮނޑިއަށް އެމްޓީޑީއިން ވާދަކުރަނީ
އެންމެން ދައްކަނީ ރިޒާގެ ހިތްހެޔޮ، މަޑުމައިތިރި ވާހަކަ
ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އަވަހާރަވެއްޖެ
އައްޑޫގައި ކިޔަވައިދޭތާ 23އަހަރުވީ ޓީޗަރަކު ނިޔާވެއްޖެ
ޖަރުމަނުގައި ދިވެހި ޒުވާނަކު ނިޔާވެއްޖެ
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
ބަދަލުތަކާއެކު، ރިފަރެންޑަމް ބިލް ކޮމެޓީން ފާސްކޮށްފި
އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް
ޖަޕާނުގައި ނިޔާވި ލުޖައިނާގެ ޖަނާޒާ މިއަދު ބާއްވަނީ
ރިސޯޓުން ފެނުނު ޒުވާނާގެ އޮޓޮޕްސީ ހަދައި ވަޅުލައިފި