Roadha Mihaaru
މި ވަގުތަށް ޖަރުމަން ލީގުގެ އެއް ވަނަ ޑޯޓްމަންޑަށް

މި ވަގުތަށް ޖަރުމަން ލީގުގެ އެއް ވަނަ ޑޯޓްމަންޑަށް

26 ފެބުރުއަރީ 2023

ހޮފެންހަމް (ފެބްރުއަރީ 26) - ހޮފެންހަމްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުރި ހޯދައި ޖަރުމަން ލީގުގެ އެއް ވަނަ މަގާމު މި ވަގުތަށް ބޮރޫޝިއާ ޑޯޓަމަންޑަށް ލިބިއްޖެ އެވެ.

ހޮފެންހަމް (ފެބްރުއަރީ 26) - ހޮފެންހަމްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުރި ހޯދައި ޖަރުމަން ލީގުގެ އެއް ވަނަ މަގާމު މި ވަގުތަށް ބޮރޫޝިއާ ޑޯޓަމަންޑަށް ލިބިއްޖެ އެވެ.

ބަޔާން މިޔުނިކުން ނުފޫޒު ދަމަހައްޓާ ލީގުގައި ޑޯޓްމަންޑް އެއް ވަނައިގައި އޮތީ ބަޔާން އަށް ވުރެ އިތުރަށް އެއް މެޗު ކުޅެ، ތިން ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ޑޯޓްމަންޑަށް ލިބިފައިވަނީ 46 ޕޮއިންޓެވެ. ބަޔާން އަށް ލިބިފައިވަނީ 43 ޕޮއިންޓެވެ.

މިރޭ ޔޫނިއާން ބާލިންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ބަޔާން އަށް އަލުން އެއް ވަނަ މަގާމަށް އެރޭނެ އެވެ.

މީގެ ކުރިން ޑޯޓްމަންޑުން އެއް ވަނަ މަގާމުގައި އޮތީ މީގެ 1،275 ދުވަސް ކުރިންނެވެ. އެއީ އޮގަސްޓް 2019 ގައި ލީގުގެ ދެ ވަނަ މެޗާ ހިސާބުގަ އެވެ. މީގެ ކުރިން ސީޒަންގެ މިހާހިސާބުގައި އެ ޓީމުން އެއް ވަނައިގައި އޮތީ 2018-2019 ސީޒަނުގަ އެވެ.

ރޭގެ މެޗުގެ ހަމައެކަނި ލަނޑު، ޑޯޓްމަންޑަށް ޖަހައި ދިނީ ހޫލިއަން ބްރާންޓް އެވެ. މާކޯ ރޮއިސް ނަގައިދިން ހިލޭ ޖެހުން ގޯލަށް ވަނުމަށް މަގުފަހިކޮށްދޭން އޭނާ ތިރިވެލި ވަގުތު އޭނާގެ ބަުރަކަށީގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ. ބްރާންޓް ވަނީ އެ ގޯލްގެ ކްރެޑިޓް ނަގަން އޭނާ ބޭނުންވާ ކަމަށެވެ.

ޑޯޓްމަންޑަށް ތިން ޕޮއިންޓް ކަށަވަރުވި އަނެއް ކަމަކީ ޕެނަލްޓީ އަކާ މެދު ސުވާލު އުފެދި އެ ޓީމާ ދެކޮޅަށް އެ ޕެނަލްޓީ ނުދޭން ރެފްރީ ނިންމުމެވެ. ޕެނަލްޓީ އޭރިއާގެ ތެރެއިން ހޮފެންހަމްގެ ކުޅުންތެރިޔާ އަށް ޗެލެންޖް ކުރި ނަމަވެސް ވީއޭއާރް މެދުވެރިކޮށް ބަލައި ރެފްރީ ނިންމީ ޕެނަލްޓީއެއް ދޭން ޖެހޭ ވަރުގެ ފައުލެއް ނެތް ކަމަށެވެ.