Roadha Mihaaru
ޖޭޕީގެ ލީޑަރަކަށް އަނެއްކާވެސް ގާސިމް

ޖޭޕީގެ ލީޑަރަކަށް އަނެއްކާވެސް ގާސިމް

25 ފެބުރުއަރީ 2023

މިހާރު ކުރިއަށް ގެންދާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުގެ މަގާމަށް އެހެން ބޭފުޅަކު ކުރިމަތި ނުލައްވާތީ، މިހާރު ވެސް އެ މަގާމުގައި ހުންނެވި ގާސިމް އިބްރާހިމް ލީޑަރުކަމަށް އިންތިހާބުވެއްޖެ އެވެ.

ދަރުބާރުގޭގައި މިހާރު ފަށާފައިވާ ކޮންގްރެސްގައި ޖޭޕީގެ ލީޑަރުކަމަށް ގާސިމް އިންތިހާބު ވެފައިވާކަން ދެންމެ ވަނީ އިއުލާނުކޮށްފަ އެވެ. ރާއްޖޭގައި މެމްބަރުން އެންމެ ގިނަ ތިންވަނަ ޕާޓީގެ ގޮތުގައި އޮތް ޖޭޕީ އުފެދުނީއްސުރެ އެ މަގާމު ފުރުއްވަނީ ގާސިމެވެ.

ރޭ ރަސްމީކޮށް ފެށި ޖޭޕީގެ ކޮންގްރެސްގައި މިއަދު އޮންނާނީ އެ ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމާއި އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމެވެ. އެއާއެކު، ދެން އެންމެ ހާއްސަ އެއް ކަމަކަށް އޮންނާނީ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ ނުކުތުމަށް ނުވަތަ އެ ޕާޓީ އިސްވެ ކޯލިޝަނަކާ ގުޅިގެން ވާދަކުރުމަށް ގޮވާލާ ގަރާރު ހުށަހެޅުމާއި އޭގެ ބަހުސް ކުރުމެވެ.

ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހުށަހެޅުއްވި އެ ގަރާރުގެ ބަހުސް ވަރަށް ފޯރިގަދަވާނެ ކަމަށް އެ ޕާޓީގެ ގިނަ މެމްބަރުން ބުނެ އެވެ.