Roadha Mihaaru
ސީދާ ތިން ސެޓުން ރާއްޖެއިން ސިންގަޕޫރު ބަލިކޮށްފި

ގަދަ ރޫހެއްގައި ނުކުމެ ސީދާ ތިން ސެޓުން ރާއްޖެއިން ސިންގަޕޫރު ބަލިކޮށްފި

24 ފެބުރުއަރީ 2023

ސިންގަޕޫރުގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި، ރާއްޖެއިން އުންމީދު ދަމަހައްޓައިފި އެވެ.

ސިންގަޕޫރުގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި، ރާއްޖެއިން އުންމީދު ދަމަހައްޓައިފި އެވެ.

މެޗުގެ ސެޓްތައް ރާއްޖެއިން ކާމިޔާބު ކުރީ 26-24، 25-20 އަދި 25-21 ންނެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅޭ މެޗު ސިންގަޕޫރުން ފެށީ އިތުބާރާ އެކު އެވެ. އެ ޓީމުން ދިޔައީ ހަލުވި ކުޅުމެކެވެ. އެ ސެޓްގެ ބޮޑުބައެއް ސިންގަޕޫރުން ދިޔައީ ލީޑް ކުރަމުންނެވެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިން މެޗުގެ ތެރެއަށް ވަންނަމުން ދިޔަ ވަރަކަށް ޕޮއިންޓްތަކެއް ހޯދައި ސިންގަޕޫރާ ކައިރިކައިރިން ހިފަހައްޓަމުންނެވެ.

އެކަމަކު މެޗުގެ ޓާނިން ޕޮއިންޓަށް ވީ ފުރަތަމަ ހާފުގައި ސާހިދު ކުޅެން ނުކުތް ހިސާބުންނެވެ.

ކައިރިކުރަމުން އައިސް ރާއްޖެއިން އެ ސެޓްގައި 19-19 އިން ހަމަހަމަ ކުރުމުން، ސިންގަޕޫރުން ޓައިމް އައުޓެއް ނަގި އެވެ. އެކަމަކު އެ ޓައިމް އައުޓްގެ ފައިދާ ނެގީ ރާއްޖެއިންނެވެ. ރާއްޖެއިން ތިން ޕއިންޓެއް ހޯދައި ގޭމް ޕޮއިންޓާ އެއް ޕޮއިންޓަށް ކައިރި ކުރި އެވެ. ހުސައިން ނިލާމް ކުރި ދެ ސާވިސްއިން ޕޮއިންޓް ހޯދައި ދިނުމުން ކުރިމަތިވި ޕްރެޝަރުގައި އަނެއްކާ ވެސް ސިންގަޕޫރުން ޓައިމް އައުޓެއް ނެގި އެވެ.

ރާއްޖޭގެ ކުރީގެ ކޯޗު ސުންޓޮން ފޮސީޓާ މިހާރު ކޯޗުކޮށްދޭ ސިންގަޕޫރަށް ކުރިމަތިވި މައްސަލަތަކުން އަރައި ނުގަނެވުނެވެ.

މެލޭޝިއާ އާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ދިވެހި ޓީމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލަ އަކީ މެޗުގެ ތެރެއަށް މާ ލަހުން ވަދެވުމެވެ. ރޭ 3-1 ސެޓުން ބަލިވި މެޗުގައި ރާއްޖެ އަށް މެޗުގެ ތެރެއަށް ވަދެވުނީ ތިންވަނަ ސެޓްގަ އެވެ.

އެކަމަކު މިރޭގެ މެޗުގެ ފުރަތަމަ ސެޓްގައި އުނދަގޫތަކެއް ހުރި ނަމަވެސް ރާއްޖެއިން މިރޭ މެޗުގެ ކުރީކޮޅު އެ މައްސަލަތައް ރިކަވާ ކުރި އެވެ. ފުރަތަމަ ސެޓްގެ ތަޖުރިބާއިން ރާއްޖެއިން ދެވަނަ ސެޓް ކާމިޔާބު ކުރުމުގައި އެ ގޭމަށް ބަދަލު ނުގެނެސް ކުރިއަށް ގެންދިޔަ އެވެ،

ދެވަނަ ސެޓްގެ ކުރީ ކޮޅު ސިންގަޕޫރުން ލީޑް ނެގި އެވެ. އެކަމަކު ރާއްޖެއިން އަލުން އަރައި ހަމަހަމަކޮށް ދެ ޕޮއިންޓްގެ ލީޑެއްގައި އޮތެވެ. އެ ސެޓްގައި ނިލާމް އާއި އާދަމް ފައިރޫޒްގެ ބާރު ޝޮޓްތަކުން ރާއްޖެ އަށް މުހިންމު ޕޮއިންޓްތަކެއް ހޯދި އެވެ.