Roadha Mihaaru
ފުރަތަމަ މެޗު ސިންގަޕޫރު ބަލިކޮށް އަފްޣާނިސްތާނަށް

ފުރަތަމަ މެޗު ސިންގަޕޫރު ބަލިކޮށް އަފްޣާނިސްތާނަށް

23 ފެބުރުއަރީ 2023

ރާއްޖޭގައި މިއަދު ފެށި ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ފިރިހެން ޑިވިޝަނުން، ސިންގަޕޫރުގެ މައްޗަށް އަފްޣާނިސްތާން ކުރި ހޯދައިފި އެވެ.

ރާއްޖޭގައި މިއަދު ފެށި ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ފިރިހެން ޑިވިޝަނުން، ސިންގަޕޫރުގެ މައްޗަށް އަފްޣާނިސްތާން ކުރި ހޯދައިފި އެވެ.

މެޗު އަފްޣާންގެ ޓީމުން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. ވަރަށް ހަމަހަމަކޮށް ދިޔަ ސެޓްތަކުގައި ފުރަތަމަ ސެޓް ކާމިޔާބު ކުރީ ސިންގަޕޫރުންނެވެ. އެ ޓީމުން މެޗު ކާމިޔާބު ކުރީ 25-22 ންނެވެ.

ފަހު ތިން ސެޓް އަފްޣާނިސްތާނުން ކުރީ ހޯދީ އެއް ސްކޯ އަކުންެވެ. އެއީ، 25-23، 25-23، 25-23 ންނެވެ.

ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގެ ތެރެއިން ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގެ ތެރެއިން ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަންހެން އަދި ފިރިހެން ޑިވިޝަން އެކުއެކީގައި ކުރިއަށްގެންދާ މުބާރާތުގައި އަފްޣާނިސްތާނުން ވާދަ ކުރީ ފިރިހެން ޓީމު އެކަންޏެވެ. ރާއްޖެ ހިމެނޭ ސެންޓްރަލް ޒޯންގައި ވެސް ހިމެނޭ އަފްޣާނިސްތަނަކީ ވޮލީގައި ރާއްޖެ އާ އެއް ސްޓައިލަކަށް ކުޅޭ ޓީމެއް ކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ.

ފިރިހެން ޑިވިޝަނުގައި މިރޭ ރާއްޖެއާ މެލޭޝިއާ ވާދަކުރާނެ އެވެ. އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ރާއްޖެ އާއި މެލޭޝިއާ އެވެ. ވާދަވެރި ކުޅުމަކަށް ފަހު މެލޭޝިއާއިން ވަނީ 3-2 ސެޓުން ކާމިޔާބު ހޯދާފަ އެވެ.