Roadha Mihaaru
ސާންޖޭ ލީލާގެ "ހީރަމަންދި" ޓީޒާ ދައްކާލައިފި

ސަންޖޭ ލީލާގެ ވެބް ސީރީޒް "ހީރަމަންދި" ގެ ޓީޒާ ދައްކާލައިފި

21 ފެބުރުއަރީ 2023

ސަންޖޭ ލީލާ ބަންސާލީ ފުރަތަމަ ފަހަރަށް ހަދާ ވެބް ސީރީޒް، "ހީރަމަންދި" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ސަންޖޭ ލީލާ ބަންސާލީ ފުރަތަމަ ފަހަރަށް ހަދާ ވެބް ސީރީޒް، "ހީރަމަންދި" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ނެޓްފްލިކްސް އިންޑިއާ އިން މިދިޔަ އާދިއްތަ ދުވަހު އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ވަނީ ސީރީޒްގެ މެއިން ކެރެކްޓާއިންގެ ވީޑިއޯ ކޮޅެއް ދައްކާލައިފަ އެވެ.

ވީޑިއޯގައި، މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ޝާމިން ސީގަލް، ރިޗާ ޗަދާ، ސަންޖީދާ ޝެއިހް އަދި ސޮނާޝްކީ ސިންހާ ފެނެ އެވެ. އެ ހުރިހާ އެންމެ ވެސް ތިބީ މަސްޓަޑް ކުލައިގެ ހެދުން ލައިގެން، ގަހަނާ އަޅައިގެންނެވެ.

އެހެން ޓީޒާ ވީޑިއޯއެއްގައި އެ ހުރިހާ ކާސްޓުން، ކަޅު ކުލައިގެ ހެދުން ލައިގެން ތިބި މަންޒަރު ފެނެ އެވެ.

ހީރަމަންދި އަކީ އިންޑިއާ އާއި ޕާކިސްތާނު ވަކިކުރުމުގެ ކުރިން އޮތް ހަށި ވިއްކާ މީހުންގެ ސިޓީއެކެވެ. މި ސީރީޒް ބިނާވެފައިވަނީ އެ ސިޓީގެ ހަށިވިއްކަން އުޅުނު އަންހެނުންތަކެއްގެ ވާހަކަތަކާއި ހީރަމަންދި ސިޓީގެ ސަގާފީ ހަގީގަތުގެ މައްޗަށެވެ.

އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އިން ބުނި ގޮތުގައި، މިއީ އެ ސަރަހައްދުގެ ހަށިވިއްކާ މީހުންނަށް ހާއްސަކޮށްގެން ހަދާ މި ފަދަ ފުރަތަމަ ސީރީޒް ކަމަށް ސަންޖޭ ވަނީ ބުނެފަ އެވެ.