18 ފެބުރުއަރީ 2023
ފޯބްސް ޓްރެވަލް ގައިޑުން ދޭ ފަސް ތަރީގެ އެވޯޑު ރާއްޖޭގެ 11 ރިސޯޓަކަށް ލިބިއްޖެ އެވެ.
ފޯބްސް ޓްރެވަލް ގައިޑުން ދޭ ފަސް ތަރީގެ އެވޯޑު ރާއްޖޭގެ 11 ރިސޯޓަކަށް ލިބިއްޖެ އެވެ.
މިއީ، ފޯބްސް މަޖައްލާ އިން ދޭ އެންމެ މަތީ ދަރަޖައިގެ ޓްރެވަލް އެވޯޑެވެ. ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ހުރިހާ މަންޒިލުތަކެއްގެ އެންމެ ލަގްޒަރީ އަދި ހިދުމަތްތައް އެންމެ ފުރިހަމަ ރިސޯޓުތަކާއި ހޮޓާ، ސްޕާ އަދި ރެސްޓޯރެންޓްތަައް ފޯބްސް އިން ރޭޓު ކުރަނީ މި އެވޯޑުންނެވެ. ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރުކުރަން އެންމެ ރަނގަޅު މަންޒިލް ކަނޑައަޅާ މި ލިސްޓުގައި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކަށް ފޯޯބްސް އިން އެވޯޑު ދެ އެވެ.
މި އަހަރުގެ މި ލިސްޓުގައި ޖުމްލަ 48 ރިސޯޓަކަށް ފަސް ތަރި ލިބިފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ 11 ރިސޯޓު ހިމެނެ އެވެ.
ސޮނެވާ ޖާނީ ގައި ހުޅުވި "ދަ ޑެން": ގިނަ ކުޅިވަރުތަކާއި ތަޖުރިބާތަކެއް ލިބޭ ގޮތަށް ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ބިމެއް-- ފޮޓޯ: ސޮނޭވާ
- ޝެވަލް ބްލަންކް ރަންދެލި
- ފޯ ސީޒަންސް އެޓް ކުޑަ ހުރާ
- ފޯ ސީޒަންސް އެޓް ލަނޑާ ގިރާވަރު
- ޖޯލި މޯލްޑިވްސް
- ކުޑަދޫ ޕްރައިވެޓް އައިލެންޑް
- ވަން އެންޑް އޮންލީ ރީތި ރަށް
- ފަރި އައިލެންޑްސް
- ސޮނޭވާ ޖާނީ
- ސެއިންޓް ރެޖިސް ވޮއްމުލި
- ވެލާ ޕްރައިވެޓް އައިލެންޑް
- ވޮލްޑޯފް އެސްޓޯރިއާ، އިތާފުށި އައިލެންޑް
މި ރިސޯޓުތަކަށް ފޯބްސްގެ އެންމެ މަތީ ދަރަޖަ ލިބުނު އިރު، ފޯބްސްގެ ޓްރެވަލް ގައިޑުގައި ރާއްޖޭގެ 22 ރިސޯޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހަތަރު ތަރި ލިބުނު ރިސޯޓުތަކާއި "ރެކޮމެންޑެޑް" ގެ ގޮތުގައި ރޭޓުކޮށްފައިވާ ރިސޯޓުތައް ވެސް ހިމެނެ އެވެ.
ވެލާ ޕްރައިވެޓް އައިލެންޑް. އެ ރިސޯޓަކީ ވެސް ފޯބްސްގެ "ފައިވް ސްޓާ" ލިބުނު ރިސޯޓެއް--ފޮޓޯ:ވެލާ
ފޯބްސް ޓްރެވަލް ގައިޑަށް ރިސޯޓުތައް ހޮވަނީ އެ މަޖައްލާގެ ރިޕޯޓަރުން ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ގޮސް ކުރާ ތަޖުރިބާތަކަށް ބަލައިގެންނެވެ. އެވޯޑު ދިނުމުގައި ވެސް އެ ރިސޯޓަކުން ފޯރުކޮށްދޭ ތަޖުރިބާތަކަށް ބަލާނެ އެވެ.
ރާއްޖޭގައި 160 ރިސޯޓު ހިންގަމުން އަންނަ އިރު ދުނިޔޭގެ އެންމެ ނަން މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ ރިސޯޓުތައް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. ރާއްޖެއަކީ ލަގްޒަރީ ރިސޯޓުތައް ހިންގުމުގައި ދުނިޔޭގައި އެންމެ މަޝްހޫރު އެއް މަންޒިލެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައި އިރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް މިއަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
ރާއްޖޭގެ ވެކްސިން ޓޫރިޒަމަށް ދުނިޔޭގެ ސަމާލުކަން
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް