15 ފެބުރުއަރީ 2023
މިދިޔަ ހަފުތާގެ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ ވިލާތުގެ އިރުމަތީ ސަރަހައްދަށް އައި ބާރު ގަދަ ބިންހެލުމުގައި، އެ ގައުމުގެ އިރުމަތީ ސަހަރެއް ކަމަށްވާ އަލްތިނޯޒޫ އަވަށުގައި ބިޔަ ފުން ވަޅުގަނޑެއް އުފެދިއްޖެ އެވެ.
މިދިޔަ ހަފުތާގެ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ ވިލާތުގެ އިރުމަތީ ސަރަހައްދަށް އައި ބާރު ގަދަ ބިންހެލުމުގައި، އެ ގައުމުގެ އިރުމަތީ ސަހަރެއް ކަމަށްވާ އަލްތިނޯޒޫ އަވަށުގައި ބިޔަ ފުން ވަޅުގަނޑެއް އުފެދިއްޖެ އެވެ.
މި ބިޔަ ފުން ވަޅުގަނޑު އެންމެ ފުޅާކޮށް ހެދިފައިވަނީ، އެ އަވަށުގައި ހައްދާފައި އޮތް ޒައިތޫނި ދަނޑުތަކުގަ އެވެ. އެ ފުންވަޅުގަނޑުގެ ސަބަބުން އެ ދަނޑުބިން މިހާރު މުޅިން ދެބައި ވެފައިވާ އިރު، އެ ވަޅުގަނޑުގެ ދިގުމިނުގައި 980 ފޫޓު އެބަ ހުއްޓެވެ. އަދި ވަޅުގަނޑުގެ ބައެއް ސަރަހައްދުތަކުގެ ފުންމިން 130 ފޫޓަށް ވުރެ ފުނެވެ.
ފެބްރުއަރީ 6، 2023 ގައި ތުރުކީ ވިލާތުގެ އިރުމަތީ ސަރަހައްދަށް އައި ބާރު ގަދަ ބިންހެލުމުގައި، އެ ގައުމުގެ އިރުމަތީ ސަހަރެއް ކަމަށްވާ އަލްތިނޯޒޫ އަވަށުގައި އުފެދިފައިވާ ބިޔަ ފުން ވަޅުގަނޑު
ކުރިން ވަރަށް އެއްވަރުކޮށް ފެހި ގަސްތަކާއި ވިނަތަކުން ފޮރުވިފައި އޮތް އެ ބިމުގައި ވަޅުގަނޑު ހެދުމުން މިހާރު އެ ސަރަހައްދު ފެންނަނީ އެކްސްކަވޭޓަރެއް ނުވަތަ ބުލްޑޯޒަރެއް ފަދަ އެއްޗަކުން ގޮތެއްފޮތެއް ނުބަލައި ކޮނެ ހާވާފައި އޮތް ތަނެއް ފަދައިންނެވެ. އެ ސަރަހައްދުގެ ބިންގަނޑު ފޭވެފައިވާ ވަރަށް ބަލާއިރު، އެ ބިންހެލުންތަކުގައި އެ ސަރަހައްދުގެ ބިންގަނޑަށް އައި ބޮޑު ބަދަލު ފާހަގަކުރެވޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި ހޯމަ ވިލޭރޭގެ ބާރު ގަދަ ބިންހެލުމުގައި އެ ސަރަހައްދަށް ލޮޅުންތައް އަރަމުން ދިޔައިރު، އިވެން ފެށި އަޑުފައްގަނޑެކެވެ. އެ އަޑު ބާރުގަދަވަމުން ގޮސް، ހަނގުރާމައިގެ މައިދާނެއްގައި އިވޭ ފަދަ ބާރުގަދަ އަޑުތަކެއް އިވުނު ކަމަށް އެ ސަރަހައްދުގެ މީހުން ބުންޏެވެ.
ފެބްރުއަރީ 6، 2023 ގައި ތުރުކީ ވިލާތުގެ އިރުމަތީ ސަރަހައްދަށް އައި ބާރު ގަދަ ބިންހެލުމުގައި، އެ ގައުމުގެ އިރުމަތީ ސަހަރެއް ކަމަށްވާ އަލްތިނޯޒޫ އަވަށުގައި އުފެދިފައިވާ ބިޔަ ފުން ވަޅުގަނޑު
އަލްތިނޯޒޫ އަވަށަކީ ގާތްގަނޑަކަށް 7000 މީހުން ދިރިއުޅޭ 1000 ގެ ހުންނަ ވަރަށް ކުޑަ އަވަށެކެވެ. މީހުން ދިރިއުޅޭ ސަރަހައްދުގެ ވަށައިގެން އޮންނަނީ ޒައިތޫނި ދަނޑުތަކެވެ. ބިންހެލުމުގައި ބިންގަނޑު ކަނޑައިގެން ގޮސް ވަޅުގަނޑު ހެދިފައިވަނީ ގެތަކުން ނެއްޓި ދަނޑުބިމުގެ ތެރޭގައި ކަމަށްވުމުން، އެ އަވަށުގެ އެއްވެސް ގެއަކަށް ގެއްލުމެއް ނުލިބެ އެވެ. އެ ހުރިހާ ގެތަކަކީ ވެސް އެއް ބުރިއަށް ހުންނަ އިމާރާތްތަކެއް ކަމަށްވުމުން، އެއްވެސް ގެއެއް ވެއްޓުން ފަދަ ހާދިސާއެއް ނުހިނގަ އެވެ.
މި ބިންހެލުމަކީ 2021 ވަނަ އަހަރު ސައުތު ސޭންޑްވިޗް އައިލޭންޑަށް، ރިކްޓާ މިންގަނޑުން 8.1ގެ ބާރުމިނުގައި އައި ބާރު ގަދަ ބިންހެލުމަށް ފަހު، ދުނިޔޭގެ އެއްވެސް ސަރަހައްދެއްގައި މިހާތަނަށް އުފެދުނު އެންމެ ބާރު ގަދަ ބިންހެލުމެވެ. ތުރުކީ ވިލާތަކީ އާންމުކޮށް ބިންހެލުން އުފެދޭ ފަދަ ސަރަހައްދެއްގައި އޮތް ގައުމެއް ކަމަށްވުމުން، މިދިޔަ އަހަރުތަކުގައި ބާރު ގަދަ އެތައް ބިންހެލުމެއް އެ ގައުމަށް އައިސްފައިވެ އެވެ.
އެ ގޮތުން ރިކްޓާ މިންގަނޑުން 7.0 އާއި އެއަށް ވުރެ ބާރު ގަދަ ހަތް ބިންހެލުން، މިދިޔަ 25 އަހަރުގެ ތެރޭގައި އެ ގައުމަށް އައިސްފައިވެ އެވެ. ނަމަވެސް، މިދިޔަ ހޯމަ ވިލޭރޭ އައި 7.8ގެ ބިންހެލުމަކީ މިހާތަނަށް އެ ގައުމަށް އައި އެންމެ ބާރު ގަދަ ބިންހެލުމެވެ.
ހޯމަ ދުވަހު އައި ބިންހެލުންތަކުގައި ތުރުކީ ވިލާތުން އެކަނިވެސް 12000 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާ އިރު، އެ އިމާރާތްތަކުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 35400 އަށް އަރައިފަ އެވެ. އަދި ސީރިޔާގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން މަރުވި 5800 އަށް ވުރެ ގިނަ މީހުންނާއެކު، ދެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 41000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
ހޯމަ ދުވަހުގެ ބިންހެލުންތަކުގައި ތުރުކީ ވިލާތުގެ 10 ޕްރޮވިންސަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ހަތަރު މިލިއަނަށް ވުރެ ގިނަ އިމާރާތަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.
ހޯމަ ވިލޭރޭގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އެރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާން މަރައަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.
ތުރުކީ ބިންހެލުން: މަރުވި އަދަދު 29000ން މައްޗަށް
ތުރުކީ ބިންހެލުން: ވޭނާއި ކެކުޅުމާއި އުންމީދު
ސިއްކިމްގައި ފެންބޮޑުވެ 100 މީހުން ގެއްލިއްޖެ
ލީބިޔާއިން 5000 މީހުން މަރުވި ކަމަށް ބެލެވޭ
ޑެނިއަލް ތޫފާނުގައި ލީބިޔާއިން 2000 މީހުން މަރު
މޮރޮކޯގެ ބިންހެލުމުގައި މަރުވި އަދަދު 2800 އަށް
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
ތުރުކީން ހާލުގައި ޖެހުނު މީހުންނަށް ގެދޮރު ބިނާކުރަނީ
ތުރުކީގެ ބިންހެލުން: 612 މީހެއްގެ މައްސަލަ ބަލަނީ
އާ ބިންހެލުންތަކުގައި ވެސް އިމާރާތްތައް ވެއްޓުނު