13 ފެބުރުއަރީ 2023
އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ އިދިކޮޅު ޕާޓީ، ޕީޕީއެމުން ހިންގާ ކެމްޕޭންގައި އިސްކޮށް އުޅޭ އެކްޓިވިސްޓަކު އެ ގައުމުގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބެއް އަދި ނޭނގޭ ކަމަށާއި އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް، ކެމްޕޭނަކާ ހެދި ނުރައްކަލެއް ނުވަތަ ދަތިތަކެއް ކުރިމަތިވެދާނެ ކަމަކަށް ނުބެލެވޭ ކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ އިދިކޮޅު ޕާޓީ، ޕީޕީއެމުން ހިންގާ ކެމްޕޭންގައި އިސްކޮށް އުޅޭ އެކްޓިވިސްޓަކު އެ ގައުމުގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބެއް އަދި ނޭނގޭ ކަމަށާއި އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް، ކެމްޕޭނަކާ ހެދި ނުރައްކަލެއް ނުވަތަ ދަތިތަކެއް ކުރިމަތިވެދާނެ ކަމަކަށް ނުބެލެވޭ ކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ހުޅުމާލެ ގޮފީގެ ރައީސް އަބްދުއްސަމަދު އިންޑިއާގައި ހިފެހެއްޓީ އާއިލާ އެކު ބޭސްފަރުވާއަށް ގޮސް އުޅެނިކޮށެވެ. އަނބިދަރިންނާ ވަކިން އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް ވީތަނެއް ރެއާ ހަމައަށް އާއިލާއަށް ނާންގާ ކަމުގެ ކަންބޮޑުވުން ޕީޕީއެމުން ވަނީ ފާޅުކޮށްފަ އެވެ.
ސަމަދާ ގުޅޭ މައުލޫމާތު އާއިލާ އަށް ދޭން ޕީޕީއެމުން ސަރުކާރަށް ގޮވާލައިފި https://t.co/5Ao7WJvWGm
— Mihaaru (@Mihaarunews) February 12, 2023
ސަމަދު، އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޕާސްޕޯޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެފައި ކަމަށް އޭނާ އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވެ އެވެ. އެ ގައުމުން އޭނާ އިއްޔެ ޑިޕޯޓްކޮށްލާނެ ކަމަށް މައުލޫމާތު ދީފައި ވިޔަސް އެކަމެއް ނުކުރެ އެވެ. ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އޭނާ އަދިވެސް ހުންނެވީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
ރާއްޖެއަށް މިއަދުގެ ފްލައިޓަކުން ސަމަދު ފޮނުވާލާނެ ކަމަށް ވެ އެވެ.
ޕީޕީއެމް ހުޅުމާލޭ ގޮފީގެ ރައީސް ސަމަދު: އޭނާ އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބެއް ނޭނގެ. --- ފޮޓޯ/ސޯޝަލް މީޑިއާ
މިއީ، ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ފަށާފައިވާ އިހުތިޖާޖުގައި އަޑުއުފުލަމުންދާ އެކި މީހުންނަށް އަމާޒުކޮށް އިންޑިއާގެ ސަރުކާރުން ހިންގާ "ލާއިންސާނީ" އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޕީޕީއެމުން ރޭ ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.
އެކަމަކު އެފަދަ އެއްވެސް ކަމަކާ ގުޅިގެން ދިވެހިންނާ ދޭތެރޭގައި އިންޑިއާ އިން ފިޔަވަޅު އަޅާފާނެ ކަމަށް އެ ގައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ނުދެކެ އެވެ.
ހައި ކޮމިޝަނާ ޝަހީބް "މިހާރު" އަށް ވިދާޅުވީ ރާއްޖެއިން ވަރަށް ގިނަ ދިވެހިން އެކި ކަންކަމުގައި އިންޑިއާއަށް ދަތުކުރާއިރު ވަކި ކަމާ ގުޅުވައި އެ ގައުމުން ނުރައްކާ ކުރިމަތިވެ، ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ނުބުނެވޭނެ ކަމަށެވެ.
މި ފަހުން ހިނގައިދިޔަ ކޭސްގައި ވެސް ވަކި ބަޔަކަށް އަމާޒުކޮށްގެން ނުވަތަ ހުރިހާ ދިވެހިންނަށް ފިޔަވަޅު އަޅަނީއޭ ނުބުނެވޭނެ ކަމަށާއި އެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ސަމަދު އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ސީދާ ސަބަބެއް މިހާތަނަށް އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނަކަށް ވެސް ނާންގާ ކަމަށް ސަފީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންޑިއާއަށް އެތެރެވުމާ ގުޅޭ މައްސަލައެއް އޮތް ނަމަ އެކަމުގައި ވާހަކަ ދައްކާނީ ސީދާ އެ މީހަކާ ކަމަށެވެ.
"އެންޓްރީގައި އިޝޫއެއް އުޅެންޏާ އޮތޯރިޓީއާ އެ މިހަކާ އެ މައުލޫމާތު ޝެއާކޮށް ހަދާނީ ވެސް. އަޅުގަނޑުމެންނާ ނުކުރާނެ،" ސަފީރު ވިދާޅުވި އެވެ.
ސަމަދު ހިފެހެއްޓި ސަބަބު، ޝަހީބް ވިދާޅުވި ގޮތުގައި، އިދާރާތަކާ ވާހަކަ ދައްކައިގެން އަންނަނީ ބަލަމުންނެވެ.
"އެ ކަހަލަ އެއްވެސް ހަބަރެއް އަޅުގަނޑުމެންނަކަށް ނެތް އިނގޭތޯ އަދި ލިބިފައެއް،" އިންޑިއާ އައުޓް ކެމްޕޭނާ ގުޅިގެން އެޅި ފިޔަވަޅެއްތޯ އެހުމުން ސަފީރު ވިދާޅުވި އެވެ.
ޝަހީބް ޔަގީންކަން ދެއްވި ގޮތުގައި ރާއްޖޭގައި ހިންގި ކެމްޕޭނަކާ ގުޅިގެން ދިވެހިންނަށް އިންޑިއާގައި ދަތިކޮށް ފިޔަވަޅު އަޅާފާނެ ކަމަކަށް ވެސް ނުބެލެވޭ ކަމަށާއި ވިސާއާ ނުލައި އަދިވެސް އިންޑިއާއަށް އެކި ކަންކަމުގައި ދިވެހިންނަށް ދަތުރުކުރެވޭނެ ކަމަށެވެ.
އިންޑިއާ އައުޓް ކެމްޕޭންގައި ޕީޕީއެމުން އަޑުއުފުލަނީ: މި ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފައި.
މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާއާ އޮންނަ ގުޅުން އާދަޔާ ޚިލާފަށް ގާތެވެ. ޚާރިޖީ ސިޔާސަތުގައި ވަކި ގައުމަކާ މިހާ ގާތްގުޅުމެއް ބޭއްވުމަކީ މިނިވަންކަމަށް ނުފޫޒު ފޯރުވަން ދޭ ޖާގައެއް ކަމުގެ ކަންބޮޑުވުމާ އެކު އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕޭން ފެއްޓެވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވަ އެވެ.
މާލޭގައި މުޒާހަރާތަކަށް ފަހު، ރަށްރަށުގައި ވެސް މި ކެމްޕޭން ފުޅާކޮށް ހިންގި އެވެ. އަމާޒަކީ މި ގައުމުގައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށާއި އިންޑިއާގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރާނެ ކަމަށް ވެސް އެމަނިކުފާނު ގެންދެވީ ވިދާޅުވަމުންނެވެ.
ޔާމީންގެ ގެކޮޅުގައި "އިންޑިއާ އައުޓް" ބެނާއެއް ވެސް ނެގި އެވެ. އެކަމަކު ކޯޓު އަމުރެއް ހޯދައި ފުލުހުން ވަނީ އެ ބެނާ އެ ގެކޮޅުން ނަގައިފަ އެވެ.
އިންޑިއާ އައުޓް ބެނާތަކާއި ދިދަތައް ހިފައިގެން ކުރި މުޒާހަރާތައް ހުއްޓުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގައި ބުނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ސަމަދާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެދިއްޖެ
ޕީޕީއެމްގެ އިސްއެކްޓިވިސްޓެއް އިންޑިއާގައި ހިފަހައްޓައިފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިންޑިއާގެ އާ ސަފީރަކަށް އަޒީމާ އައްޔަން ކުރަނީ
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު
ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި