09 ފެބުރުއަރީ 2023
ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގް މިދިޔަ ހަފުތާ ބަންދުގައި ބޭއްވި އަމިއްލަ ހަރަކާތަކަށް އެރުވި ހަވައާ ގުޅޭ ކަންކަމަށް އޭނާ އަމިއްލަ އަށް ފައިސާ ދެއްކެވި ކަމަށް ސިފައިންގެ ކުންފުނި ސިފްކޯ އިން މިރޭ ބުނެފި އެވެ.
ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގް މިދިޔަ ހަފުތާ ބަންދުގައި ބޭއްވި އަމިއްލަ ހަރަކާތަކަށް އެރުވި ހަވައާ ގުޅޭ ކަންކަމަށް އޭނާ އަމިއްލަ އަށް ފައިސާ ދެއްކެވި ކަމަށް ސިފައިންގެ ކުންފުނި ސިފްކޯ އިން މިރޭ ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި ހަފުލާއާ ގުޅުވައިގެން ތިން މިނިޓަށް ހަވާއެރުވުމަށް ހިނގި ހުރިހާ ހަރަދެއް ހަމަޖެއްސީ ސިފްކޯ އިން ކަމަށް ސިފައިންގޭގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ އަހުމަދު ފަޔާޒު (ޕާޕާ) ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާތީ "މިހާރު" އިން ސިފްކޯއާ ސުވާލު ކުރުމުން އެ ވާހަަތައް ދޮގުކުރި އެވެ.
"ސިފްކޯގެ ހަރަދުގައި [އެ ހަރަކާތަށް] އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. ހާމިދު ދައްކަވަން ޖެހޭ ފައިސާއެއް ދައްކަވާފައި ހަވާ އެރުވީ،" ސިފްކޯގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
"އެއީ ރަނގަޅަށް، އުސޫލުތަކުގެ ތެރެއިން ހިނގާފައިވާ ކަމެއް."
ތިން މިނިޓްގެ ހަވާއެރުވުމަކަށް ހަރަދުވަނީ ކިހާވަރެއްތޯ އެހުމުން އޭނާ ވިދާޅުވީ، ދިވެހިންގެ ބޭނުމަކަށް ނަމަ ހަވާއަރުވައި ދެނީ ކޮންމެ މިނިޓަކަށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ.
ހަވާއެރުވުމަށް ސިފްކޯ އިން އަގު ކިޔަނީ ޑޮލަރުންނެވެ.
މާލެ ސަރަހައްދުގައި ހަވާއަރުވާ ނަމަ އެމްއެންޑީއެފުން އާންމުކޮށް އެކަން އިއުލާން ކުރެ އެވެ. އެހެންވެ، ހާމިދުގެ އެދިވަޑައިގަތުމަކަށް އެެރުވި ހަވާގެ ގަޑި އާއި ހަވާ އަރުވާ ތަން އާންމުކުރި އެވެ. ނަމަވެސް ހަވާއަރުވަނީ "ޕްރައިވެޓް އިވެންޓް" އެއްގެ ގޮތުގައި ކަމަށް ވާތީ ހަވާއަރުވަން އެދޭ މީހާގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.
"އާންމުކޮށް އެއްވެސް ފަރާތަކުން ބޭނުމެއް ނުވާނެ ނަން ހާމަކުރާކަށް،" ސިފްކޯގެ އޮފިޝަލް ވިދާޅުވި އެވެ.
ސިފްކޯ، ޕްލޮކޯއަށް މިލިއަނުން ފައިސާ ދިން ގޮތް ބަލަނީ
ސިފްކޯ ފްލެޓްތައް ކުއްޔަށް ދީފިއްޔާ އަތުލާނެ
ސިފައިންގެ ފްލެޓްތައް އާއިލާތަކަށް ދައްކާލައިިފި
ސިފައިންގެ މުސާރަ ބޮޑުކޮށް, އިތުރު ފްލެޓުތަކެއް ހަދަނީ
ފުރަތަމަ ތިން މަހު ފްލެޓްތައް ނުނިމުނު، ދެން ޖުލައި!
ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަކީ ބޮޑު ޖަރީމާއެއް؟
ޑީޕް ޓްރެކާއަކާއި ޑްރޯންއެއް ސްޓެލްކޯއިން ހަދިޔާކޮށްފި
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް