08 ފެބުރުއަރީ 2023
އެމެރިކާގެ މިނިވަންކަމާއި ރައްކާތެރިކަމަށް ޗައިނާގެ ފަރާތުން ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ތުހުމަތު ކުރައްވައި، "ނަމަނަމަ ގޯހެއް ނުހެދުމަށް" އެމެރިކާގެ ރައީސް ޖޯ ބައިޑެން ޗައިނާ އަށް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.
އެމެރިކާގެ މިނިވަންކަމާއި ރައްކާތެރިކަމަށް ޗައިނާގެ ފަރާތުން ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ތުހުމަތު ކުރައްވައި، "ނަމަނަމަ ގޯހެއް ނުހެދުމަށް" އެމެރިކާގެ ރައީސް ޖޯ ބައިޑެން ޗައިނާ އަށް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާން (ސްޓޭޓް އޮފް ދަ ޔޫނިއަން އެޑްރެސް)ގައި ރައީސް ބައިޑެންގެ ފާޑުވިދާޅުވުމާއި އިންޒާރުތައް އެންމެ ބޮޑަށް އަމާޒު ކުރެއްވީ ޗައިނާ އަށާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަށެވެ. ބައިޑެންގެ އިންޒާރުތައް ޗައިނާ އަށް މި އަމާޒު ކުރެއްވީ، ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަން މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
ބައިޑެން ވިދާޅުވި ގޮތުގައި ޗައިނާއާ އެކުގައި ބާއްވަން އެމެރިކާ ބޭނުންވަނީ ހުރިހާ ދާއިރާއެއްގައި ވެސް ވާދަވެރިކަމެވެ. އެއްވެސް ކަމެއްގައި ދެކޮޅުވެރިކަމެއް އަދި އަރައިރުންވުމެއް ބާއްވަން ބޭނުން ނުވާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ޗައިނާ ހޯދަމުން އަންނަ ކުރިއެރުންތަކަށް އިޝާރާތް ކުރައްވައި، ރައީސް ބައިޑެން ވިދާޅުވީ އެމެރިކާގެ ރަހުމަތްތެރި ގައުމުތަކުގައި އެމެރިކާ އިން ގާއިމު ކޮށްފައިވާ އިންވެސްޓްމެންޓްތަކުގެ ސަބަބުން، ޗައިނާއާ ވާދަކުރުމުގައި އެމެރިކާ އަށް ވަނީ ކުރިއެރުން ލިބިފައި ކަމަށެވެ. އަދި، ޗައިނާގެ ކުރިއެރުންތަކާ އަޅައި ބަލާއިރު، އަސްކަރީ ދާއިރާ އިންނާއި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާ އިން، މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައިވެސް ނުލިބޭހައި ވަރުގަދަ މަގާމެއް މިހާރު އެމެރިކާ އަށް ލިބިފައިވާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
"ނަމަނަމަ ގޯހެއް ނުހަދާތި؛ މިދިޔަ ހަފުތާގައިވެސް ވަރަށް ސާފުކޮށް އަހަރެމެން އެކަން ހާމަކުރި ފަދައިން، ޗައިނާ އިން އަހަރެމެންގެ ސިޔާދަތީ މިނިވަންކަމަށް ނުރައްކާ ކުރާ ނަމަ، އަހަރެމެންގެ ގައުމު ދިފާއުކުރުމަށް އަހަރެމެން ހަރަކާތްތެރިވާނަން. މިހާރުވެސް އަހަރެމެން ވާނީ އެކަން ކޮށްފައި،" އެމެރިކާ ވައިގެ ސަރަހައްދަށް ވަދެ އުޅުނު، ޗައިނާގެ ޖާސޫސީ ފުއްޕާހަމަށް ހަމަލާދީ ވައްޓައިލި ހާދިސާ އަށް އިޝާރާތް ކުރައްވައި ބައިޑެން ވިދާޅުވި އެވެ.
ބައިޑެން އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމަ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ރަޝިޔާގެ އުދުވާނީ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ހުޅަނގުގެ ގައުމުތަކުން ދެމުންދާ އެހީތަކުގެ އަގު ވަޒަންކުރައްވާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ކޮންގްރެސްގެ ނިންމުމާ އެކު ޓްރަމްޕް ދޫދެއްވައިފި
ވައިޓް ހައުސް، ކޮންގްރެސްގެ ދެ ގެ ވެސް ބައިޑަން އަށް
ޓްރަމްޕާއި ބައިޑަން ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި
މާ ބޮޑު ބަދަލެއް ނެތި، ހަތް ބިލެއް ފާސްކޮށްފި
މަޖިލިސް ޗުއްޓީއަށް ދިއުން ދެ ހަފުތާއަށް ފަސްކޮށްފި
މެންބަރުންގެ އަދަދު ހިފަހައްޓަންޖެހޭ:ޕީއެންސީ/އެމްޑީޕީ
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
ބައިޑެން އިންތިހާބުގައި ވާދަ ނުކުރަން ނިންމަވައިފި
ރިޔާސީ ރޭހުން ވަކިވުމެއްނެތް، މަންޒަރު ސާފު: ބައިޑެން
ބައިޑެންއާ މެދު އޮބާމާ ވެސް ސުވާލު އުފައްދަވައިފި