Roadha Mihaaru
މަގު ކޮނުމުގެ ފީ ބޮޑުކުރި އުސޫލުގެ މައްސަލަ ހައިކޯޓަށް

މަގު ކޮނުމުގެ ފީ ބޮޑުކުރި އުސޫލު ބާތިލްކުރަން ސްޓެލްކޯ އިން ހައި ކޯޓަށް

02 ފެބުރުއަރީ 2023

މާލޭގެ މަގު ކޮނުމުގެ މަސައްކަތުގެ ފީ ބޮޑުކޮށް، މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލްކުރަން ސްޓެލްކޯ އިން ހައި ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ މަގު ކޮނުމުގެ މަސައްކަތުގެ ފީ ބޮޑުކޮށް، މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލްކުރަން ސްޓެލްކޯ އިން ހައި ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

މާލޭގެ މަގުތައް ކޮނުމަށް ސިޓީ ކައުންސިލުން ނަގަމުން އައި ފީ 154 ޕަސެންޓް ބޮޑުކުރުމުން އެކަމާ މެދު ސްޓެލްކޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ސިޓީ ކައުންސިލުން ބުނާގޮތުން އާ އުސޫލުގެ ދަށުން އަސާސީ ހިދުމަތްތަކަށް މަގު ކޮންނަ ނަމަ ފީއެއް ނުނަގާނެ އެވެ.

ސްޓެލްކޯ އިން ބުނީ އެ އުސޫލަކީ ހިދުމަތްތަކުގެ އަގު ބޮޑުކުރުމަށްޓަކައި ގާނޫނާ ހިލާފަށް ހަދާފައިވާ އުސޫލެއް ކަމަށް ވާތީ އެ އުސޫލު ބާތިލްކުރަން ހައި ކޯޓަށް މިއަދު ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލަ ހައި ކޯޓުން އަދި ބަލައެއް ނުގަނެ އެވެ.

ސްޓެލްކޯ އާއި ސިޓީ ކައުންސިލާ ދެމެދު ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ސިޓީ ކައުންސިލްގެ ދަށުގައި ހުރި ބައެއް ތަންތަނުން ބިލް ނުދައްކާތީ ސްޓެލްކޯ އިން ވަނީ އެ ތަންތަނުން ކަރަންޓް ކަނޑާލައިފަ އެވެ.

އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނެފައިވަނީ ސްޓެލްކޯގެ އިމާރާތްތަކުގެ ކުލީގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ސިޓީ ކައުންސިލަށް ލިބެންޖެހޭ ކަމަށެވެ. އެކަމަކު ސްޓެލްކޯ އިން ބުނެފައިވަނީ އެ ކުންފުނިން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް މިހާރު ދައްކާފައިވާ ކަމަށެވެ.