31 ޖެނުއަރީ 2023
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ، ދުރު ފެންނަ ވަރު 60 ޕަސެންޓް ދަށަށް މިއަދު ހިނގައްޖެ އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ، ދުރު ފެންނަ ވަރު 60 ޕަސެންޓް ދަށަށް މިއަދު ހިނގައްޖެ އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު އާންމުކޮށް އުތުރުން ވައިޖެހެމުން އަންނައިރު، މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކުގައި ވައި ނުސާފުވެ، ލޮލަށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށެވެ.
އާންމު ގޮތެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނަސް، މިއަދު ހެނދުނު 7 އިން ފެށިގެން، ހާއްސަކޮށް މެދުރާއްޖެތެރޭގައި ހިމެނޭ އަތޮޅުތަކަށް ދުރު ފެންނަ ވަރު އެވްރެޖު ގޮތެއްގައި ހަތަރު ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓުން ބުންޏެވެ. އެއީ 60 ޕަސެންޓްގެ ދަށްވުމެކެވެ.
"ދުރު ފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިންމު ދައުރެއް އާދަކުރެ އެވެ،" އެ އިދާރާ އިން ބުންޏެވެ.
މިދިޔަ އަހަރު ރާއްޖެއަށް ހޭޒްގެ އަސަރުކުރިއިރުގައި ހުޅުމާލޭގެ މަލަމަތި ފުސްވެފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ އޮފީހުން ބުނިގޮތުގައި، އިރުވައި މޫސުމުގައި އާންމުކޮށް ރާއްޖޭގެ ވައި ނުސާފުވެ، ދުރު ފެންނަ ވަރު ދަށްވެ އެވެ.
އުތުރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް ކޮށް އޭގެ ސަބަބުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކި ދުވަސް މަތިން ރާއްޖޭގެ ވައި ވަރަށް ބޮޑަށް ނުސާފުވި އެވެ.
- ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
- ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުން.
- ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
- ތުއްތު ކުދިން ބޭރަށް ނުނެރުން.
- ގޭގެ ދޮރުތައް ލައްޕާފައި ބެހެެއްޓުން
- ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުން.
ރާއްޖޭގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެއްޖެ
ރާއްޖޭގެ ފުސްކަން އިންޑިއާގެ ތަޣައްޔަރު ވަޔާ ގުޅިފައި
މިރޭ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
އުތުރަށް މޫސުން ގޯސްވެ އޮރެންޖް އެލާޓް
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކުރާނެ
މި ވެހޭ ބޯ ވާރެޔާއި އޭގެ ސައިންސް
ވައި ގަދަވެ، ފެންސެއް ވެއްޓި ސައިކަލްތަކަކަށް ގެއްލުން
މޫސުން: ހަފުތާ ބަންދު ވެސް އޮތީ ގަދަކޮށް
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް
މިއަދު ވައިގަދަ، ކަނޑުތައް ވަރަށް ގަދަވާނެ