Roadha Mihaaru
ބޮއެއް އަޅަން މޫދުގައި އުޅެނިކޮށް ޒުވާނަކު ނިޔާވެއްޖެ

ބޮއެއް އަޅަން މޫދުގައި އުޅެނިކޮށް ޒުވާނަކު ނިޔާވެއްޖެ

30 ޖެނުއަރީ 2023

އދ. މާފުށިވަރު ރިސޯޓު ކައިރީގައި ބޮައެއް އަޅަން މޫދަށް ފައިބައިގެން އުޅެނިކޮށް ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އދ. މާފުށިވަރު ރިސޯޓު ކައިރީގައި ބޮައެއް އަޅަން މޫދަށް ފައިބައިގެން އުޅެނިކޮށް ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.

އެ ރިސޯޓު ކައިރީގައި އޮންނަ، މަހިބަދޫ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މޫދުން ނަގައިގެން އެ ތަނަށް 5:30 ހާއިރު ގެންދިޔައިރު ވެސް 18 އަހަރުގެ ފިރިހެން ކުއްޖާގެ ވިންދެއް ނެތް ކަމަށެވެ. އެތަނުން ބުނީ ގަޑިއެއްހާއިރު ވަންދެން ސީޕީއާރު ދީގެން ވެސް ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ.

ނިޔާވީ ރ. އިނގުރައިދޫ، ނިޝާހު އަބްދުލް ޣަފޫރެވެ. ނިޔާވިއިރު، އޭނާ ދިޔައީ މާފުށިވަރު ރިސޯޓުގެ ޑައިވިން ސެންޓަރުގައި މަސައްކަތްކުރަމުންނެވެ.

އޭނާއާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ބުނީ ނިޝާހަކީ މޫދަށް ފަރިތަ ޒުވާނެއް ކަމަށެވެ. އޭނާ ވަނީ ޑައިވިން ކޯސް ވެސް ފުރިހަމަކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި މޫދަށް އެރި އުޅުނު ޒުވާނެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓް ލިބުނީ އިރުއޮއްސި 6:54 ގައި ކަމަށެވެ. ފަރުވާ ދެމުން ދަނިކޮށް އެ ޒުވާނާ ނިޔާވި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށާއި ހާދިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.